Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

ރައީސް މައުމޫންގެ އިސްތިޤްބާލްގައި ތިއްބެވީ އެމަނިކުފާނުގެ ކުރީގެ ވާދަވެރިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 15 ޖޫން 2017 | ބުރާސްފަތި 14:09
ރައީސް މައުމޫން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ރައީސް މައުމޫން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

މީހުން ބުނެއުޅެއެވެ. ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައެވެ. ދުނިޔެ ހިނގާނީ އެއްވަތު މަތިން އަނެއް ވަތު ދަށުން ވިޔާ ތޮށަލި ދުޅައަށެވެ. ރަތްވިލާ އޮއްސޭ ފަދައިން ބަދަލުވާ ކުލަތައް އަބަދުވެސް އެގޮތުގައި ބަދަލުވެ އާވެދެއެވެ. ތެލާއި ފެނާ އެއް ނުވިއަސް އެ ދެ ބާވަތް އެއް އިންޖީނަކަށް އަޅައިގެން ކަރަންޓް އުފެއްދޭ ކަމީ ދޮގު ނުކުރެވޭނެ ތެދު ހަޤީގަތެކެވެ.

އޭގެ އެންމެ ރީތި އެއް މިސާލު އެ ފެނުނީ ބުދަ ދުވަހުގެ ރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. ރަސްމީ ފާލަން ދޮށުން ފެންނަން ތައްޔާރުވިޔަސް އެމްއެމްއޭ ދޮށުންނެވެ. ކުރީގެ ރައީސް މައުމޫން ޢާއިލީ ބޭނުމެއްގައި ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައި ވަޑައިގެންނެވުމުންނެވެ. އެފެނުނީ ތަފާތު މަންޒަރެކެވެ. ބޮޑުތަނުން ތަފާތު ކުލައެކެވެ.

ރައީސް މައުމޫންގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ލައްކަ ކަންކަން ހިނގާފައި ހުންނާނެއެވެ. ތަރައްޤީއަށް ކުރެވިފައި ހުރި ކަންކަމާއި ވެރިކަމުގައި ފެނުނު ބައެއް އެހެން ކަންކަމެވެ. ގާތުގައި ގެންގުޅުއްވި ބޭފުޅުން އިންތިހާއެވެ. އެވެރިކަމުން ނުގޮތަކަށް ނުވަތަ ވަޒީފާ އާއި ގާތްކަމުން ލިބުނު ނަފާވެރިކަން ލިބުނު ބައެކެވެ. އެއީ އެމަނިކުފާނުގެ ސަރުކާރުގެ މަތީފަޑީގައި އޭރު ތިއްބެވި ފަރާތްތަކާއި އެވެރިންގެ އާއިލާތަކެވެ. މިއަދު ސަރުކާރުގައި ތިއްބެވި ފަރާތްތައް ހިމެނެނީ ބޮޑަށް އެ ކެޓަގަރީގައެވެ.

ހަމަ އެބީދައިން ކަންކަން އޮތް ގޮތުންނާއި ޤާނޫނީ އޮނިގަނޑާއި ދިވެހިންގެ ބޯދާ ވިސްނުންތަކުގެ ތެރެއިން ކުރެވުނު ގޮތަކަށް ކުރަން ހިތިކަށް ލިބިދީފައިވާ ވެރިކަމެއްގައި ކުރެވުނު ބައެއް ކަންކަން ގޯސްވި ބަޔަކުވެސް އުޅެއެވެ. އެވެރިކަމާ ދެކޮޅުވި ބައެކެވެ. ޑިމޮކްރަސީ ހަމަތަކުގެ މަތިންވެސް އެ ވެރިކަން ބަދަލުކުރަން އުޅުނު ބަޔަކުވެސް ތިބޭނެ އެވެ. އެކަން ކަމުގައި އިންސާފުންނާއި އަދި ސިޔާސީ ގޮތުން ވެސް އަހުވަ ލިބުނު ނުވަތަ އަނިޔާއެއް ތަހައްމަލްކުރަން ޖެހުނު ބަޔަކު އުޅޭނެއެވެ. މައިގަނޑު ގޮތެއްގައި މިބައިގައި ހިމެނެނީ އޭރުވެސް އިދިކޮޅު އަދި މިހާރުވެސް އިދިކޮޅުން މަސައްކަތްކުރާ ގިނަ މީހުންނެވެ.

ދިގު ތިރީސް އަހަރުގެ ވެރިކަމުގައި އެ މަނިކުފާނަށް މީހުން ކުރި ގަދަރާއި ލިބިދީފައި އޮތް ތާއީދާއެކު އުޅުއްވީ ޝާހީ ދިރިއުޅުމެކެވެ. މީހުން ބަލައިގަތީ އިއްޒަތުގައެވެ. އެ މަނިކުފާނު ތާކަށް ވަޑައިގަންނަވާނަމަ ކުރެވޭ ޒީނަތް އިންތިހާއެވެ. ސަލާންގަލާންކޮށް ދިދަ ހޫރުވުމުގައި އެވަރެއް ނޯވެއެވެ. ތިޔައީ ޒައީމޭ އަދު ލޮބުވެތިވި ދިވެހި ޤައުމު ފަޚުރުވެރިވާއޭ ބުނެ އަޑުހަރުކޮށް ޖެހޭ ލަވަޔާއި ޖަހާ ބިރު ހުންނާނީ ގުގުމާފައެވެ.

މިކަންކަމުގައި އޭރު އުޅުނީކީ މަދުބައެއް ނޫނެވެ. އަނެއްކާ އާދައިގެ ބައެއް ވެސް ނޫނެވެ. އެހެން ނަމަވެސް އެކަން ކުރުމުގައި އުޅުނީ މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންނެވެ. ޚާއްޞަކޮށް ސަރުކާރުގެ އެންމެ މަތީ ފަޑިއެވެ. ރައީސް މައުމޫންގެ މުއްފަތުން އެހާ ހިސާބަށް އާދެވުނު މީހުންނެވެ. އެމަނިކުފާނު އަތުކުރީގައި ލައްވައިގެން ގެނެސް ސިޔާސީ މައިދާނަށް ނެރެ އެގޮނޑީގައި ބޭންދެވި މަޖިލިސް މެންބަރުންނެވެ. ނިހާނާއި އަބްދުއް ރަހީމެއް ކިޔާނެ ކަމެއް ނެތެވެ. ޚުދު ރައީސް ޔާމީނަށް ވެސް އެ މަޤާމާ ވައި އެޅޭވަރުވެސް ވީ ރައީސް މައުމޫންގެ ސަބަބުންނެވެ. އެހެން ކަމުން އޭރު ނަގާ ކިޔާ އުޅުނީ އެ ބޭފުޅުންނެވެ.

މަންޒަރު ބަދަލުވީ ބުދަ ދުވަހުއެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި ހުންނެވުމަށް ފަހު ވަޑައިގެންނެވުމުން ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ކުލަ ބަދަލުވެއްޖެއެވެ. ފޮޓޯ ތަފާތުވެއްޖެއެވެ. މުޅިން އެހެން ރާގެކެވެ. މިފަހަރު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ދިޔައީ އިދިކޮޅު މެމްބަރުންނެވެ. އެމްޑީޕީ އާއި އަދާލަތާއި ޖޭޕީ އެވެ. ސަރުކާރުގެ ބޭފުޅުންނާއި ޕީޕީއެމް ޕީޖީ ގުރޫޕްގެ ބަދަލުގައި އެމަނިކުފާނުގެ އިސްތިޤްބާލްގައި ތިއްބެވީ ރައީސް މައުމޫނާ ކުރީގެ ސިޔާސީ ވާދަވެރިންނެވެ. ސިޔާސަ ވެގެން ސިޔާސީ އަނިޔާ ލިބުނު މީހުންނެވެ. އަތް ޖަހަމުން ދިޔައީ އިދިކޮޅު މީހުންނެވެ.

އެކަމަކު ބުދަ ދުވަހުގެ ރެޔަކީ ތަފާތު ދުވަހެކެވެ. ރައީސް މައުމޫނަށް ތާރީޚީ ރެއެކެވެ. ހަމަގައިމުވެސް އެމަނިކުފާނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ރެއެކެވެ. އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެ މަނިކުފާނުގެ މަސައްކަތުން ވެރިކަމަށް ވަޑައިގެންނެވި ކޮއްކޯފުޅާއި އެ މަނިކުފާނުގެ ސަބަބުން ސިޔާސީ އިސްބޭފުޅުންނަށް ވެގެންދިޔަ މީހުން އެ މަނިކުފާނަށް ދިނީ ބޮޑުތަނުން ދޯކާއެވެ. ކަންވެ ނިމުނީމާ އެމަނިކުފާނު އެއް ފަރާތް ކުރީއެވެ. އެމަނިކުފާނުގެ ޒަމާންވީ ލެގެސީ ވެއްޔާ މޮޑެލާ އެމަނިކުފާނަކީ އެއްވެސް މީހެއް ނޫންކަމަށް ހެދީއެވެ. މުޅި އެމަނިކުފާނުގެ އަޑު ކަނޑުވާލާ އެމަނިކުފާނު މަންޒަރުން ވެސް ގެއްލުވާލީއެވެ. އެކަން އެފުށް މިފުށަށް ޖަހާލާ އެކަން އެބަދަލު ކޮށްލި ރެއަކީ ބުދަ ދުވަހުގެ ރެއެވެ. އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ އަތުގައި ހިފީއެވެ. އެމަނިކުފާނުގެ މަސައްކަތް ބޭނުންތެރިއޭ ބުނެ އަނެއްކާވެސް ރައީސް މައުމޫންގެ ނަން ފަވާލަ ދިނީއެވެ. ދިވެހިރައްޔިތުން އެދެނީ މަނިކުފާނުގެ އެހީތެރިކަމޭ އަދިވެސް މިކަން ކުރެވޭނެ އެއްބޭފުޅަކީ ރައީސް މައުމޫނޭ ބުނެ އެމަނިކުފާނާއެކު ދެމިތިބިކަން ހާމަކޮށްދިނީއެވެ. އެގޮތުން އެފެނުނީ ތަފާތު ފޮޓޯއެކެވެ. ތަފާތު މަންޒަރެކެވެ.

ދެން އޮތީވެސް ތަފާތު ކަމެވެ. އިދިކޮޅު ފަރާތްތަކާއި ރައީސް މައުމޫނާ އެއް އޮޑިއެއްގައި މަސައްކަތް ކުރައްވަން ފެއްޓެވި ތަން ފެނުމެއް ނޫނެވެ. އެމަނިކުފާނު ވެރިކަމަށް ގެންނެވި އެ މަނިކުފާނުގެ ކޮއްކޯފުޅާއި އިހުގާތުގައި ތިބި މީހުން ނުފެނުމުންނެއްވެސް ނުމެ ނޫން މެއެވެ. ރައީސް މައުމޫންގެ ހިތްވަރުފުޅު ގަދަކަމެވެ. އުރައިން ދަމައިގެންފައިވާ މިޔައެއްގެ ކަނޑި މައްޗަށް ޖެހިލުމެއް ނެތި ވަޑައިގެންނެވީމައެވެ. ސަރުކާރާ ދެކޮޅަށް އެއްޗެއް ބުނާ މީހުންނަށް ވާގޮތް ރޯމާ ދުވާލު ފެންނަމުންދާއިރުވެސް ބޭރުގައި އަރާމުގައި ހުންނެވުމެއް ނެތި އަމިއްލަ ޤައުމަށް ވަޑައިގެން އިސްލާހީ މަސައްކަތުގައި އަރުވާ ޖެއްސެވީތީއެވެ. ހިންގަވާފައި ވަޑައިގެން ސަޕޯޓަރުންނަށް އެއަޅާލި ހަނާ އެއީ ހަމަ ލައްކަ ވާހަކައެވެ. އިސްލާހަށް ނިކުމެތިބި ފަރާތްތަކަށް ދެއްވި ހިތްވަރުގަދަ މެސެޖެކެވެ.

ކޮންމެއަކަސް ރައީސް މައުމޫންގެ އެނބުރި ވަޑައިގަތުމާއެކު އެފެނުނީ އާދައިގެ ފޮޓޯއެއް ނޫނެވެ. މުޅިން ތަފާތު މަންޒަރެކެވެ. އެއްބަޔަކަށް ކަމުނުދިޔަޔަސް ގިނަބަޔަކަށް ބަލާލަން ހިތްގައިމުވި ކުލަ ރީތި ފޮޓޯއެކެވެ. ޤައުމުގެ ކުރިމަގު ކުރަހާލަދިން ތަފާތު ތަސްވީރެކެވެ. ހަމަ ތަފާތު ފޮޓޯއެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ އާމްދަނީ: އެހެން އަހަރުތަކަށް ވުރެ ރިއަލިސްޓިކް

ދައުލަތުގެ އާމްދަނީ: އެހެން އަހަރުތަކަށް ވުރެ ރިއަލިސްޓިކް

15 ނޮވެމްބަރު 2018
ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

ގުޅިފައިވާ ޕާޓީތަކުގެ ދީނީ ސިޔާސަތު: އެހެން ދީނަކަށް ފުރުސަތެއް ނުދީ، ދީނީ ހަރުކަށިކަން ނައްތާލާނަން!

20 ސެޕްޓެމްބަރު 2018
ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ

ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ

17 ޖުލައި 2018
އެމްޑީޕީގެ ކެމްޕެއިން: ސްޓައިލް ފައްކާ، އެހެން ޕާޓީތަކަށް ވެސް ކަމުދޭ!

އެމްޑީޕީގެ ކެމްޕެއިން: ސްޓައިލް ފައްކާ، އެހެން ޕާޓީތަކަށް ވެސް ކަމުދޭ!

02 ޖުލައި 2018
ކޮންގެރެސް އަށް ތައްޔާރުވެއްޖެ، ނިންމާ ނިންމުމަކީ އެހެންކަމެއް!

ކޮންގެރެސް އަށް ތައްޔާރުވެއްޖެ، ނިންމާ ނިންމުމަކީ އެހެންކަމެއް!

28 ޖޫން 2018

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު