Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރޮހިންޖާ މުސްލިމުން

ހިތް ކުދިކުދި ކޮށްލި އެންމެ ފޮޓޯއެއް

ބައްޕަ އާއި ބޭބެ މަރާލައިފި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 4 ސެޕްޓެމްބަރު 2017 | ހޯމަ 14:34
މިޔަންމާގެ ކުޑަ ކުއްޖަކު ބިންމައްޗަށް އެއްލާލާފައި

މިޔަންމާގެ ކުޑަ ކުއްޖަކު ބިންމައްޗަށް އެއްލާލާފައި

އާދައިގެ މަތިން ފޭސްބުކް ހުޅުވާލީ ނިދުމުގެ ކުރިން ހިސާބަކަށް ޕޯސްޓް ތަކާއެއްޗެހި ބަލާލުމަށެވެ. ރައްޓެހިން ދައްކާފައި ހުރި ވާހަކަތައް އަޕްޑޭޓް ކޮށްލުމަށެވެ.

ފުރަތަމަވެސް އަޅައިގަތީ މީހަކު ލާފައިވާ ފޮޓޯއެއްގައެވެ. އެފޮޓޯ ފުރަތަމަ ފެނުމާއެކުވެސް ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. އެފޮޓޯއިން އެ ފެންނަ މަންޒަރުން ދެލޯ ފެންކަޅިވިއެވެ. ބޭއިޚްތިޔާރުގައި ގިސްލެވޭގޮތް ވިއެވެ. ހިތާހިތާ ބުނެލެވުނެވެ. މީވެސް އަހަރެމެންފަދަ އިންސާނުން ހެއްޔޭއެވެ. އަޅުގަނޑުމެންގެ ކުދި ޅަދަރިން އުފަލުގައި ކުޅެ ނަށާއިރު އެކުދިންނަށް ވޭނުން ފުރިފައިވާ އަނިޔާއާއި ބަރުދާސްތު ކުރަން ދަތި އަހުވަ ލިބުމަކީ އިންސާފު ހެއްޔެވެ.

ފޮޓޯއިން ފެންނަނީ މިޔަންމާގެ ރޮހިންޖާ ދަރިކޮޅުގެ ތުއްތު ތުއްތު ކުދިން ކޮޅެކެވެ. އެކުދިން ރޯ ބަރަހަނާ ހާލުގައި ތިބިއިރު އެކުދިންގެ ބޯތައް ވަނީ ގުދުކޮށް ބިންމަތީގައި މޫނު ޖައްސާފައެވެ. އުޑަފައިން ތިބިއިރު އެކުދިންގެ އަތްތައް ވަނީ ފަހަތައް ގެންގޮސް ފައިގެ ދަށަށް ލައި ތަގުޅި އަޅުވާފައެވެ. އެއީ ފޮޓޯގެ އެއް މަންޒަރެވެ. ވަށައިގެން ޔުނީފޯމްގައި ތިބި މީހުންގެ ބަޑިތަކުގެ ކޮޅު ޖައްސާފައިވަނީ ބައެއް ކުދިންގެ ބުރަކަށީގައެވެ. އޭގެ ތެރެއިންވެސް އެއްކުއްޖަކު ވަކިން ބޮޑަށް އަޅައިގެތެވެ. ދެތިން އަހަރަށްވުރެ ބޮޑު ނުވާނެ އެކުއްޖާ ހަތަރު އަނގުނު ބިންމަތީގައި ޖައްސައިގެން ސަޖިދައަށް އޮންނަ ގޮތައް އެއޮތީ ބަލާލަންވެސް ނުކެރޭފަދަ ގޮތަކަށެވެ. ހަމަ އެހިސާބު ގަނޑުގައި ލެއިން ތަތްތެޅިފައިވާ ފުރާނަ ނެތް ހަށިގަނޑުތައް އެއޮތީ ހަމާޔަށް ފެންނާށެވެ.

އިތުރަކަށް އެފޮޓޯއަކަށް ބަލާކަށް ނުކެރުނެވެ. ތިރިޔަށް ސްކްރޯލް ކޮށްލުމާއެކު އޭގެ އަނެއް ފޮޓޯއެވެ. މިފަހަރު ތުއްތު ކުދިންނެއް ނޫނެވެ. ޒުވާނުންނާ މުސްކުޅިންނެވެ. އަނިޔާކޮށްކޮށް މުޅިގައިން ލޭކޮށިފައިތިބި އެމީހުންގެ އަތްތައް ވަނީ ބަނދެފައެވެ. އެމީހުންގެ ގަޔަކުވެސް ފޭރާމެއް ނެތެވެ. ފައްޗަކަށް އަމުނައިގެން ކަހަލަ ގޮތަކަށް އޭރުވެސް ގެންދަނީ އެމީހުންގެ ގައިގާ ތަޅަމުންނެވެ.

އެފޮޓޯވެސް އިތުރަށް ބަލާކަށް ހިތްވަރެއް ނުލިބުނެވެ. އެކަމަކު ދެންވެސް ހަމަ އޭގެ ފޮޓޯއެކެވެ. ތަނބިކައްޓާ ހަމައަށް ގޮނޑުދޮށުގައި އުކާލެވިފައިތިބި އިންސާނުންގެ ހަށިތަކެވެ. ވަކިޖިންސެއް ވަކި އުމުރުފުރައެއް ނޫނެވެ. މަސްދޮވުނު ލޭފެން ތަކެއްގެ ތެރޭގައި ކަހަލަ ގޮތަކަށް އެވެރިންގެ ހަށިތައް އެވަނީ ފުނިފުންޏަށް އުކާލެވިފައެވެ. ނޫންނަމަ ގެނބިގެން މަރުވެ ގޮނޑުދޮށަށް ލައްވެފައެވެ. ތުއްތު ކުދިންގެ ދެލޯ ބަޑިއަރާފައެވެ. ލޮނުބޮވި ފަޅައިގެންދާވަރަށް ބަނޑުތައް ފުއްޕާފައެވެ.

އެފޮޓޯތައްވެސް ބަލާކަށް ކުޅަދާނައެއް ނުވިއެވެ. ދެންވާ ނުބަލާނަމޭ ހިތާ ތިރިޔަށް ސްކްރޯލް ކޮށްލީމާވެސް ލޯ އަޅައިގަތީ އާދައިގެ ފޮޓޯއެއްގައެއް ނޫނެވެ. އަޑުން އަޑުނަގާ ރޮމުންދާ އަންހެން ކުއްޖަކު އޭނާގެ ހިތުގެ ވޭނީ އުދާސްތައް ޓެކްސްއެއްގެ ސިފައިގާ ދޫކޮށްލާފައިވެއެވެ. އޭނާ ބުނެއެވެ.

"ބައްޕަ އާއި ބޭބެ މަރާލައިފިއެވެ. މަންމައާއި ދައްތަ މަރާލީ އެމީހުންގެ އިއްފަތް ނަގާލުމަށްފަހު އަހަރެންގެ ކުރިމަތީގައެވެ. ކޮންމެ ދުވަހަކު އެތައް ފަހަރަކު އަހަރެންގެ އިއްފަތް ނަގާލައެވެ. އޭ މަގޭ އުއްމަތް ތިބާއަށް ފެނޭހެއްޔެވެ. ތިބާއަށް އަޑު އިވޭހެއްޔެވެ. ތިބާ ކޮބާ ހެއްޔެވެ. އަހަރެމެންނަށް ހަމްދަރުދީވާނެ އަތެއް ހަމަ ނެތީހެއްޔެވެ. ތިޔައީވާ އިންސާނުން ހެއްޔެވެ.

އިތުރަކަށް ހަމަ އެންމެ ފޮޓޯއެއްވެސް ބެލުމުގެ ކުޅަދާނެ ކަމެއް ނުލިބުނެވެ. ބެލިވަރަކަށް ފެނުނީ ހަމަ އެފޮޓޯތައް ކަމަށް ވީތީއެވެ. ކުރާ އަސަރެއްގެ ބޮޑު ކަމަކުންނެވެ. މުޅި ފޭސްބޫކްގައިވެސް އެޔެވެ. މުޅި ޓްވިޓަރ ފްލަޑްވެފައިވަނީވެސް ހަމަ އެފޮޓޯތަކުންނެވެ. އިންތިހާގެ އަނިޔާއެވެ. ލާއިންސާނީ އަނިޔާއެވެ. ރަހުމެއް ހަމްދަރުދީއެއް ނެތް އަނިޔާތަކެވެ. ޖީލެއް ނެތިކޮށްލުމަށް ހިންގާ ލާއިންސާނީ ޖަރީމާތަކެވެ.

އިތުރަކަށް ނިންޖެއް ނައެވެ. މުޅި ނިދި ޚަރާބުވިއެވެ. މިވާހަކަތައް ނުލިޔެ ހަމަ ބޯތިރިކޮށްލާކަށް ބޭނުމެއް ނުވިއެވެ.

އޭއަޚުންނޭވެ. އެންމެހާ އުޚްތުންނޭވެ. ނެތިދަނީ އަހަރެމެން ފަދަ ކުށެއްނެތް އިންސާނުންނެވެ. އެއްލޭ ހިނގާ މުސްލިމުންނެވެ. ދެފައި އުރާލައިގެން މިމަންޒަރުތައް ނުބަލާ ތިބޭ ބަޔަކަށް ނުވާށެވެ. މިކަމާމެދު ފިކުރު ނުކުރާ ޖާހިލުން ތަކެއްގެ ގޮތުގައި ނުތިބޭށެވެ. މިޔަންމާގެ ރޮހިންޖާ މުސްލިމް ދަރިކޮޅަށް ހަމްދަރުދީވާށެވެ. ހާލުގެ ދުލުން އެވެރިން އެގޮވަނީ އެހީތެރިކަމަކަށެވެ. އެ ގިލަންވެރިކަމުން އެމީހުން ސަލާމަތް ކޮށްދޭން އެދޭ ދުޢާތަކަށެވެ. ކެނޑިނޭޅި އެދުޢާތައް ގުގުމައިދިނުމަށެވެ.

އިތުރަށް ކިޔާލަން

29 ޖުލައި 2017

ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން

29 ޖުލައި 2017
ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން
30 ޖޫން 2017

އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް

30 ޖޫން 2017
އަލިފުށި ކަނު އަނދިރީގައި ހަތަރު ދުވަސް، ކުޑަކުދިންގެ ރުއިން ހިތްދަތި ވޭނަކަށް
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
15 ޖޫން 2017

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް
07 ޖޫން 2017

މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް

07 ޖޫން 2017
މެލާނީ: މޮޑެލްގެ ދުނިޔެ ބަދަލުކޮށްލި މޮޑެލެއް
29 މެއި 2017

ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!

29 މެއި 2017
ބަންގި ގޮވާ އަޑު އިވިގެން އިސްލާމްދީނަށް ހިތްޖެހުނު އެމެރިކާ މީހެއްގެ ވާހަކަ!
19 މެއި 2017

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!
15 މެއި 2017

ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!

15 މެއި 2017
ރިލުވާނާއި ޔާމީންގެ މަންމަގެ އިހްސާސްތައް، ހިތްފަޅައިގެން ހިނގައްޖެ!
28 ފެބުރުއަރީ 2017

ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!

28 ފެބުރުއަރީ 2017
ގުރުއާން ހިތުދަސްކުރި އޯޓިސްޓިކް ކުއްޖާ: އާދަޔާ ޚިލާފު ވާހަކަތަކެއް، ހިތްދަތި ތަޖުރިބާތަކެއް، މިހާރު އުފާވެރިކަން!
18 ޖެނުއަރީ 2017

ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!

18 ޖެނުއަރީ 2017
ރިލްވާނުގެ 31 ވަނަ އުފަން ދުވަސް: މާޔޫސްކަމާއި ހިތްދަތި ދުނިޔެއެއްގައި މަޔެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު