Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީ ކޮންގްރެސް

ކޮންގެރެސް އަށް ތައްޔާރުވެއްޖެ، ނިންމާ ނިންމުމަކީ އެހެންކަމެއް!

ހުކުރު ދުވަހު ކޮންގްރެސްގެ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްދާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 28 ޖޫން 2018 | ބުރާސްފަތި 14:29
ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ކޮންގްރެސްގައި މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށް ބެލެވޭ

ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ކޮންގްރެސްގައި މުހިންމު ނިންމުންތަކެއް ނިންމާނެ ކަމަށް ބެލެވޭ

އަންނަ ހޮނިހިރު ދުވަހަކީ އެމްޑީޕީއަށް ހާއްސަ ދުވަހަކެއެވެ. ސިޔާސީ ޕާޓީތަކުން ވޭތެވިދަ ދުވަސްތަކުގައި ކޮންގްރެސްތަކެއް ބޭއްވި ނަމަވެސް، އެމްޑީޕީން މި ފަހަރު ބާއްވާ ކޮންގެރެސްއަށް ތައްޔާރުވާއިރު ހާއްސަ އެތަށް ކަމެއް ފާހަގަކުރެވެއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައި ޖޫން މަހުގެ 29 ން 30 ށް އެ ޕާޓީގެ ކޮންގްރެސް ބޭއްވުމަށް ފާސްކުރުމާއިއެކު، ގިނަ މަސައްކަތްތަކެއް އެޕާޓީން ދަނީ ކުރަމުނެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ޙައްގު 1184 މީހުން ލިބިފައިވާއިރު، ގިނަ ތައްޔާރީތަކެއް އެޕާޓީން ވާންޖެހެއެވެ. ކޮންގްރެސްއަށް ވާންޖެހޭ ތައްޔާރީތަކުގެ މަސައްކަތަށް ހިގަމުން ދަނީ ކޮންގްރެސް ކޮމެޓީގެ މުޤައްރިރު އަލީ ހާޝިމްގެ ސީދާ ބެލުމުގެ ދަށުންނެވެ. އެނާ ވިދާޅުވީ ކަނޑައަޅާފައިވާ ތާރީޙުތަކަށް ވާންޖެހޭ ހުރިހާ ތައްޔީތަކެއް ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށެވެ. ކޮންގްރެސް ކޮމެޓީގެ މަސައްކަތްތަކީ ކޮންގްރެސް ހިންގުން ކަމަށާއި، ނިންމާ ނިންމުންތަށް ނިންމާނީ ކޮންގްރެސްގައި ބައިވެރިވާ މަންދޫބުން ކަމަށް އެނާ ވިދާޅުވި އެވެ.

"އަޅުގަނޑުގެ މައްސޫލިއްޔަތަކީ ކޮންގްރެސް ހިންގުން، އޭގެ ނިންމާ ނިންމުންތަށް ނިންމާނީ ކޮންގްރެސަށްދާ ބޭފުޅުން ނޫންތޯ" ކޮންގްރެސް ކޮމެޓީގެ މުޤައްރަރު އަލީ ހާޝިމް ވިދާޅުވިއެވެ.

ކޮންގްރެސްގެ ހުރިހާ ބައިވެރިން މާލެ އަންނާނެތަ؟

ހޮނިހިރު ދުވަހު އުކުޅަހުގައި ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1184 މީހުނަން ލިބިފައިވާއިރު، ތަފާތު އެކި ސަބަބުތަކާ ހުރެ، ކޮންގްރެސްގައި ބައިވެރި ވާނީ ޖުމްލަ 800 އެއްހާ މަންދޫބުން ކަމަށް އެމްޑީޕީން ވަނީ އަންދާޒާ ކޮށްފައެވެ.

އެމްޑީޕީގެ ކޮންގްރެސް ބާއްވާ ސަރަހައްދު ތައްޔާރުކޮށްފައި -- ފޮޓޯ: ރާއްޖެ.އެމްވީ

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަލީ ހާޝިމް ވިދާޅުވީ އއ އަތޮޅާއި އދ އަތޮޅުން ކޮންގެރެސްގައި ބައިވެރިވާ މަންދޫބުން ފިޔަވާ އެހެން އަތޮޅުތަކުން ކޮންގްރެސްގައި ބައިވެރިވާ މަންދޫބުން އަންނަނީ މާލެއަށް ކަމަށެވެ. އއ އތޮޅާއި އދ އަތޮޅު އަންނަ މަންދޫބުންގެ ރަޖިސްޓްރީ ކަންތަށް ކުރިއަށްދާނީ އުކުޅަހުން ކަމަށާއި، އަތޮޅުތެރޭގެ އެހެން ރަށްތަކުން އަންނަ މަންދޫގެ ރަޖިސްޓްރޭޝަންގެ ކަންކަން ކުރިއަށްދަނީ ހުކުރު ދުވަހު އެމްޑީޕީ ހަރުގެއިން ކަމަށް އަލީ ހާޝިމް ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީ ހަރުގޭގައި ރަޖިސްޓްރީޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާނީ ހުކުރު ދުވަހުގެ ހެނދުނުން ފެށިގެނެވެ.

"މިހާރު އަޅުގަނޑުމެން ތައްޔާރުކުރަނީމި، ހުކުރު ދުވަހު ހެނދުނު ރަޖިސްޓްރޭޝަން ޕްރޮސެސްއާއި، ރަޖިސްޓްރޭޝަން ޕްރޮސެސްގެ ޓްރޭނިންއާއި، ދެން ރަޖިސްޓްރޭޝަން ޕްރޮސެސް ނިންމާފަ، ޓްރާސްޕޮޓޭޝަން ހަމަޖައްސާފައި އޮތް ގޮތާއި، އޭގެ ޓްރޭނިންއާއި، ދެން މިއަދު ބޮޑަށް ޓްރޭނިންނާ އެ ޕްރޮގްރާމްތަށް ރަނގަޅުތޯ ބެލެން އަޅުގަނޑުމެންގެ މައިގަނޑު މިއަދުގެ މަސައްކަތަކީ" ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އަލީ ހާޝިމް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަނާއި ކޮންގްރެސްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަނީ -- ފޮޓޯ: އެމްޑީޕީ

އަތޮޅުތެރޭގެ ރަށެއްގައި ކޮންގްރެސް ބާއްވަން ނިންމީ ވެސް، ވެރިކަން ކުރާ މާލެ އިން އެމްޑީޕީގެ ކޮންގްސް ބާއްވަން ތަނެން ނުލިބުމުނެވެ. ދަތިތަކާއި އެކު ކޮންގްސްއަށް ތައްޔާރުވަމުން އަންނައިރު، ކޮންގްސް ކޮމެޓީން ބުނީ ކަނޑައެޅިފައިވާ ތާރީހުތަކުގައި ރާވާފައިވާ ހުރިހާ ކަމެއް ކުރިއަށްގެންދެވޭނެ ކަމަށެވެ.

ކޮންގްރެސް ބާއްވަން ނިންމީ ޤައުމީ މަޖިލީހުގެ 163 ވަނަ ބައްދަލުވުމުގައި -- ފޮޓޯ: ރާއްޖެ.އެމްވީ

ރަޖިސްޓްރޭޝަން ފާސް ނެތި ކޮންގްރެސްގައި ބައިވެރިއެއް ނުވެވޭން!

އަލީ ހާޝިމާއި އެކު ކޮންގްރެސް ކޮމެޓީގެ މެންބަރުން ދަނީ ކޮންމެ ދުވަހަކު ވެސް އެތަކެއް މަސައްކަތްތަކެއް ކުރަމުންވެ. ކޮންގްރެސް ޓީމްގައި މަސައްކަތް ކުރާ އަސްލަމް ސާކިރު ވިދާޅުވަނީ ރަޖިޝްޓްރޭސަން ފާހަކީ "ވަރަށް މުހިންމު އެއްޗެއް" ކަމަށެވެ. އެހެންކަމުން ކޮންގްރެސްގެ މަންދޫބުން ރަޖިޝްޓްރޭޝަން ކަންކަން ސަމާލުކަން ދިނުމަށް އެނާ ވަނީ އިލްތިމާސްކޮށްފައެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން ރަޖިސްޓްރޭޝަން އަޅުގަނޑުމެން ބޭނުންވާ ގޮތަށް ދުރާލާ، އިސްކަން ދެއްވާއިގެން އެކަމުގައި ބައިވެރިވުމަށް، ހުކުރު ދުވަހުގެ ހެނދުނު އަޅުގަނޑުމެން ރަޖިސްޓްރޭޝަން މި ފަށަނީ، އެހެންވީމަ 9:00 ފެށިގެން އެކަން ހަރުގެ އިން ފެށޭނެ، ފަހު ވަގުތު ނުތިއްބަވާ 9:00 ގައި ފެށޭތަނުން އައިސް ރަޖިސްޓާ ކުރުމަށް އެބަ ޖެހި ވަޑައިގަންނަވާ، ރަޖިސްޓާރ ކުރާއިރު ރަޖިސްޓްރޭޝަން ޓޭބަލުން އެބޭފުޅުންނަން އަޅުގަނޑުމެން އަރުވާންނަން ފާހެއް، އެ ފާސް ބޭނުންވާނެ ލޯންޗަށް އަރަންވެސް، އެ ފާސް ނެތިއްޔާ ލޯންޗަށް އެރުމަށް ވެސް ދަތިތަކެއް ދިމާވެދާނެ" ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަސްލަމް ސާކިރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސްޓޭޓްމެންޓެއް ވެސް އެބަދެން ދަތުރުކޮށްފައި ވަޑައިގަންނަވާ ފަރާތްތަކަށް، އެހެންވީމަ ޕާޓީ އޮފީހުން ސްޓޭޓްމެންޓް ލިބޭނެ ފާސް ލިބުމަށް ފަހު، ފާސް ލިބުމަށް ފަހު އެބަޖެހޭ ޕާޓީ އޮފީހަށް ވަޑައިގަންނަވަން ސްޓޭޓްމެންޓް ނަންގަވަން" އަސްލަމް ސާކިރު ވިދާޅުވިއެވެ.

ޓްރާސްޕޯޓްގެ އެއްވެސް މައްސަލައެއް ދިމާއެއް ނުވާނެ

800 އަށް ވުރެ ގިނަ މީހުން ކޮންގްރެސްގައި ބައިވެރިވާއިރު ޓްރާސްޕޯޓްގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ވަނީ ދީފައެވެ. އެމެޖެންސީގައި މާލެއިން އުކުޅަހަށް ވެސް ދެވޭގޮތަށް ޓްރާސްޕޯޓްގެ ކަންކަން ރާވަމުންދާއިރު، ކަނޑައަޅާފައިވާ ގަނޑިތަކަށް ސަމާލުކަން ދިނުމަށް ޓްރާސްޕޯޓް ކޮމެޓީގެ ފަރާތުން ވަނީ އިލްތިމާސްކޮށްފައެވެ.

ލަންކާގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރާއްޖެ.އެމްވީ

ޓްރާސްޕޯޓް ކޮމެޓީގެ މެންބަރު ހުސެއިން ޝަހީމް (އަދުން ހުސެއިން) ވިދާޅުވި ޓްރާސްޕޯޓްގެ ކަންކަން ވަރަށް ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށާއި، ބެކަޕްގައި ވެސް 160 އަކަށް މީހުނަން ދަތުރުކުރެވޭ ގޮތަށް ކަންކަން ހަމަޖެހިފައިވާ ކަމަށެވެ.

"ޕާޓީން އަންގަވާ ގަނޑިއަށް މާލެއިން ފުރާ ވާޑައިގަންނަވާ ބޭފުޅުންވެސް ވަޑައިގެންނެވުން، ކޮންގްރެސް ނިންމާފައި އުކުޅަހުން ފުރާވަޑައިގަންވާ ބޭފުޅުންވެސް އެ ގަނޑި ތަކަށް ވަޑައިގަތުން، ޓްރާސްޕޯޓް ކޮމެޓީގެ ފަރާތަން ނޫން ގަނޑިތަށް ދޭނީ، އެހެންވީމަ ޕާޓީން ދެއްވާ ގަނޑިއަށް ސަމާލުކަން ދިނުމަށް ޓްރާސްޕޯޓް ކޮމެޓީގެ ފަރާތުން އެދެން" ޓްރާސްޕޯޓް ކޮމެޓީގެ މެމްބަރު ހުސެއިން ޝަހީމް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބާއްވާ ކޮންގްރެސް އުކުޅަހުގައި ބާއްވާއިރު އެރަށުގެ ރައްޔިތުން ދަނީ ވަރަށް ފުރިހަމައަށް ތައްޔާރުވަމުނެވެ. ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް ބާއްވާ މި ކޮންގްސްގައި ނިންމާނީ ކޮން ނިންމުންތަކެއް ތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މާލޭގައި ބާއްވާ އެމްޑިޕީގެ ހަރަކާތަށް ފުލުހުން ހުރަސް އެޅަމުން ދާއިރު، އުކުޅަހުގައި ބާއްވާ އެމްޑީޕީ ކޮންގްރެސް އަށް ފުލުހުން ހުރަސް އަޅަން މަސައްކަތް ނުކުރާކަން ފާހަގަކޮށްލެވެއެވެ. ކޮންމެއަކަސް ކޮންގްރެސް ކޮމެޓީން ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް މިހާރު ވަނީ ވެނިމިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެއިން އަސްކަރީ ގޮތުން ނިންމާ ނިންމުންތަކަށް އިންޑިއާއިން ނުފޫޒު ފޯރުވާތަނެއް ނުފެނޭ

ރާއްޖެއިން އަސްކަރީ ގޮތުން ނިންމާ ނިންމުންތަކަށް އިންޑިއާއިން ނުފޫޒު ފޯރުވާތަނެއް ނުފެނޭ

03 މާރިޗު 2022
44 ޖަލްސާއިން 95 މަސައްކަތް ނިންމައި މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމާލައިފި

44 ޖަލްސާއިން 95 މަސައްކަތް ނިންމައި މިއަހަރަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިންމާލައިފި

29 ނޮވެމްބަރު 2021
ކޮވިޑްގެ ބަލިމަޑުކަމާއެކު، ފެށޭ ސާނަވީ ނިންމާ އިމްތިހާނަށް ދަރިވަރުން ކުރިމަތިލުން

ކޮވިޑްގެ ބަލިމަޑުކަމާއެކު، ފެށޭ ސާނަވީ ނިންމާ އިމްތިހާނަށް ދަރިވަރުން ކުރިމަތިލުން

02 މެއި 2021
37 ޖަލްސާ އާއި 324 ކޮމިޓީ ބައްދަލުވުމަށްފަހު ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

37 ޖަލްސާ އާއި 324 ކޮމިޓީ ބައްދަލުވުމަށްފަހު ފުރަތަމަ ދައުރު ނިންމާލައި މަޖިލިސް ޗުއްޓީއަށް

29 އެޕްރީލު 2021
ސުމަކުން ފެށި އަހަރު ސުމަކުން ނިންމާލާކަށް ''އެމަނިކުފާނު'' ކުޑަވެސް ޖާގައެއް ނުދެއްވި!

ސުމަކުން ފެށި އަހަރު ސުމަކުން ނިންމާލާކަށް ''އެމަނިކުފާނު'' ކުޑަވެސް ޖާގައެއް ނުދެއްވި!

30 ޖެނުއަރީ 2021

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު