Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޑިސްކޯ ސަލީމް

ޑިސްކޯ މިހާރު މުޅިން ތަފާތު ކަމެއްގައި!

ސަލީމްގެ މަންމައަކީ މަޝްހޫރު ނެށުންތެރިއެއް

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 22 މެއި 2018 | އަންގާރަ 07:43
ޑިސްކޯ ސަލީމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕާޓީގައި އޭނާގެ ނެށުމެއް ހުށަހަޅައި ދެނީ

ޑިސްކޯ ސަލީމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕާޓީގައި އޭނާގެ ނެށުމެއް ހުށަހަޅައި ދެނީ

ފެނުމުން ނޭނގުނަސް، ޑިސްކޯ ސަލީމްއޭ ބުނުމުން އެނގޭނެ އެވެ. އަހްމަދު ސަލީމަކީ ނުވަތަ ޑިސްކޯ ސަލީމަކީ މުނިފޫހިފިލުވުމުގެ އާއިލާއެއް މީހެކެވެ. ކާފައަކީ ރަދުންގެ ޒަމާނުގައި ހަތްކޮޅުގައި ވަޑައިގަންނަވާއިރު، ސަފުގައި ހުންނަ ބެރުޖެހުންތެރިއެކެވެ. މަންމައަކީ، މުޅި މާލެއަށް މަޝްހޫރު ނެށުންތެރިޔާ، ހަފީޒާ އަހްމަދު (ކުދިމާ ހަފީޒާ) އެވެ. ނަމަވެސް، ފުރާވަރަށް އަރައި، ސްކޫލް ނިންމުމަށް ފަހު ވަޒީފާއަށް ނުކުންނަން ފެށިއިރު ވެސް ސަލީމު މިއިން އެއްވެސް ކަމެއް ނުކުރެ އެވެ. އޭނާއަށް މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަދެވުނީ ވަރަށް ވެސް ތަފާތު ގޮތަކަށެެވެ.

އެއީ 1986 ވަނަ އަހަރެ އެވެ. ވަޒީފާ އަދާކުރަމުން ދިޔައީ އެސްޓީއޯގަ އެވެ. އެސްޓީއޯގެ މުވައްޒަފުން މާފުއްޓަށް ދަތުރު ގޮސް، ބޮޑުބެރު ޖަހައި ނަށަމުން ދިޔައިރު ސަލީމް ވެސް ހުއްޓެވެ. ބެރުގެ ފޯރި ވަކި ހިސާބަކަށް ދިޔުމުން، ސަލީމަށް ވެސް ނުހުރެވުނެވެ.

“ބޮޑުބެރު ޖަހައި މާފޯރިއަރުވަނިކޮށް ކުއްލިއަކަށް ގޮސް ސްޕީކަރު ނަގައި ނަށަން ފެށުނީ. ދެން އެހިސާބުން ފެށިގެން މާ ކަމުދިޔައީ، މާވަރުދަ ކިކެއް އައީ،" ނެށުމުގެ ދާއިރާއަށް ވަދެވުނު ގޮތް، މިހާރު އުމުރުން 50 އަހަރުގެ ސަލީމް ކިޔައި ދިނެވެ.

"އޭގެ ކުރިން ދުވަހަކު ވެސް ނުނަށަން، ދުވަހަކު ވެސް ނުނަށަން."

ސަލީމް: ނެށުމުގެ ތެރެއަށް ވަދެވުނީ އެސްޓީއޯގައި އުޅުނުއިރު 1986 ގައި

ދަތުރު ނިންމުމަށް ފަހު އެންމެން ދައްކަމުން ދިޔައީ ސަލީމްގެ ނެށުމުގެ ވާހަކައެވެ. އެއީ އޭނާއަށް ޑިސްކޯ ނަން ހަރުވި ހިސާބެވެ.

"އެސްޓީއޯގައި މާގިނަ ސަލީމް އުޅޭ އެ ދުވަސްވަރު. އެހެންވެ ތަފާތުކުރުމުގެ ގޮތުން ޑިސްކޯ ކިޔަން ފެށީ،" ސަލީމް ބުންޏެވެ.

ސަލީމަކީ މަޝްހޫރު އެކްޓްރެސް، ނީނާ ސަލީމް އާއި މީނާ ސަލީމްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ސަލީމް ސްޓޭޖެއްގެ މަތިން ފުރަތަމަ ފެނިގެން ދިޔައީ 1987 ވަނަ އަހަރު އޭދަފުށީގައި ބޭއްވި މިއުޒިކް ޝޯގެ ތެރެއިންނެވެ. އެ ފުރުސަތު ލިބުނީ އެސްޓީއޯގައި އޭރު ވަޒީފާ އަދާކުރަމުންދިޔަ އޭދަފުށީ މީހުންގެ ފަރާތުންނެވެ.

"1987 ވަނަ އަހަރަށް ފަހު ހުއްޓުމެއް ނެތި ހައެއް އަހަރު އެރަށުގެ އީދު ޝޯއަށް ދެވުނު،" އޭނާ ބުންޏެވެ.

ސަލީމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޕާޓީގައި މަންމަ އާއި އަންހެނުން އަދި ހަމައެކަނި ހުރި އަންހެން ދަރިފުޅާއެކު

މާލޭގެ ސްޓޭޖްތަކުން ސަލީމް ހަރަކާތްތައް ފެންނަން ފެށީ 1988 ވަނަ އަހަރު ކުރީކޮޅު، ކޮޕީ މުހައްމަދު ރަޝީދު ބޭއްވި ސްޓޭޖް ޑްރާމާއިންނެވެ. އެއަށް ފަހު ފެހިވިދުވަރު ޝޯ އާއި ސްލޭމް ސްޓޫޑިއޯގެ ސްލޭމް ނައިޓާއި، މަޝްހޫރު ގެލެސީ ޝޯތަކުގައި ވެސް ސަލީމްގެ ނެށުންތައް ހުށަހަޅައިދެމުންދިޔަ އެވެ.

"މައިގަނޑު ގޮތެއްގައި އޮންނާނީ ހިންދީ ލަވައަށް ނެށުން، އިނގިރޭސި ލަވައަށް ވެސް ނަށަން. ސްޓޭޖް ޑްރާމާތަކުގައި ނެށުމުގެ ތެރެއިން ހުށަހެޅުންތައް ހުންނާނީ،" ސަލީމް ކިޔައިދިނެވެ.

އަހްމަދު ސަލީމާއި މީނާ ސަލީމް

މިހާރު ފަރުދާގެ ފުރަގަހުގައި

އުމުރުން އެންމެ 19 އަހަރުގައި އެސްޓީއޯ ގުޅުމަށް ފަހު މާގިނަ އަހަރުތަކެއް ނުވެ ކާމިޔާބުގެ ހަރުފަތްތައް ގިރާކުރަމުން ދިޔައެވެ. ސަލީމް ގެންދިޔައީ އެސްޓީއޯގެ ރެކްރިއޭޝަން ކްލަބާއި މުވައްޒަފުންގެ ނޫސް ވެސް ހިންގަމުން ނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރު ބޭއްވި ސާކް ސަމިޓްގެ މުނިފޫހި ފިލުވުމުގެ ކަންކަން އިންތިޒާމުކުރުމުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. އެންއައިސީގެ ފިލްމު އެވޯޑް ބޭއްވުމުގައި ވެސް ސަލީމްގެ ދައުރު ބޮޑެވެ.

ސަލީމްގެ ރަން ޒަމާނަށް ފަހު މިހާރު އޭނާ ހުރީ ފަރުދާގެ ފުރަގަހު އެވެ. ބައެއް ފަރާތްތަކަށް ނެށުންތައް ތައްޔާރުކޮށްދެ އެވެ. އެންމެ ފަހުން ސަލީމްގެ ތައްޔާރުކުރި ނެށުމަކީ ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒު ސަރީފް ރާއްޖެ ވަޑައިގެންނެވިިއިރު، ހުށަހަޅައިދިން ނެށުމެވެ. އެ މަސައްކަތް، އެންއައިސީން ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީ ސަލީމެވެ.

"އެއީ 25 ކުދިން ހިމަނައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް. އޭގެ ކްރޮއޮގްރަފީ ހެދީ އަޅުގަނޑު، އެ ހަރަކާތާމެދު ވަރަށް ހިތްހަމަޖެހޭ" ސަލީމް ބުންޏެވެ.

ސްޓޭޖް މަތީގައި ފައިހަމަކުރަން ސަލީމް މިހާރު ބޭނުމެއް ނުވެ އެވެ. ނަމަވެސް ނެށުމުގެ ފަންނުގައި މިހާރު މާގިނަ މަސައްކަތްތަކެއް ނުކުރެވެނީ، އަމިއްލަ ވިޔަފާރީގައި އުޅެމުންދާތީ އެވެ.

ސަލީމް ކާފަ ދަރިފުޅާއެކު

ޖަލުގައި 48 ދުވަސް

އެސްޓީއޯގެ ޓްރާންސްޕޯޓް ޑިޕާޓްމެންޓްގައި ވަޒީފާ އަދާކުރަމުން ދިޔައިރު، ދެހާހުގެ ކުރީކޮޅު ރާއްޖެއަށް އައި އިސްލާހީ ބަދަލުގެ އޮއިވަރުގައި ސަލީމުގެ ހިޔާލު ވެސް ހިނގަން ފެށި އެވެ. އެސްޓީއޯގެ މުވައްޒަފުންގެ ނޫސް ނެރެމުން، އޭނާ ދިޔައީ ދިވެހި އޮބްޒާވަރ (ޑީއޯ) އަށް ވެސް ލިޔަމުންނެވެ. ސިއްރިޔާތުގައި ކުރަމުން ދިޔަ މި މަސައްކަތް ފަޅައި އަރައި، 2004 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އޭނާ ހައްޔަރުކުރި އެވެ. އަދި އެސްޓީއޯގައި އޭނާ ބޭނުންކުރި ކޮމްޕިއުޓަރ ސިސްޓަމް ވެސް ޕޮލިހަށް ގެންދިޔަ އެވެ.

"48 ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު މާލޭ ބަންދަށް ދޫކޮށްލާފައި ހުއްޓާ ސުނާމީ އެރީ. އެއާ ކުޅިގެން ހުރިހާ މައްސަލައެއް ދިޔައީ،" އޭނާ ބުންޏެވެ.

މީގެ 29 އަހަރު ކުރި: ސަލީމްގެ ކައިވެނި ހަފުލާގެ ތެރެއިން

މިހާރު މުޅިން ތަފާތު ކަމެއްގައި

ނެށުމުގެ އިތުރުން ސަލީމަކީ ޑިޒައިނަރެކެވެ. ކައިވެނީގެ ހަފުލާތައް ޕްލޭންކޮށް އިންތިޒާމުކުރެއެވެެ. ރާއްޖޭގައި ސަބްމެރިންގައި ބޭއްވި ފުރަތަމަ ކައިވެންޏަކީ، ސަލީމްގެ "ޕާފެކްޓް ކަލެކްޝަން"ގެ ފެށުމެވެ. މީގެ 17 އަހަރުކުރިން 2001 ވަނަ އަހަރު، ވޭލް ސަބްމެރިންގައި ކައިވެނިކުރީ މަޝްހޫރު ޑައިވަރު ހަސަން އަހްމަދު މަނިކު (ލަކުޑިބޯ) ގެ ދަރިއެކެވެ. ލަކުޑިބޯ އާއި ސަލީމަކީ އެއް އާއލާއެކެވެ. އެއަށް ފަހު ދާދި ފަހުން ސަބްމެރިންގައި ބޭއްވި ކައިވެނި ވެސް އިންތިޒާމުކޮށްފައި ވަނީ ސަލީމްގެ މޭސްތިރިކަމުގަ އެވެ.

ސަލީމްގެ "ޕާފެކްޓް ސެލެބްރޭޝަން"އިން ތައްޔާރުކުރި ކައިވެނި ޕާޓީއެއްގައި

"ކައިވެނީގެ ހަފުލާއާ ގުޅޭ މަސައްކަތް އޭ ޓު ޒެޑް އަހަރެމެން ކޮށްގެން، އަހަރެމެންގެ ހިދުމަތް ބޮޑަށް އަމާޒުކޮށްފައި ވަނީ މެދުފަންތީގެ މީހުންނަށް،" ސަލީމް ބުންޏެވެ.

ބައެއް ފަހަރު އާއިލާގެ މީހުންނާއެކު ކަރޯކޭ ޖައްސައި، ނަށައި ހެދި ނަމަވެސް، މުޅި މަސައްކަތީ ކައިވެނި ހަފުލާތައް އިންތިޒާމުކޮށްދިނުމެވެ. ހަމައެކަނި ހުރި އަންހެން ދަރިފުޅު ބޮޑުވެ، ކާފަ ދަރިފުޅެއް ލިބިފައިވާއިރު ސަލީމްގެ މިހާރުގެ އެންމެ ބޮޑު އުއްމީދަކީ އޭނާގެ ކުންފުނި އިތުރަށް "ޕާފެކްޓްް" ކުރުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު