Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއައިބީއެފްއައި ކޮންފަރެންސް

އެމްއައިބީއެފްއައި ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު ބައިވެރިވެވަޑައިގެންފި

ފަތުރުވެރިކަމަށް އިސްލާމިކް ފައިނޭންސިންގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 އޯގަސްޓު 2022 | ބުރާސްފަތި 07:16
އެމްއައިބީއެފްއައި ކޮންފަރެންސްގައި މިނިސްޓަރު މައުސޫމް ބައިވެރިވެވަޑައިގެންނެވުން

އެމްއައިބީއެފްއައި ކޮންފަރެންސްގައި މިނިސްޓަރު މައުސޫމް ބައިވެރިވެވަޑައިގެންނެވުން

މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސިން އިންޑަސްޓްރީ (އެމްއައިބީއެފްއައި)ގެ 9 ވަނަ ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންފިއެވެ.

އެމްއައިބީއެފްއައި ކޮންފަރެންސްއަކީ އިސްލާމިކް ފައިނޭންސިންއާ ގުޅޭގޮތުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ. މި ކޮންފަރެންސްގެ 9 ވަނަ ކޮންފަރެންސް ބުދަ ދުވަހު ބާއްވާފައިވާއިރު، މި ކޮންފަރެންސްގައި އެފްރިކާ، އިނފިރޭސިވިލާތް، ޔޫރަޕްގެ ގައުމުތަކުގެ އިތުރުން އޭޝީއާ ގައުމުތަކުން މި ދާއިރާއާ ގުޅުންހުރި ފަރާތްތައް ބައިވެރިވިއެވެ.

މި ކޮންފަރެންސްގައި ޗީފް ގެސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އަދި މިނިސްޓަރު ވަނީ ވާހަކަފުޅުވެސް ދައްކަވާފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ވިދާޅުވީ މައިގަނޑުގޮތެއްގައި ވާހަކަފުޅުދައްކަވާފައިވަނީ އިސްލާމިކް ފައިނޭންސިންއާއި، ފަތުރުވެރިކަމަށް އިސްލާމިކް ފައިނޭންސިންގެ މުހިންމުކަމުގެ މައްޗަށް ކަމަށެވެ.

މީގެއިތުރުން އިސްލާމީ އުސޫލުތަކަށް ފެތޭ ފަތުރުވފެރިކަމެއް ރާއްޖޭގައި ގާއިމްކުރުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވާލާފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެހެން ގައުމުތަކުގައި މިފަދަ ފަތުރުވެރިކަމެއް ގާއިމްކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށާއި، އެހެންނަމަވެސް ރާއްޖެއަކީ މިހާރުވެސް މިފަދަ ފަތުރުވެރިކަމެއް އޮތް ގައުމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރިސޯޓުތަކުގައިވެސް މިފަދަ ފަތުރުވެރިކަމެއް ކުރިއަރުވަން މަސައްކަތް ކުރައްވާކަމަށާއި، މީހުން ދިރިއުޅޭ ރަށްތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންވެސް މިކަން ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ލިބިފައި މިއޮތް ފުރުސަތުގެ ބޭނުން ހިފައިގެން މަސައްކަތްކުރުން މުހިންމުކަން މިނިސްޓަރު މައުސޫމް ފާހަގަކުރެއްވިއެވެ.

މީގެ ކުުރިން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވަނީ ރާއްޖޭގެ ފަތުރުވެރިކަން ބައްޓަންވަމުން ދާންޖެހޭނީ ފަތުރުވެރިން ބޭނުންވާ ގޮތަށް ކަން ފާހަގަކުރައްވާފައެވެ. އެ ބަދަލުތައް ގެންނަން މަރުހަބާ ކިޔަންޖެހޭ ކަމަށާއި، ކޮންމެ ހިސާބަކުން އައި ފަތުރުވެރިއެއް ކަމަށްވިޔަސް އެމީހުން ބޭނުންވާ ފެސިލިޓީތައް ރާއްޖޭގައި ހުންނަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މުސްތަގުބަލުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓު އޮންނާނީ ދުނިޔެއާ ވާދަކޮށްލުމަށް ތައްޔާރަށް، ހުރިހާ ގިންތިއަކާއި ފަންތިއަކަށް ފެތޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ތެރެއިން ބޮޑަށް މަސައްކަތްކުރަނީ ތިމާވެއްޓާ ގުޅުވައިގެން ފަތުރުވެރިންނަށް އެ ތަޖުރިބާތައް ހޯދައިދިނުމަށް ކަމަށެވެ. ރާއްޖޭގެ ތަރިކައާއި އާދަކާދައަކީ ފަތުރުވެރިކަމުގެ ޕްރޮޑަކްޓެއް ގޮތުގައި ބަލައިގެން ކުރިއަށްގެންދަން މަސައްކަތްކުރާ ކަމަށާއި، މިކަހަލަ ތަފާތު މޮޑިއުލްތައް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމްއައިބީއެފްއައި ކޮންފަރެންސްޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްރާއްޖޭގެ ފަތުރުވެރިކަން

އިތުރަށް ކިޔާލަން

06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
09 ޑިސެމްބަރު 2024

ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި

09 ޑިސެމްބަރު 2024
ބަދަލު ނުކުރާނެ ކަމަށް ވިދާޅުވި އުސޫލު ބަދަލުކޮށް، ބޭރު ފައިސާ މާރުކުރުމާ ބެހޭ ބިލު މަޖިލީހަށް ހުށަހަޅައިފި
08 ޑިސެމްބަރު 2024

ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް

08 ޑިސެމްބަރު 2024
ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި އައި ފަތުރުވެރިންގެ ނިސްބަތް ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު