Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ފިންލެންޑާއި ސްވިޑިން ނޭޓޯގައި ބައިވެރިވުން

ފިންލެންޑާއި ސްވިޑިން ނޭޓޯއާ ގުޅުމަށް އެމެރިކާގެ ސެނެޓުން ހުއްދަދީފި

ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ހުށަހަޅާފައިވާ ޑޮކިޔުމެންޓްތައް ތަންފީޒުކުރުމަށް ތާއީދުކަމަށް 95 ވޯޓު ދީފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 އޯގަސްޓު 2022 | ބުރާސްފަތި 03:58
ފިންލޭންޑާއި ސްވިޑިންގެ ދިދަ

ފިންލޭންޑާއި ސްވިޑިންގެ ދިދަ

ފިންލޭންޑާއި ސްވިޑިންއަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް އެމެރިކާގެ ސެނެޓުން ހުއްދަދީފިއެވެ.

ނޭޓޯގައި ހިމެނެނީ 30 މެމްބަރު ގައުމެވެ. ފިންލެންޑާއި ސްވިޑިންއަށް ނޭޓޯގެ މެމްބަރުކަން ދިނުމަށް ސެނެޓުން ހުއްދަދިން ދިނުމަކީ ނޭޓޯ އިތުރަށް ފުޅާކުރުމަށް އެޅެނުނު އެންމެ މުހިންމު އެއް ފިޔަވަޅެވެ. މިނިންމުން ނިންމާފައިމިވަނީ ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެންނެވެ.

މިކަމަށްޓަކައި ސެނެޓުގައި ނެގުނު ވޯޓުގައި ދެ ގައުމަށް ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް ހުށަހަޅާފައިވާ ޑޮކިޔުމެންޓްތައް ތަންފީޒުކުރުމަށް ތާއީދުކަމަށް 95 މެމްބަރުން ވަނީ ވޯޓު ދީފައެވެ. އެކަމާއި ދެކޮޅަށް ދީފައިވަނީ އެންމެ ވޯޓެކެވެ. ހުއްދަ ލިބޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައި ވޯޓުންނެވެ. އެއީ 67 ވޯޓެވެ.

މި ދެގައުމު ނޭޓޯގައި ބައިވެރިކުރުމަށް ސެނެޓުން ހުއްދަ ދިނުމާއެކު އެމެރިކާގެ ރައީސް ޖޯ ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ތާރީޚީ މިވޯޓާއެކު މުހިންމު އަދި ދެމެހެއްޓެނެވި މެސެޖެއްދޭކަމަށެވެ. އެއީ ނޭޓޯ އާމެދު އެމެރިކާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެމެރިކާ ދެމިއޮތްކަން އެނގިގެން ދިޔުމާއި ނޭޓޯ ވަނީ މިއަދާ އާއި މާދަމާއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ތައްޔާރަށްކަމުގެ ޔަގީންކަން ކަމަށެވެ.

ސްވިޑިން އާއި ފިންލޭންޑުން ނޭޓޯގެ މެމްބަރު ގައުމަކަށް ވުމަށް އެދި ހުށަހަޅާފައިވަނީ ރަޝިޔާއިން މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރެއިން އަށް ހަމަލާދޭން ފެށުމާއެކުއެވެ. ރަޝިޔާއިން ވަނީ ދެ ގައުމަށްވެސް ނޭޓޯގެ މެމްބަރު ގައުމަކަށްވުމާމެދު އެތައް ފަހަރެއްގެ މަތިން އިންޒާރުދީފައެވެ.

ނޭޓޯގައި ހިމެނޭ 30 ގައުމުން ވަނީ މިދިޔަ މަހު އެ ދެގައުމަށް މެމްބަރުކަން ދިނުމުގެ ޕްރޮޓޮކޯލްގައި ސޮއިކޮށްފައެވެ. ނޭޓޯގެ މެމްބަރު ގައުމަކަށް ގައުމަކަށް ވެވޭނީ ނޭޓޯގައި ހިމެނޭ ހުރިހާ މެމްބަރު ގައުމަކުން އެކަން ގަބޫލުކުރުމުންނެވެ.

އަދި އެކަމުގެ ހުއްދަ ހުރިހާ ގައުމެއްގެ ގާނޫނު ހަދާ މަޖިލީސްތަކުން ދޭންޖެހެއެވެ. އެކަމަށް އަހަރެއްވަރު ނަގާއިރު މިހާރުވެސް ކެނެޑާ، ޖަރމަނީ އަދި އިޓަލީން ވަނީ އެކަމަށް ހުއްދަދީފައެވެ.

އެމެރިކާގެ ސެނެޓްގައި ހިމެނޭ ހުރިހާ ޕާޓީތަކުންވެސް ވަނީ ސްވިޑިން އާއި ފިންލޭންޑަށް ނޭޓޯގެ މެމްބަރުކަން ދިނުމުގެ ހުއްދަ ދިނުމަށް ވޯޓުދީފައެވެ. ސެނެޓްގައި ހިމެނޭ މެމްބަރުންވަނީ އެ ދެގައުމަކީވެސް ނޭޓޯއަށް މުހިންމު ދެގައުމުކަން ފާހަގަކޮށްފައެވެ.

ނޭޓޯއެމެރިކާސްވިޑްންފިންލޭންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖޫން
ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ކައުންސިލްގެ ރައީސް ރުޅި އައިސްގެން، ފ.އަތޮޅު ކައުންސިލް އިދާރާގެ އެކްސެސް ކޮންޓްރޯލް ފުނޑާލައިފި

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް
20242 އަހަރު ކުރިން
ރާއްޖެ

މުޒާހަރާ ކުރަމުންދާ އައްޑޫ މަސްވެރިންގެ 3 ޑިމާންޑެއް ސަރުކާރަށް

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމީޝް ނުފެނި ހޭދަވާ ކޮންމެ ސިކުންތެއް، ކޮންމެ މިނެޓެއްވެސް ހީވަނީ އެތައް ގަޑިއިރެއްހެން"

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ބީއެމްއެލްގެ ސްކޮލަރޝިޕް ފަންޑު ލިބޭ ދަރިވަރުން ހޮވައިފި

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު
20215 އަހަރު ކުރިން
ރާއްޖެ

13އަހަރު ކުއްޖާގެ މަރު: އާދީއްތަ ދުވަހު ހަވީރު ދެމީހަކު ފޮއްޓެއް ހިފައިގެން ދެވަނަ ފިޔަވަހީގައި އުޅުނު

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ
20197 އަހަރު ކުރިން
ރާއްޖެ

މުސްލިމް ފިރިހެނަކާއި އެއްކޮށް އުޅުނު ކަމަށް ބުނެ އަނިޔާ ކުރި: ރިތިކްގެ ދައްތަ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމިންގެ ކެމްޕެއިނަށް ނިކުމެ އުޅެނިކޮށް މިނިސްޓަރު ސައީދު ލަދު ގަންނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު