Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމިނިވަން ޗެމްޕިއަންޝިޕް

ފައިނަލް ބުރު ބޭއްވުމަށް 6 ރަށަކުން ޝައުގުވެރިކަން ފާޅުކޮށްފި

ފައިނަލް ބުރު ބާއްވާނީ 2 ރަށެއްގައި

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 15 ޖޫން 2017 | ބުރާސްފަތި 12:21
މިނިވަން ޗެމްޕިއަންޝިޕް ޒޯން 3ގެ ފައިނަލް މެޗުގެ ތެރެއިން

މިނިވަން ޗެމްޕިއަންޝިޕް ޒޯން 3ގެ ފައިނަލް މެޗުގެ ތެރެއިން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ބޭއްވުމަށް 6 ރަށަކުން ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށައަޅާފައިވާ ކަމަށް އެފްއޭއެމް އިން ބުނެފިއެވެ.

މި މުބާރާތުގެ ޒޯން ބުރުގެ ކުޅުން ނިމިފައި ވާއިރު، މުބާރާތުގެ ފައިނަލް ބުރު ބޭއްވުމަށް ބޭނުންވާ ރަށްތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ފާއިތުވި މަހުގައި އެ އިދާރާއިން ވަނީ ފުރުސަތު ހުޅިވާލާފައެވެ. އެފްއޭއެމް އިން މައުލޫމާތު ދޭގޮތުގައި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައިވާ ރަށްތަކުގެ ތެރެއިން 2 ރަށެއް ފިޔަވާ އެހެން ހުރިހާ ރަށަކުން ވަނީ ޝައުގުވެރިކަން ޕްރޮޕޯސަލް ހުށައަޅާފައެވެ.

އަންނަ މަހުގެ 5 ވަނަ ދުވަހު ފައިނަލް ބުރުގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވާއިރު، ޕްރޮޕޯސަލް ހުށައަޅާފައިވާ 6 ރަށުގެ ތެރެއިން ފައިނަލް ބުރު ބާއްވާނީ 2 ރަށެއްގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. އެގޮތުން އެ 2 ރަށެއް ކަނޑައެޅުމަށްޓަކައި އެ އިދާރާގެ ޓީމެއް މިހާރު އަންނަނީ މަސައްކަތް ކިރަމުންނެވެ. ފައިނަލް ބުރު ބާއްވާނެ ދެ ރަށެއް ކަނޑައަޅާނީ ރަށްތަކުން ހުށައަޅާފައިވާ ޕްރޮޕޯސަލް ތަކަށް ބެލުމަށް ފަހުގައެވެ. އަދި މީގެ އިތުރުން، ޝައުގުވެރިކަން ފާޅުކޮށްފައިވާ ރައްތަކަށް އެއިދާރާގެ ޓީމެއް ދަތުރުކޮށް، ދަނޑުގެ ހާލަތާއި، އެހެނިހެން އިންތިޒާމުތަށް ހުރިގޮތް ބަލަމުންދާ ކަމަށްވެސް އެއިދާރާއިން ވަނީ ބުނެފައެވެ.

ފައިނަލް ބުރު ބޭއްވުމަށް ޕްރޮޕޯސަލް ހުށައަޅާފައިވާ ރައްތަކަކީ ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ތ.ތިމަރަފުށި، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ، އަދި އައްޑޫ ސިޓީ އެވެ.

ޖުމްލަ 8 ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާގެ ފައިނަލް ބުރަށް ކޮންމެ ޒޯނަކުން 1 ޓީމު ވަނީ ދަތުރުކޮށްފައެވެ. އެގޮތުން ފައިނަލް ބުރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގުރޫޕަކަށް ބަހާލައިގެންނެވެ.

ފުޓުބޯޅަ ފޯމެޓަށް މުޅިން އަލަށް ގެނައި ބަދަލާއި ގުޅިގެން، މި މުބާރާތުގެ އެންމެ ގަދަ 4 ޓީމު މާލޭގައި އޮންނަ ދިވެހި ލީގަށް ކޮލިފައި ވާނެއެވެ. މާލެ ލީގުގައި ވާދަކުރާނީ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ މެޗުގައި ކުޅެވޭ މާލެ ލީގުގެ ގަދަ 4 ޓީމާއި، މިނިވަން ޗެމްޕިއަންޝިލްގެ ގަދަ 4 ޓީމެވެ.

މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކޮށްފައިވާ ޓީމުތަކަކީ ހދ. ކުޅުދުއްފުށި، ބ. އޭދަފުށި، ތ. ތިމަރަފުށި، ށ. މިލަންދޫ، އއ. މާޅޮސް، ދ. ކުޑަހުވަދޫ، ގދ. ތިނަދޫ އަދި ސ. ފޭދޫ އެވެ.

އިތުރަށް ކިޔާލަން

04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
01 މާރިޗު 2017

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

01 މާރިޗު 2017
ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން
01 މާރިޗު 2017

އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި

01 މާރިޗު 2017
އަގުއެރޯ ހޯދުމަށް ރެއާލް އިން ޝައުގުވެރިކަން ފާޅުކޮށްފި
27 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން

27 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ސެމީ ފައިނަލްގައި ޓީސީ އަދި މަނަންގް ބައްދަލުކުރާ މެޗު ރާއްޖެ ޓީވީން ވަގުތުން
26 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް

26 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް: ދެ ޑިވިޝަންގެ ވެސް ފައިނަލްގައި ކަސްޓަމްސް
19 ފެބުރުއަރީ 2017

އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ

19 ފެބުރުއަރީ 2017
އެފްއޭކަޕް: ޗެލްސީ ކުއާޓާ އަށް ދިޔައިރު، ސިޓީ އަލުން ހަތަރުވަނަ ބުރުގެ މެޗު ކުޅެން ޖެހިއްޖެ
09 ފެބުރުއަރީ 2017

އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް

09 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯލް: ފައިނަލްގެ ދެވަނަ ޖާގަ ޔޫތު މިނިސްޓްރީއަށް
31 ޖެނުއަރީ 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ

31 ޖެނުއަރީ 2017
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި 75 ރަށަކުން ބައިވެރިވެއްޖެ
27 ޖެނުއަރީ 2017

ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން

27 ޖެނުއަރީ 2017
ފައިނަލްގައި ވާދަކުރާނީ ވިލިއަމްސްގެ ދެބެއިން
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު