Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެލޯސީ ޓައިވާނަށް ވަޑައިގަތުން

ޗައިނާގެ އިންޒާރުތަކާއެކުވެސް ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވައިފި

2 އޯގަސްޓު 2022 | އަންގާރަ 15:23

ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 2 އޯގަސްޓު 2022 | އަންގާރަ 15:23
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ

ޗައިނާގެ އިންޒާރުތަކާއެކުވެސް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވައިފިއެވެ.

ޕެލޯސީ އޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓައިވާނަށް ވަޑައިގަންނަވައިފިނަމަ, ޗައިނާއާއި އެމެރިކާގެ ގޯސްވަމުން އަންނަ ގުޅުން އިތުރަށް ގޯސްވާނެކަމުގެ އިންޒާރު ޗައިނާއިން ދިޔައީ ކެނޑިނޭޅި ދެމުންނެވެ. ޕެލޯސީ ވަޑައިގަންނަވާފައިވަނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޗައިނާއިން ދައުވާކުރަމުން އަންނަނީ ޓައިވާނަކީ އެގައުގެ ތަނެއްކަމަށެވެ. ނަމަވެސް އެކަމާ އެމެރިކާއިން ދެކޮޅު ހަދައެވެ. އަދި ޓައިވާނަކީ ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަށް އެމެރިކާއިން އަންނަނީ ޓައިވާނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޗައިނާއިން ގަބޫލުކުރާގޮތުގައި ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގެ ހަރަކާތްތައް ޗައިނާ ސަރަހައްދުގެ ތެރޭގައި ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫނެވެ. ޕެލޯސީގެ ދަތުރުފުޅުގައި ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމެރިކާއިންނެވެ.

އެހެންކަމުން މިއީ ޗައިނާގެ ސަލާމަތަށާއި އަދި ޗައިނާގެ އަމިއްލަވަންތަކަމާއި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްކަމަށް ޗައިނާއިން ދެކެއެވެ. އަދި އެމެރިކާއިން އެފަދަ ކަމެއްކޮށްފިނަމަ މަޑުން ނުތިބޭނެކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ޒާއޯ ލިޖިއަން ވިދާޅުވީ، އަދިވެސް އެއްފަހަރު އެމެރިކާއަށް ހަނދާންކޮށްދެއްވަން ބޭނުންފުޅުވަނީ; ޗައިނާގެ ރައްޔިތުންނާއި ޗައިނާގެ މިނިވަންކަމުގެ ދިފާއުގައި ޗައިނާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށްކަމަށާއި، އެފަދަ ކަމެއް ހިނގައިފިނަމަ ޗައިނާގެ އަސްކަރިއްޔާ މަޑުން ނޯންނާނެކަންކަމަށެވެ. އަދި ޗައިނާ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ޗައިނާގެ އަމިއްލަވަންތަކަމުގެ ދިފާއުގައި ވަރުގަދަ ފިޔަވަޅުތަކެއް ޗައިނާއިން އަޅާނެކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެކަން ހޯމަ ދުވަހުގެ ރޭ މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އަންގާރަ ދުވަހުގެ ހެނދުނުން ފެށިގެން ޗައިނާގެ ހަނގުރާމަމަތީ ބޯޓުތައް ޓައިވާނާ ޗައިނާއާ ދެމެދު އެތައް ފަހަރަކު ދަތުރުކުރަމުންދިޔަކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން އެމެރިކާގެ ހަތަރު ނޭވީ ޝިޕާއި އެއަރކްރާފްޓެއް ވަނީ ޓައިވާނުގެ އިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވާންފަށާފައެވެ.

ޕެލޯސީ ޓައިވާނަށް ކުރައްވާ މިދަތުރުފުޅަކީ 25 އަހަރުތެރޭގައި އެމެރިކާގެ އިސް އޮފިޝަލަކު ޓައިވާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އެމެރިކާޗައިނާޓައިވާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް