Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝަކީރާ

ޝަކީރާ 8 އަހަރަށް ޖަލަށް ދާން ޖެހިދާނެތަ؟

2 އޯގަސްޓު 2022 | އަންގާރަ 10:44

ސްޕެއިންގެ ޕްރޮސެކިއުޓަރުން ދައުވާކުރަނީ 15 މިލިއަން ޑޮލަރު ހޯދުމަށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 2 އޯގަސްޓު 2022 | އަންގާރަ 10:44
މަޝްހޫރު ޕޮޕް ލަވަކިއުންތެރިޔާ ޝަކީރާ

މަޝްހޫރު ޕޮޕް ލަވަކިއުންތެރިޔާ ޝަކީރާ

2010 ވަނަ އަހަރު ސައުތު އެފްރިކާގެ ޖޮނަސްބަރގައި އޮތް ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތް ލޯންޗްކުރުމަށް ނެރުނު ރީތި ލަވަ "ވައްކާ ވައްކާ"އިން މަޝްހޫރުވެގެންދިޔަ ކޮލަމްބިޔާގެ ލަވަކިއުންތެރިޔާ ޝަކީރާ، ޓެކްސްއަށް މަކަރުހެދިކަމުގެ ކުށުގައި 8 އަހަރަށް ޖަލަށް ދާންޖެހިދާނެކަމަށް ބުނާ ޚަބަރުތަކާ ގުޅިގެން އޭނާގެ ސަޕޯޓަރުން ވަނީ މާޔޫސްވެފައެވެ. ޝަކީރާގެ މައްޗަށް ދައުވާކުރަނީ ސްޕެއިންގެ ޕްރޮސެކިއުޓަރުންނެވެ. އެއީ އޭނާ 2012އާ 2014އާ ދެމެދު ސްޕެއިންނުން ގެއެއް ގަނެފައިވާއިރު، އެގައުމުގެ ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ދައްކާފައިނުވާކަމަށް ބުނެއެވެ. ނަމަވެސް ޝަކީރާ ބުނަމުން އަންނަނީ ބުނެވުނު މުއްދަތުގައި އޭނާ ސްޕެއިންގައި ދިރިއުޅެފައި ނުވާނެކަމަށެވެ.

މިކަމުގައި ސްޕެއިންގެ ޕްރޮސެކިއުޓަރުން ހުށަހެޅިގޮތަށް 15 މިލިއަން ޑޮލަރު، އަދި ޖޫރިމަނާގެ ގޮތުގައި 24 މިލިއަން ޑޮލަރު ދައްކަން ޝަކީރާ އެއްބަސް ނުވުމުންނާއި، ކޯޓުން ބޭރުން ގޮތެއް ނިންމުމަށް އެއްބަސްނުވުމުން މިހާރު މައްސަލަ ވަނީ ކޯޓަށް ވައްދާފައެވެ. ނަމަވެސް ޝަރީއަތް ކުރިއަށްދާނެ ތާރީޚެއް އަދި ނޭނގެއެވެ.

ޝަކީރާގެ ވަކީލުން ބުނާގޮތުން މިހާރު ބަލަންޖެހެނީ، ސްޕެއިންގެ ގާނޫނު ބުނާގޮތުން އެގައުމުން ގެއެއްގަނެ އެގައުމުގެ ރައްޔިތަކަށް ވަނީ ކިހާ ދުވަހަކު އެގައުމުގައި ދިރިއުޅުމުންތޯއެވެ. ގެއެއް ގަނެ  އެތަނުގައި އެންމެ ދުވަހަކު ނޫޅުނަސް ޓެކްސް ދައްކަންޖެހޭ "ރައްޔިތަކަށް" ވެދާނެތޯއެވެ. ޝަކީރާގެ ވަކީލުން ބުނަނީ ޓެކްސްގެ މައްސަލަ އެކި ގައުމުގައި އޮންނަނީ އެކި ގޮތަށް ކަމަށާއި، ސްޕެއިންގެ ޕްރޮސެކިއުޓަރުން އެކަމާބެހޭ މައުލޫމާތު ރަގަޅަށް ހޯދާފައި ނުވާކަމަށެވެ. އަދި އެމީހުން އެކުރާކަމަކީ ޖަލަށް ފޮނުވާނެ ކަމަށް ބުނެ ބިރުދައްކައިގެން ނެގެޓިވް ޕަބްލިސިޓީ ހޯދައިގެން ފައިސާ ދައްކަން ޝަކީރާއަށް ޕްރެޝަރކުރުންކަމަށެވެ. ނަމަވެސް އޭނަގެ ވަކީލުންނަށް ފުރިހަމައަށް އިތުބާރުކުރުމާއެކު، މި ކޭސް ކާމިޔާބުވާނެކަމުގެ ޔަގީންކަން ޝަކީރާއަށް އެބައޮތްކަމަށް ވަކީލުން ބުނެފައިވެއެވެ.

2012ން 2014ށް ޝަކީރާ އުޅުނީ ބަހާމާސްގައިކަމަށް، އޭނާ ޓެކްސްގެ ބޭނުންތަކަށް މައުލޫމާތުދީފައިވެއެވެ. ނަމަވެސް ސްޕެއިން ސަރުކާރުން ބުނަނީ އެމުއްދަތުގައި އޭނާ އުޅުނީ މިހާރު ވަރިވެފައިވާ ފިރިމީހާ ޖެރާޑް  ޕީކޭއާއެކު ސްޕެއިންގައިކަމަށެވެ.     

2018 އަހަރުވެސް ހަމަ މިމައްސަލައިގައި ޝަކީރާ ކޯޓަށް ގެންދަން މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް އޭރުވެސް ފަޑިޔާރެއްގެ ކުރިމަތީގައި ހުވާކޮށް ޝަކީރާ ބުނެފައިވަނީ، ޓެކްސްއަށް މަކަރުނުހަދާ ކަމަށާއި، ދައްކަންޖެހޭ އެއްޗެއް ޖޫރިމަނާއާއެކު ދައްކާފައިވާނެކަމަށެވެ.  

ސްޕެއިން

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2025

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

09 އޮކްޓޯބަރު 2025
އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި
23 ސެޕްޓެމްބަރު 2025

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

18 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ
17 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

17 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި
12 ސެޕްޓެމްބަރު 2025

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

12 ސެޕްޓެމްބަރު 2025
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
01 ނޮވެމްބަރު 2024

ސްޕޭނަށް އައި ވިއްސާރައިގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 205ށް އަރައިފި

01 ނޮވެމްބަރު 2024
ސްޕޭނަށް އައި ވިއްސާރައިގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 205ށް އަރައިފި
30 އޮކްޓޯބަރު 2024

އަހަރެއްގެ ވާރޭ 8 ގަޑިއިރުގެ ތެރޭގައި ވެހި، ސްޕެއިންގައި އެތައް ބަޔަކު މަރުވެއްޖެ

30 އޮކްޓޯބަރު 2024
އަހަރެއްގެ ވާރޭ 8 ގަޑިއިރުގެ ތެރޭގައި ވެހި، ސްޕެއިންގައި އެތައް ބަޔަކު މަރުވެއްޖެ
06 ޖޫން 2024

ސްޕެއިންގެ ތާއީދު ފަލަސްތީނަށް، އިޒްރޭލްގެ އިންތިހާ ރުޅި ސްޕެއިނަށް

06 ޖޫން 2024
ސްޕެއިންގެ ތާއީދު ފަލަސްތީނަށް، އިޒްރޭލްގެ އިންތިހާ ރުޅި ސްޕެއިނަށް
22 މެއި 2024

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

22 މެއި 2024
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
21 މާރިޗު 2024

ސްޕޭނުގެ ފުލުހުން ފުޓްބޯޅަ ފެޑަރޭޝަނަށް ވަދެއްޖެ، ކުރީގެ ރައީސް ހައްޔަރުކުރަނީ

21 މާރިޗު 2024
ސްޕޭނުގެ ފުލުހުން ފުޓްބޯޅަ ފެޑަރޭޝަނަށް ވަދެއްޖެ، ކުރީގެ ރައީސް ހައްޔަރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް