Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕެލޯސީ އޭޝިޔާއަށް ކުރައްވާ ދަތުރުފުޅު

ޕެލޯސީގެ އޭޝިޔާ ދަތުރުފުޅުގައި ޓައިވާން ހިމެނޭ: އެމެރިކާ އަދި ޓައިވާންގެ އޮފިޝަލުން

1 އޯގަސްޓު 2022 | ހޯމަ 20:57

ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވައިފިނަމަ އެދަތުރުފުޅުވެގެންދާނީ 25 އަހަރުތެރޭ އެމެރިކާގެ އިސް އޮފިޝަލަކު ޓައިވާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 އޯގަސްޓު 2022 | ހޯމަ 20:57
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ އޭޝިޔާގެ ބައެއްގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ޓައިވާނަށް ވަޑައިގަންނަވާނެކަމަށް އެމެރިކާ އާއި ޓައިވާންގެ އިސް އޮފިޝަލުންތަކެއް ވިދާޅުވެއްޖެއެވެ.

ޕެލޯސީގެ އޮފީހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދަތުރުގައި އެކަމަނާ ވަޑައިގަތުމަށް އަދި ހަމަ ޖެހިފައިވަނީ ސިންގަޕޯރ، މެލޭޝިޔާ، ދެކުނު ކޮރެޔާ، އަދި ޖަޕާނަށްކަމަށެވެ. ނަމަވެސް ޓައިވާނާއި އެމެރިކާގެ އިސް އޮފިޝަލުންތަކަކާ ހަވާލާދީ ސީއެންއެންގައި ރިޕޯޓްކޮށްފައިވަނީ ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނެކަމަށް ބެލެވޭކަމަށެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަތުމަކީ ހީނަރުވެފައިވާ ޗައިނާ އާއި އެމެރިކާގެ ގުޅުން އިތުރަށް ގޯސްވެ ހާލަތު މުޅިން ގޯސްވެގެން ހިނގައިދާނެކަމެއްކަމަށް ބެލެވޭތީ އެމެރިކާ ސަރުކާރުގެ އޮފިޝަލުންވެސް ވަނީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވައިފިނަމަ އެދަތުރުފުޅުވެގެންދާނީ 25 އަހަރުތެރޭ އެމެރިކާގެ އިސް އޮފިޝަލަކު ޓައިވާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ.

ޓައިވާންގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޕެލޯސީ ޓައިވާންގައި މަޑުކުރައްވާނީ އެއް ރެޔެވެ. ނަމަވެސް ޕެލޯސީ ޓައިވާނަށް ވަޑައިގަންނަވާނީ ކޮންއިރަކު ކަމެއް އަދި ސާފެއްނުވެއެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައި ރިޕޯޓް ކޮށްފައިވަނީ އެމެރިކާގެ ޑިފެންސު ޑިޕާޓްމެންޓުން ގެންދަނީ ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން އެސަރަހައްދުގައި ޗައިނާގެ ހަރަކާތްތައް ވަރަށް ކައިރިން ބަލަމުންނެވެ. އަދި ޕެލޯސީއަށް ރައްކާތެރިކަން ދެވެން ހުރި ހުރިހާ ގޮތްތަކެއް ގެންދަނީ ބަލަމުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން އިންޒާރުދީފައެވެ. ޗައިނާއިން ދައުވާކުރަމުން އަންނަނީ ޓައިވާނަކީ އެގައުގެ ތަނެއްކަމަށެވެ. ނަމަވެސް އެކަމާ އެމެރިކާއިން ދެކޮޅު ހަދައެވެ. އަދި ޓައިވާނަކީ ވަކި ދައުލަތެއްގެ ގޮތުގައި އޮތުމަށް އެމެރިކާއިން އަންނަނީ ޓައިވާނަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގެ ހަރަކާތްތައް ޗައިނާ ސަރަހައްދުގެ ތެރޭގައި ހިންގުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫނެވެ. އަދި އަދި ޗައިނާގެ އަމިއްލަ ވަންތަކަމާއި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއްކަމަށް ޗައިނާއިން ދެކެއެވެ. އަދި އެމެރިކާއިން އެފަދަ ކަމެއްކޮށްފިނަމަ މަޑުން ނުތިބޭނެކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ޒާއޯ ލިޖިއަން ވިދާޅުވީ އަދިވެސް އެއް ފަހަރު އެމެރިކާއަށް ހަނދާން ކޮށްދޭން ބޭނުންވަނީ ޗައިނާގެ ރައްޔިތުންނާއި ޗައިނާގެ މިނިވަންކަމުގެ ދިފާއުގައި ޗައިނާގެ އަސްކަރިއްޔާ އޮތީ ތައްޔާރަށްކަމަށާއި އެފަދަ ކަމެއް ހިނގައިފިނަމަ ޗައިނާގެ އަސްކަރިއްޔާ މަޑުން ނުއޮންނާނެ ކަމަށެވެ. އަދި ޗައިނާގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމާއި ޗައިނާގެ އަމިއްލަވަންތަކަމުގެ ދިފާއުގައި ވަރުގަދަ ފިޔަވަޅުތަކެއް ޗައިނާއިން އަޅާނެކަމަށް ސްޕޯކްސްމަން ވިދާޅުވިއެވެ.

އަޅާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ސްޕޯކްސްމަން ވިދާޅުވީ ޕެލޯސީ ޓައިވާނަށް ވަޑައިގެންފިނަމަ ދެން ކަންތައްވާނެ ގޮތް ބަލަން ތިބުމަށެވެ.

ޗައިނާގެ އިރުމަތީ ކޮމާންޑުން ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ވަނީ ޓައިވާންގެ ނަން ނުބުނެ ދުޝްމަނުން ވަޅުލާނެކަމަށް ބުނެފައެވެ. އަދި އެސަރަހައްދުގައި ގެންގުޅޭ އަސްކަރީ ހަތިޔާރާއި ހަނގުރާމައިގެ އުކުޅުތައް ވަނީ ދައްކާލާފައެވެ. ވީޑިއޯ އާއެކު ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ދުޝްމަނުންނާ ހަނގުރާމަ ކުރުމަށް ތައްޔާރަށް ތިބިކަމަށާއި ދުޝްމަނުން ވަޅުލާނެކަމަށެވެ.

އެމެރިކާގެ ސެކެރެޓަރީ އޮފް ސްޓޭޓް އެންތޮނީ ބްލިންކަން ވިދާޅުވީ ޕެލޯސީ ކުރައްވާ ދަތުރުުފުޅާ ގުޅޭގޮތުން ކަންކަން ނިންމަވާނީ ޕެލޯސީކަމަށެވެ. ކޮންގްރެސް އަކީ މިނިވަން ތަނެއްކަމަށާއި އެތަނުން ނިންމާ ނިންމުންތަކަކީ އަމިއްލަ ނިންމުންތަކެއްކަމަށެވެ.

ޕެލޯސީ އެޕްރީލް މަހު ޓައިވާނަށް ދަތުރުފުޅެއް ކުރައްވަން މަސައްކަތްޕުޅުކުރެއްވިއެވެ. ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން އެދަތުރުފުޅު ކެންސަލްކުރެއްވީއެވެ. 

އެމެރިކާޗައިނާޓައިވާން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް