Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19

ކޮވިޑުން ރަނގަޅުވާފަހުން ފެންނަނީ "ލޯންގް ކޮވިޑް"ގެ އަލާމާތްތައް

ފުރަތަމަ ފިޔަވައްސަކީ ފުރަތަމަ ހަތަރު ހަފްތާ ފެންނަ އަލާމާތްތައް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 31 ޖުލައި 2022 | އާދީއްތަ 13:04
ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ބްރެޒިލްގައި ކޮވިޑްގެ ބަލި މީހަކު ހޮސްޕިޓަލަށް ގެންދަނީ

ކޮވިޑް-19 ވައިރަހަކީ އޭގެ ސަބަބުން އިންސާނާގެ ދިފާއީ ނިޒާމު އެއްކޮށް ބަލިކަށިކޮށްލާ ވައިރަހެކެވެ. ކޮވިޑް ޖެހޭ ބައެއް މީހުންގެ ކިބައިން ނުރައްކާތެރި އަލާމާތްތަކެއް ފެނިގެންދާއިރު، ބައެއް ފަހަރު އިންސާނާގެ ފުރާނައަށް ނުރައްކާވާ ހާލަތުވެސް އާދެއެވެ. އެހެންނަމަވެސް ބައެއް މީހުންގެ ކިބައިން އެއްވެސް ވަރަކަށް އަލާމާތްތައް ނުފެނިވެސް ދެއެވެ. އަދި ބަލި ޖެހިފައި ހުރިކަން ނޭނގި ބަލިން ރަނގަޅުވާ ހާލަތުވެސް އާދެއެވެ.

ކޮވިޑް-19 ބަލިން ރަނގަޅުވިޔަސް މިކަމަކީ ދެ ފިޔަވައްސެއް އޮންނަ ކަމެއް ކަމަށް ސިއްހީ މާހިރުން ބުނެއެވެ. އައިޖީއެމްއެޗްގެ ޕަލްމޮނޮލޮޖިސްޓް ޑރ. މުހައްމަދު އަލީ ވަނީ މި ދެ ފިޔަވަހި ތަފްސީލުކޮށްދެއްވާފައެވެ. ކޮވިޑް-19ގެ ފުރަތަމަ ފިޔަވައްސަށް ކިޔައީ "އެކިއުޓް ކޮވިޑް-19"އެވެ. އެއީ ހަތަރު ހަފްތާ ވަންދެން ކޮވިޑް ޖެހޭ މީހެއްގެ ކިބައިން ފެންނަ އަލާމާތްތަކެވެ. މި ހަތަރު ހަފްތާ ނިމޭ ފަހުން އަނެއްކާވެސް އަލާމާތްތައް ފެންނާތި ގިނަ ބަޔަކު ރިޕޯޓުކުރެއެވެ. އެއީ ކޮވިޑް-19ގެ ދެވަނަ ފިޔަވައްސެވެ. އެ ފިޔަވައްސަށް ކިޔަނީ "ލޯންގް ކޮވިޑް" ކަމަށް ޑރ. މުހައްމަދު ވިދާޅުވިއެވެ.

ދެވަނަ ފިޔަވަހީގައިވެސް އެތައް އަލާމާތެއް ފެނިގެންދާއިރު، ބައެއް ފަހަރު ނުރައްކާތެރި އަލާމާތްތަކެއްވެސް ފެނިގެންދެއެވެ. މި ފިޔަވަހީގައި މައިގަނޑު ގޮތެއްގައި ފެންނަ އަލާމާތްތަކަކީ ނޭވާލާން އުނދަގޫވުމާއި، ވަރުބަލިވުމާއި، މޭ ތެޅޭގޮތްވުމާއި، މެއަށް ބާރުވުމާއި، ބައެއް ފަހަރު ނިދަން އުނދަގޫވުމާއި، ނަފްސާނީ ބައެއް އުނދަގޫތައް ކުރިމަތިވުމެވެ.

ޑރ. މުހައްމަދު އަލީ ވަނީ މި ފިޔަވަހީގައި ފެންނަ އަލާމާތްތަކަށް ފަރުވާކުރާ ގޮތްވެސް ތަފްސީލުކޮށްދެއްވާފައެވެ. މިގޮތުން ވަރުބަލިވާނަމަ އެންމެ ފުރަތަމަ ވަރުބަލިވާ އެހެން ސަބަބުތަކެއް ހުރިތޯ ބަލާއެވެ. އެއީ ހަށިގަނޑުގައި ހުރި އެހެން މައްސަލައަކާހުރެ ވާ ކަމެއްތޯ ބެލުމަށެވެ. އަދި ބައެއް ޓެސްޓުތައް ހަދައެވެ. ބައެއް ފަހަރު ފުއްޕާމޭގެ ޓެސްޓުތައް ހަދާ ކަމަށާއި، އަދި އެކްސްރޭ ނަގައިގެންވެސް ބަލާފާނެ ކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް މި ހުރިހާ ޓެސްޓެއް ހެދުމަށްފަހުވެސް އެއްވެސް ސަބަބެއް ނުފެންނަނަމަ އެކަމަށް ދެވޭނެ މާ ބޮޑު ފަރުވާއެއް ނޯންނަ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. އެހާލަތުގައި އެކަންކަމުން އަރައިގަތުމަށް އެމީހަކު އަމިއްލައަށް މަސައްކަތްތަކެއް ކުރަންޖެހެއެވެ. އޭގެ ތެރޭގައި ކަސްރަތުކުރުމާއި، ހިނގުމަކީ މި ވަރުބަލިކަން ކަނަޑުވާލުމަށް ކުރެވޭނެ ކަމެއް ކަމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ.

މިފިޔަވަހީގައި ފެންނަ އެހެނިހެން އަލާމާތްތަކަށްވެސް ފަރުވާ ދޭން ފެށުމުގެ ކުރިން މި ޓެސްޓުތައް ހަދާނެއެވެ. މިގޮތުން ހިތުގެ މައްސަލައެއް ހުރިތޯ ނުވަތަ ކިޑްނީގެ މައްސަލައެއް އަދި ތައިރޮއިޑްގެ މައްސަލައެއް ހުރިތޯ ބަލަން ޓެސްޓުތައް ހެދުން ރަނގަޅު ކަމުގައި ޑރ. މުހައްމަދު އަލީ ވިދާޅުވިއެވެ. އަދި ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ރާއްޖޭގައި އެއްލައްކަ އަށްޑިހަ ހަތަރުހާސް މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު މީގެ ތެރެއިން ގިނަބަޔަކު ލޯންގް ކޮވިޑް ގެ އުދަގޫތައް ތަހައްމަލް ކުރަމުން ދާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ފަރުވާ ކުޑަނުކޮށް ކުރިން ނުހުންނަ ސިއްހީ އުދަގޫ ތަކެއް ހުންނަ ނަމަ އަވަހަށް ފަރުވާ ހޯދަމުން ގެން ދިއުން ވަރަށް މުހިންމެވެ.

ކޮވިޑް-19ޑރ.މުހައްމަދު އަލީއެޗްޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު