Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ އިޤްތިސާދީ ޙާލަތު

އިޤްތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާނެ: އަމީރު

ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކަށް އިތުބާރު އެބައޮތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖުލައި 2022 | އާދީއްތަ 08:45
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު

އިޤްތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.  

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައި.އެމް.އެފް އަދި ވޯލްޑް ބޭންކްއިން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިޤްތިސާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ، މިއީ ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާއި އަޅަން ގަސްތުކުރާ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއް ކަމަށެވެ.

މީގެ އިތުރުން، 2023-2025 ފިސްކަލް ސްޓްރެޓެޖީގައި ރާއްޖޭގެ އިޤްތިސާދީ އަދި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އާމްދަނީ އިތުރު ކުރުމަށާއި ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އެކަށައެޅިފައިވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ފިޔަވަޅުތަކާ ގުޅޭ ގޮތުން ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކާ ހިއްސާކުރެވިފައިވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އައި.އެމް.އެފް އަދި ވޯލްޑް ބޭންކްއިން ވެސް ފާހަގަކޮށްފައިވާ ފަދައިން ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އެގޮތުން ބަލާއިރު، އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމާއި، ޚަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖަޢާކުރުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިޤްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، ސަރުކާރުން އިޤްތިސާދު އަދި ފިސްކަލް ކަންކަން މެނޭޖްކުރަމުންދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާ ލަފާގެ މަތިންކަންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އާއެކު ދިމާވި އިޤްތިސާދީ ކާރިސާ މެނޭޖްކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާމެދު އެ ފަރާތްތަކުގެ ރުހުމާއި ތާއީދު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން، މުސްތަޤްބަލުގައިވެސް، ރާއްޖެއިން އިޤްތިސާދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން ކަމުގެ ޔަޤީންކަން މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެކަންކަން ކުރައްވާނީ ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާއެކުގައި ކަމަށެވެ.

އަދި 2020 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދު ފަހުގެ ތާރިހުގައި ހީނަރުވެގެން ނުދާ މިންވަރަށް ވަނީ ހީނަރުވެފައިވާ ކަމަށާއި، 2020 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދުގެ ތިންބައިކުޅަ އެއްބައި މަދުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2021 ވަނަ އަހަރު އިގުތިސާދު ރިކަވަރުވަމުން އައީ ވަރަށް ބާރު މިނެއްގައި ކަމަށާއި، ސަރުކާރުން އިގުތިސާދު ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިތަކާއި ގޭބިސީތަކަށް ގިނަ އެހީތައް ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ކޮވިޑް-19 ގެ ވެކްސިން ރޯލްއައުޓްގެ ކާމިޔާބުގެ ސަބަބުން ރާއްޖޭއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަމުގައި ހެދުނު ކަމަށާއި، ސަރުކާރުން އިގުތިސާދު ކުރިއަރުވަން މަސައްކަތްނުކުރި ނަމަ ނުވަތަ އިތުރަށް ޚަރަދު ކުޑަކުރަން މަސައްކަތްކުރި ނަމަ އިގުތިސާދުގެ ރިކަވަރީ ލަސްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

2022 ވަނަ އަހަރު ކޮވިޑް-19ގެ ކުރިން އިގްތިސާދު ހުރި މިންވަރަށް ދިޔަ ނަމަވެސް، ހިރާސްތައް ގިނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރަޝިޔާ/ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުމާއިއެކު ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު ދަށްވުމާއި، އަގުތައް މަތިވުމުގެ ސަބަބުން ދުނިޔޭގެ ގިނަގައުމުތަކުގެ އިގުތިސާދަށް އަނަންނީ އަސަރުކުރުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގެ އަސަރު ދިވެހިރާއްޖެއަށް ވެސް ކުރާނެ ކަމަށް ވެސް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ އިގުތިސާދު ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު

07 ނޮވެމްބަރު 2025
ވެރިކަމާއި ހަވާލުވި އިރު އިގްތިސާދު އޮތީ ޑިފޯލްޓް ކުރުމަށް ޑިޒައިން ކޮށްފައި: ރައީސް މުއިއްޒު
18 ސެޕްޓެމްބަރު 2025

50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި

18 ސެޕްޓެމްބަރު 2025
 50 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްދީފި
01 ސެޕްޓެމްބަރު 2025

ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި

01 ސެޕްޓެމްބަރު 2025
ކުރީގެ އަންދާޒާ އާ އެއް ގޮތައް މިއަހަރު އިގްތިސާދު ކުރި ނާރާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ބުނެފި
07 އޯގަސްޓު 2025

ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!

07 އޯގަސްޓު 2025
ބަޖެޓް ސާރޕްލަސް ވި ކަމަށް ބުނެ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަނީ!
18 ޖުލައި 2025

ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ

18 ޖުލައި 2025
ތަރައްގީ އަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު