Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތަކެތީގެ އަގު ބޮޑުވުން

ތަކެތީގެ އަގު ރައްޔިތުން އަތްނުފޯރާ މިންވަރަށް! ވިޔަފާރިވެރިން ބުނަނީ ޑޮލަރުގެ އަގު މައްޗަށް ދަންޏާ އަގު ތިރި ނުވާނެ ކަމަށް!

30 ޖުލައި 2025 | ބުދަ 10:10

ޑޮލަރުގެ އަގު މައްޗަށް ދިއުމާއެކު މާލޭގެ ބާޒާރުގައި މޭވާ އާއި ތަރުކާރީގެ އަގުތައް ވަނީ އާންމުންނަށް އަތްނުފޯރާ ވަރަށް އުފުލިފައެވެ. ކުރިން 18 ރުފިޔާއަށް ލިބުނު ފިޔާ ކިލޯއެއް މިހާރު 40 ރުފިޔާއަށް އަރާފައިވާއިރު، ވިޔަފާރިވެރިން ބުނާގޮތުގައި މުދާ އެތެރެކުރުމުގެ ދަތިކަމާއި ޑޮލަރުގެ އަގު ބޮޑުވުމަކީ މިކަމަށް ދިމާވެފައިވާ މައިގަނޑު ސަބަބެވެ.

ރާއްޖެ އެމްވީ | 30 ޖުލައި 2025 | ބުދަ 10:10
ވިއްކަން ބަހައްޓާފައި ހުރި އަންނާރުތަކެއް - އަންނާރު ކިލޯއެއްގެ އަގު ދެގުނަ އަށް ވަނީ އުފުލިފއި

ވިއްކަން ބަހައްޓާފައި ހުރި އަންނާރުތަކެއް - އަންނާރު ކިލޯއެއްގެ އަގު ދެގުނަ އަށް ވަނީ އުފުލިފއި

މާލޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށްދާ އެއް ސަބަބަކީ ޑޮލަރުގެ އަގު މައްޗަށް ދާތީ ކަމަށް ފިހާރަތަކުން ބުނެފިއެވެ.

އާންމު ކޮށް ބޭނުން ކުރާ މޭވާ އާއި ތަރުކާރީ ފަދަ ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދިޔުމާއެކު އެކަން އެހެން ދިމާވާ ސަބަބާ ބެހޭ ގޮތުން ރާއްޖެއެމްވީ ގެ ފަރާތުން ފިހާރަތައް ހިންގާ ބައެއް ފަރާތްތަކާ ވާހަކަ ދެއްކުމުން އެމީހުން ބުނީ، ޑޮލަރު ގަންނަން ލިބޭ އަގު ބަލަބަލައި ތިއްބާ މައްޗަށް ދިއުމަކީ ތަކެތީގެ އަގު ބޮޑު ވާން ދިމާވާ އެންމެ މުހިންމު އެއް ސަބަބު ކަމުގައެވެ.

"ޑޮލަރުގެ އަގު ކޮންމެ ދުވަހަކު އެ ދަނީ މައްޗަށް، ކިހިނެއް ތަކެތީގެ އަގު ތިރިވާނީ؟ މިއިން ބޭރުން ގެންނަ އެއްޗެހި މުޅިން ވެސް،" ވިޔަފާރިވެރިޔަކު ބުންޏެވެ.

އެމީހުން ބުނާ ގޮތުގައި ތަކެތި ފިހާރަތަކަށް ލިބުން މިދުވަސްކޮޅު ދަތިވުމުގެ ސަބަބުން ވެސް ތަކެތީގެ އަގު މައްޗަށް ދިޔަ ކަމުގައެވެ.

"ބޮޑެތި ބޭފުޅުން ވަޑައިގަންނަވައިގެން، މާލޭ ވިޔަފާރި ބަނދަރުން ތަކެތި ނެރެގެން ތަންތަނަށް ގެންދިއުން ވެސް އޮތީ ވަރަށް ބޮޑަށް ތާށި ކޮށްފައި،" ކަމަށް ވިޔަފާރިވެރިއަކު ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ތަކެތީގެ އަގު ބޮޑުވީމާ، އެތަކެއްޗަށް އޮންނަ ޑިމާންޑް ވެސް މިހާރު ވަރަށް ބޮޑަށް ދަށަށްހިނގައްޖެ އެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.

"ގަންނަނީ ވެސް ވަރަށް މަދުން، މީހުންގެ އަތުގައި ލާރި އެއް އެވަރަކަށް ނުހުރޭ، ވަރަށް ދަށް ވިޔަފާރި،" މާލޭގެ ތަރުކާރީ ފިހާރައެއް ހިންގާ މީހަކު މިކަން ވެގެން އުޅޭ ގޮތް ސާފު ކޮށްދެމުން ބުންޏެވެ.

މޭވާ އާއި ތަރުކާރީ ފަދަ އަސާސީ ބާވަތްތަކުގެ އަގުތައް މައްޗަށް ދާތީ، ގިނަ ބަޔަކު އަންނަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރަމުން ނެވެ.

މި ދުވަސްކޮޅު އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވާ އެއް ބާވަތަކީ އެންމެ އާންމު ކޮށް ބޭނުންވާ ބާވަތެއް ކަމުގައިވާ ފިޔާ އެވެ.

ކުރިން 18ރ އަށް ކިލޯ އެއްގެ މަގުން ގަންނަން ލިބުނު ފިޔާ މިހާރު ހުރީ 40ރ ގައެވެ.

ކުރިން 80ރ އަށް ގަންނަން ލިބުނު އަންނާރު ކިލޯ އެއް މިހާރު ހުރީ، 120ރ އަށް އަގު ބޮޑު ވެފައެވެ.

ފިހާރަތަކުގައި މޭވާ އާއި ތަރުކާރީގެ އަގުތައް ހުރި ގޮތް ބަލާލިއިރު، ޖުމްލަ ގޮތެއްގައި ގިނަ ބާވަތްތަކުން ކިލޯ އަކުން 5ރ ވަރު އަގު މައްޗަށް ޖެހިފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ.

"މިހާރު ގެއަށް ގެންދާނެ އެއްޗެއް ނުލިބޭ، ކުރިން ވިޔަފާރިން ލިބޭ އެއްޗަކުން ކުލި ދައްކާފައި، ދިރިއުޅެވޭ، މިހާރު ނުލިބޭ ގެއަށް ގެންދާނެ އެއްޗެއް،" ތަރުކާރީ އާއި މޭވާ މާލޭގައި ވިއްކާ މީހަކު ބުންޏެވެ.

ތަކެތީގެ އަގު ބޮޑު ވުމާއި ޑޮލަރުގެ އަގާ ގުޅިފައި ވާއިރު، މިހާރު ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބެން ހުރީ 20ރ އަށް ވުރެ ބޮޑުކޮށްނެވެ.

ރައީސް މުއިއްޒު ދިވެހި ރައްޔިތުންނަށް ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށް ބާރުލައްވައި ވިދާޅުވެފައި ވިޔަސް ރާއްޖޭގެ ތާރީޚުގައި ރެކޯޑް މިންވަރަކަށް ޑޮލަރުގެ އަގު ވަނީ އުފުލިފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

01 ޖޫން 2017

ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!

01 ޖޫން 2017
ފަތެއް ނެތް، ލިބެން ހުރި ފަތުގެ ބާވަތްތަކުގެ އަގުތައް އެހާ މަތީގަ!
31 މެއި 2017

ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި

31 މެއި 2017
ދޮންކެޔޮ ތިޔާގި، އަގުތަށް އިންތިހާއަށް މަތީގައި
28 މެއި 2017

ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި

28 މެއި 2017
ކާބޯތަކެތީގެ އަގު ބޮޑުވާތީވެ ޓްރޭޑް ޔޫނިއަންއިން ކަންބޮޑުވުން ފާޅުކޮށްފި
28 މެއި 2017

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި
17 މެއި 2017

ވިލާ ގޭހުގެ އަގުހެޔޮކޮށްފި

17 މެއި 2017
ވިލާ ގޭހުގެ އަގުހެޔޮކޮށްފި
17 މެއި 2017

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން
15 މެއި 2017

ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް

15 މެއި 2017
ރަޝިއާ އާއި ސައުދީން ތެޔޮ އުފެއްދުން އިތުރު ނުކުރުމުން ތެލުގެ އަގު %2 މައްޗަށް
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
01 ފެބުރުއަރީ 2017

ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ

01 ފެބުރުއަރީ 2017
ވެލާނާ އެއާޕޯޓުގައި ކާގޯ ސްކްރީން ކުރުމަށް އަގު ނަގަން ފަށަނީ
06 ޖެނުއަރީ 2017

އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި

06 ޖެނުއަރީ 2017
އެސްޓީއޯ އިން ޕެޓްރޯލްގެ އަގު ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް