Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ސުލޫކީ ކޮމިޓީ

މަޖިލީހުގެ ސުލޫކީ ކޮމިޓީއަށް ހުށައެޅުނު އެއްވެސް މައްސަލައެއް ނުބަލަން ފާސްކޮށްފި

މި މައްސަލަ ތަކަކީ 2015 ވަނަ އަހަރުއްސުރެ ހުރި މައްސަލަތައް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 15 ޖޫން 2017 | ބުރާސްފަތި 02:28
މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ކުރިއަށް ދަނީ

މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއް ކުރިއަށް ދަނީ

ސުލޫކީ ކޮމިޓީއަށް ހުށައެޅިފައިވާ މަައްސަލަތައް ފުނިޖެހެމުން އައިސް އެންމެ ފަހުން އެ މައްސަލަތައް ނުބަލަން އެ ކޮމެޓީން ފާސްކޮށްފިއެވެ.

އެ ކޮމިޓީއަށް ހުށައެޅިފައި ހުރި މައްސަލަތަކުގެ ތެރޭގައި، 27 މާޗްގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު އަދި އެ ވަގުތު މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ހުޅު ހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު މަޖިލީހުގެ ސިސްޓަމް ބޭނުންކުރައްވައިގެން ވޯޓްލާފައިވާކަމަށާއި، އަދި ބައެއް މެންބަރުންގެ މެޝިން ކާޑުކޮޅުތައް ނެގުމުގެ ސަބަބުން ވޯޓްލުމުގެ ހައްގު ގެއްލިފައިވާކަމަށް ވިދާޅުވެ މެންބަރަކު ފޮނުއްވާފައިވާ މައްސަލަ އޭޕްރީލް 4 ވަނަ ދުވަހު ހުށައަޅާފައިވާއިރު އެ މައްސަލަ 2017 އޭޕްރީލް 15 ވަނަ ދުވަހު ބޭއްވުނު ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ނަމަވެސް ވަނީ ގޮތެއް ނުނިންމި ދިގުލައިގެން ގޮސްފައެެވެ.

އަނެއް މައްސައެއްގެ ގޮތުގައި 30 އޭޕްރީލް 2015ގައި ކޮމިޓީއަށް ހުށައެޅުނު މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުއަހުމަދު މަޚްލޫފް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބުދުލް ކަރީމް ޚިލާފްވެވަޑައިގެންފައިވާކަމަށް ބުނެ މަޖިލީހުގެ ރައީސް ފޮނުވާފައިވާ މައްސަލަ ހިމެނެއެވެ. މިމައްސަލަ ކޮމިޓީއަށް ހުށައެޅިފައިވީ ނަމަވެސް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެހެންނަމަވެސް 29 އޭޕްރީލް 2015 ގައި ހުށައެޅުނު އެފަދަ އެހެން މައްސަލައެއްކަމަށްވާ މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބުދުލް ކަރީމް ޚިލާފްވެވަޑައިގެންފައިވާކަމަށް ބުނެ މަޖިލީހުގެ ރައީސް ފޮނުވާފައިވާ މައްސަލަ ސުލޫކީ ކޮމިޓީން ބަލަންފަށާ އެމެންބަރަށް ވަކީލަކު އައްޔަން ކުރުމަށް ވަނީ ފުރުސަތުދީފައެވެ.

ދެން ފާހަގަކޮށްލެވޭ އަނެއް މައްސަައަކީ،9 މާޗް 2015 ވަނަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ ގައިކޮޅަށް އަތްލައި މާރާމާރީ ހިންގި ކަމަަށް ބުނާ މައްސަލައެކެވެ. އެ މައްސަލަ ސުލޫކީ ކޮމިޓީއަށް 11 މާޗް 2015 ވަނަ ދުވަހު ހުށައެޅުނު ނަމަވެސް މިމައްސަލަ ވެސް އެއްގޮތަކަށްވެސް ބަލާފައެއް ނުވެއެވެ.

މީގެ އިތުރުން ސުލޫކީ ކޮމިޓީން ނުބަލާ ދޫކޮށްލާފައިވާ އަނެއް މައްސަލައަކީ، 2015 ވަނަ އަހަރަށް މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް، ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުގެ މޫނު މަތީގައި އަތުން ޖަހައި މާރާމާރީ ހިންގާފައިވާކަމަށް ހުށައެޅިފައިވާ މައްސަލަައެެވެ. އެމައްސަލަ ކޮމިޓީއަށް ހުށައެޅާފައިވަނީ 10 މާޗް 2015 ގައެވެ. މި މައްސަވެސް އެއްވެސް ވަރަކަށް ސުލޫކީ ކޮމިޓީން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

މަޖިލީހާއި ސިދާ ގުޅޭ ދާއިމީ ކޮމިޓީއެއްގެ ގޮތުގައި އޮންނަ ސުލޫކީ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހާއި ގުޅޭ ސުލޫކީ މައްސަލަތައް ބެލުމަށް ހާއްސަކޮމިޓީއެވެ.

އެހެންނަމަވެސް 2015 ވަނަ އަހަރުއްސުރެ ހުރި މި މައްސަލަތައް ނުބެލުމަށް އެ ކޮމިޓީން ފާކުރި ވަކި ސަބަބެއް މަޖިލީހުންވެސް އަދި އެ ކޮމިޓީންވެސް ހާމަކޮށްފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު