Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝަކީރާގެ މައްޗަށް ޓެކުހަށް މަކަރު ހެދުމުގެ ދައުވާ

ޓެކުހަށް މަކަރު ހެދިކަމަށް ސާބިތުވެއްޖެނަމަ ޝަކީރާއަށް 8 އަހަރުގެ ޖަލު ހުކުމެއް

30 ޖުލައި 2022 | ހޮނިހިރު 02:13

ޝަކީރާގެ މައްޗަށް ތުހުމަތުކުރަނީ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު ޓެކްސް ނުދެއްކިކަމުގެ ތުހުމަތު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 ޖުލައި 2022 | ހޮނިހިރު 02:13
ކޮލަމްބިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ

ކޮލަމްބިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ

މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ 14.5 މިލިއަން ޔޫރޯގެ ޓެކްސް ފައިސާއަށް މަކަރު ހެދިކަމުގެ ކުށުގައި 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށް ސްޕެއިންގެ ޕްރޮސެކިޔުޓަރ އެދިއްޖެއެވެ.

ސްޕެއިންގެ ޕްރޮސެކިޔުޓަރ އޮފީހުގެ ޑޮކިޔުމެންޓަކާއި ހަވާލާދީ ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރޮސެކިޔުޓަރ ވަނީ 8 އަހަރުގެ ޖަލު ހުކުމަކަށް އެދިފައެވެ.

ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޝަކީރާ ކިޔާފައިވާ ލަވަތަކުގެ 80 މިލިއަން ކޮޕީ ވިކިފައިވާއިރު މަޝްވަރާކޮށްގެން ކޭސް ނިންމުމަށް ދައުލަތުން އެދުނު އެދުމަށް ޝަކީރާ ވަނީ ދެކޮޅު ހަދާފައެވެ.

ޝަކީރާގެ މައްޗަށް ތުހުމަތުކުރަނީ 2012 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ދެމެދު ޓެކްސް ނުދެއްކިކަމުގެ ތުހުމަތެވެ. އެކަމާއި ގުޅޭގޮތުން ޝަކީރާ ބުނަމުން އަންނަނީ އެމުއްދަތުގެ ތެރޭގައި ސްޕެއިންގައި ނޫޅޭކަމަށެވެ.

ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕްރޮސެކިޔުޓަރ ގެ ޑޮކިޔުމެންޓްގައި ވަނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު ޝަކީރާ އަކީ ސްޕެއިންގައި އުޅުނު އާންމު ރައްޔިތެއް ކަމަށެވެ. އަދި 2012 ވަނަ އަހަރުގެ މެއި މަހު ޝަކިރާ ވަނީ ބާސެލޯނާއިން ގެޔެއް ގަނެފައެވެ.

މިދައުވާ ޝަކީރާގެ މައްޗަށް ސާބިތުވެއްޖެނަމަ 8 އަހަރުގެ ޖަލު ހުކުމެއް އައުމުގެ އިތުރުން 23.5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރާނެއެވެ. ދައުވާގެ އަޑުއެހުން ކުރިޔަށް ގެންދާނެ ތާރީޚެއް އަދި ކަނޑައެއްނާޅައެވެ.

މިމައްސަލައިގައި ޝަކީރާގެ ފަރާތުން ވާހަކަދައްކަމުން ބުނެފައިވަނީ މިމައްސަލައިގައި ޝަކީރާގެ އެއްވެސް ކުށެއްނެތްކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި މިއީ އޭނާގެ އިންސާނީ ހައްގަށް އަރައިގަތުންކަމަށް ޝަކީރާ ދެކޭކަމަށް ވަނީ ބުނެފައެވެ.

އުމުރުން 45 އަހަރުގެ ލަވަކިޔުންތެރިޔާ ބުނެފައިވަނީ ސްޕެއިންގެ ޓެކްސް އޮފީހުން ބުނެފައިވާ ގޮތަށް 17.2 މިލިއަން ޔޫރޯ ދައްކާފައިވާކަމަށެވެ. އަދި ޓެކްސް އޮފީހަށް ދައްކަންޖެހޭ އިތުރު އެއްވެސް ފައިސާއެއް ނޯންނާނެކަމަށް ޝަކީރާ ވަނީ ބުނެފައެވެ.

ސްޕެއިން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2025

އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

09 އޮކްޓޯބަރު 2025
އިސްރާއީލް އަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ސްޕެއިންގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި
23 ސެޕްޓެމްބަރު 2025

ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2025
ފަލަސްޠީނަށް އދ ގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ސްޕެއިންގެ ބޮޑު ވަޒީރު ގޮވާލައްވައިފި
18 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ

18 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ހައްގު ތަކުގެ މައްސަލަ ސްޕެއިން އިން ތަހުގީގު ކުރަނީ
17 ސެޕްޓެމްބަރު 2025

ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި

17 ސެޕްޓެމްބަރު 2025
ޣައްޒާގެ އިންސާނީ ޙާލަތާ މެދު ސްޕެއިންގެ ރަސްގެފާނު ކަންބޮޑުވުން ފާޅު ކުރައްވައިފި
12 ސެޕްޓެމްބަރު 2025

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

12 ސެޕްޓެމްބަރު 2025
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި ސްޕެއިންގެ ރައްޔިތެއް ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
01 ނޮވެމްބަރު 2024

ސްޕޭނަށް އައި ވިއްސާރައިގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 205ށް އަރައިފި

01 ނޮވެމްބަރު 2024
ސްޕޭނަށް އައި ވިއްސާރައިގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 205ށް އަރައިފި
30 އޮކްޓޯބަރު 2024

އަހަރެއްގެ ވާރޭ 8 ގަޑިއިރުގެ ތެރޭގައި ވެހި، ސްޕެއިންގައި އެތައް ބަޔަކު މަރުވެއްޖެ

30 އޮކްޓޯބަރު 2024
އަހަރެއްގެ ވާރޭ 8 ގަޑިއިރުގެ ތެރޭގައި ވެހި، ސްޕެއިންގައި އެތައް ބަޔަކު މަރުވެއްޖެ
06 ޖޫން 2024

ސްޕެއިންގެ ތާއީދު ފަލަސްތީނަށް، އިޒްރޭލްގެ އިންތިހާ ރުޅި ސްޕެއިނަށް

06 ޖޫން 2024
ސްޕެއިންގެ ތާއީދު ފަލަސްތީނަށް، އިޒްރޭލްގެ އިންތިހާ ރުޅި ސްޕެއިނަށް
22 މެއި 2024

ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި

22 މެއި 2024
ނޯވޭ، އަޔަލޭންޑް އަދި ސްޕެއިން އިން ފަލަސްތީން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފި
21 މާރިޗު 2024

ސްޕޭނުގެ ފުލުހުން ފުޓްބޯޅަ ފެޑަރޭޝަނަށް ވަދެއްޖެ، ކުރީގެ ރައީސް ހައްޔަރުކުރަނީ

21 މާރިޗު 2024
ސްޕޭނުގެ ފުލުހުން ފުޓްބޯޅަ ފެޑަރޭޝަނަށް ވަދެއްޖެ، ކުރީގެ ރައީސް ހައްޔަރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް