Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޓައިވާންގެ މިނިވަންކަން

ޕެލޯސީ ޓައިވާނަށް ވަޑައިގެންފާނެތީ ޗައިނާ ކަންބޮޑުވަނީ ކީއްވެ؟

29 ޖުލައި 2022 | ހުކުރު 10:18

ޗައިނާގެ ރައީސް ޝީ ޖިންޕިން އުސޫލުތައް މުގުރާލައްވާ ތިންވަނަ ދައުރަކަށް ހުންނަވަން ޑިމޮކްރަސީތަކުން ގަބޫލެއް ނުވާނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 29 ޖުލައި 2022 | ހުކުރު 10:18
ނެންސީ ޕެލޯސީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ސްޕީކަރ

ނެންސީ ޕެލޯސީ، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ސްޕީކަރ

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސްގެ ސްޕީކަރ ނެންސީ ޕެލޯސީ ޗައިނާއަށް ދަތުރުފުޅެއް ކުރައްވައިފިނަމަ އެކަމުގެ ނަތީޖާއެއްގެ ގޮތުން ވެދާނެ ކަމެއް ޒިންމާ ނަގަން ޖެހޭނީ އެމެރިކާއިން ކަމަށް ޗައިނާއިން ބުނެފިއެވެ.

ޕެލޯސީ ޓައިވާނަށް އެޕްރިލް މަހު ކުރައްވަން އޮތް ދަތުރުފުޅު ކޮވިޑްއަށް ޕޮޒިޓިވްވުމުން ކެންސަލް ކުރެއްވުމަށްފަހު، އަލުން ދަތުރުފުޅެއްގައި ޓައިވާނަށް ވަޑައިގަތުމަށް ދަނީ ވިސްނަވަމުންނެވެ.   

އަނެއްކޮޅުން އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް ޓައިވާންގެ މައްސަލައިގައި ވަނީ އިންޒާރު ބަދަލުކުރައްވާފައެވެ. ބުރާސްފަތި ދުވަހު ދެބޭފުޅުން ކުރެއްވި ދެގަޑިއެއްހާއިރުގެ ވީޑިއޯ ކޯލެއްގައި ޓައިވާންގެ މައްސަލައިގައި ދެބޭޅުންވެސް ވަނީ ވަރަށް ހަރުކަށި އިބާރާތް ބޭނުން ކުރައްވާފައެވެ. ޗައިނާއިން އެކަނި ގޮތް ނިންމައިގެން ޓައިވާނުގެ މިނިވަން ސްޓޭޓަސް ބަދަލުކޮށްލުމާއި އެމެރިކާއިން ވަރަށް ބޮޑަށް ދެކޮޅުކަން ބައިޑަން ހާމަކުރެއްވި އިރު، ޝީ ވަނީ އަލިފާނާ ކުޅެފިނަމަ ފިހޭނެ ކަމަށް ވިދާޅުވެފައެވެ.

ޓައިވާންގެ މައްސަލައިގައި އެމެރިކާ އާއި ޗައިނާއާ ދެމެދު މަސްރަހު ހޫނުވެގެން މި އުޅެނީ ޕެލޯސީގެ ދަތުރުފުޅު އަލުން އިއުލާންކުރެއްވި ހަމައިންނެވެ. ޗައިނާއިން ވަނީ މި ދަތުރުފުޅު ކުރިޔަށް ގެންދަވައިފިނަމަ ސީރިއަސް ކަންތައްތަކެއް ހިނގާނެ ކަމުގެ އިންޒާރު ދީފައެވެ.

ނެންސީ ޕެލޯސީއަކީ އެމެރިކާގެ ވެރިކަމުގެ ބާރު އޮންނަ ފަރާތްތަކުގެ ގޮތުން ތިންވަނައަށް އެންމެ އިސް ބޭފުޅާއެވެ. އެއީ ރައީސް ޖޯ ބައިޑަން އާއި ނާއިބު ރައީސް ކަމަލާ ހެރިސްއަށް ފަހުއެވެ. އެހެން ކަމުން ޕެލޯސީ ވެގެން ދާނީ 1997 އަށް ފަހު ޗައިނާއަށް ދަތުރު ކުރައްވާނެ އެމެރިކާގެ އެންމެ އިސް ލީޑަރަށެވެ.

ޓައިވާންގެ މިނިވަން ކަމަށް ބަލާއިރު، ޗައިނާއިން ބުނާގޮތުގައި ޓައިވާން އަކީ ޗައިނާގެ އަމިއްލަ ތަނެކެވެ. އަދި ބާރުގެ ބޭނުން ކޮށްގެން ޓައިވާންގެ ކޮންޓްރޯލް އަތުލާ ވާހަކަވެސް ދޭތެރެ ދޭރެއިން ދައްކައެވެ. އެމެރިކާއިން "ވަން ޗައިނާ ޕޮލިސީ" އަށް ތާއީދު ކޮށްފައިވާއިރު ޓައިވާނު ވަކި ދައުލަތެއްގެ ގޮތުގައި އެމެރިކާއިން ބަލައިގެން ނުވާނެކަމަށް ޗައިނާއިން ބުނެއެވެ. އެހެން ކަމަށް ވިއަސް ޓައިވާންގެ އަމިއްލަ ދިފާއު ވަރުގަދަ ކުރުމަށް ވެދޭ އެހީއެއްކަމަށް ބުނެ، އެމެރިކާއިން ގަވާއިދުން ޓައިވާނަށް ހަތިޔާރު ފޯރުކޮށްދެމުން ދެއެވެ. ވަކި ޤައުމެއްގެ ހައިސިއްޔަތުން ޓައިވާން އާއި ވޮޝިންޓަންއާ ދެމެދު އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަކީ ޗައިނާއިން ގަބޫލު ކަމެއް ނޫނެވެ.

ޕެލޯސީ ދަތުރުފުޅު ކުރައްވާގޮތަށް ފުރަތަމަ އޮތީ އެޕްރިލް މަހުއެވެ. ނަމަވެސް އެފަހަރު ކެންސަލް ކުރުމަށް ފަހު އަދިވެސް ދަތުރުފުޅު ކުރިޔަށް ގެންދަވާފާނެ ކަމަށް ބުނެ ޚަބަރުތައް ފެތުރެން ފެށިހަމައިން، ޗައިނާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ހަރުކަށި ބަޔާނެއް ނެރެފަ އެވެ. ދަތުރުފުޅު ކުރިޔަށް ގެންދަވައިފިނަމަ ޓައިވާން ކަޑުއޮޅީގައި ކުރިމަތިލުންތައް އިތުރުވާނެ ކަމަށް ބުނެ އިންޒާރުވެސް ދީފައިވެއެވެ. އަދި މިހާރުވެސް ވަނީ މިލިޓަރީ ހަރަކާތްތައް އިތުރުކޮށްފައެވެ.

ނެންސީ ޕެލޯސީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި އިންނަވާތާ ތިރީސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި މުއްދަތުގައި އެކަމަނާ ޗައިނާއަށް އަބަދުވެސް ވަރަށް ފާޑު ވިދާޅުވާކަން ފާހަގަކުރެވެއެވެ.

1989 ޗައިނާގައި ޑިމޮކްރަސީއަށް ތާއީދުކޮށް ނުކުތް މީހުންނާ ދެކޮޅަށް 1989 ވަނަ އަހަރު ޗައިނާގެ ޓިއަނަންމަން މައިދާނުގައި ހިންގި ލޭއޮހޮރުވުން ކުށްވެރިކުރައްވާ ދިދަ އުފުލުމުގައި ޗައިނާއަށް ވަޑައިގެން ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި 2019 ވަނަ އަހަރު ހަމަ ޗައިނާއާ ދެކޮޅަށް ހޮންގކޮންގގައިވެސް ޑިމޮކްރަސީއަށް ތާއީދުކޮށް ހިންގި ހަރަކާތުގައިވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ޕެލޯސީގެ ދަތުރުފުޅަށް ވާދަވެރި ޑިމޮކްރެޓިކް ޕާޓީގެ އެތައް މެމްބަރުންނެއްވެސް ވަނީ ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.

ޕެލޯސީގެ ދަތުރުފުޅާމެދު ސީދާ އެކަމަނާ އަދި އެއްޗެއް ވިދާޅުވެފައި ނުވި ނަމަވެސް މިދިޔަ ހަފްތާގައި އެކަމަނާ ވަނީ ޓައިވާނަށް އެމެރިކާއިން ސަޕޯޓް ކުރުން މުހިންމު ކަމަށް ވިދާޅުވެފައެވެ.

ޗައިނާއިން ކަންބޮޑުވަނީ ކޮމިޔުނިސްޓް ޕާޓީގެ މިލިޓަރީ ގޮފި ޕީޕަލްސް ލިބަރޭޝަން އާމީގެ އެނިވާސަރީ ފާހަގަކުރުމަށް އޮގަސްޓް އެއްވަނަ ދުވަހު އެގައުމުގައި ބާއްވާ އިހްތިފާލްތަކާ ދިމާކޮށް ޕެލޯސީގެ ދަތުރުފުޅު ކުރިޔަށް ގެންދަވާފާނެ ކަމަށްޓަކައެވެ. އޭގެ ހަމަ ދުވަސްކޮޅެއް ފަހުން ކޮމިޔުނިސްޓް ޕާޓީގެ ވިހިވަނަ ކޮންގްރެސް އޮންނަ އިރު، އެ ކޮންގްރެސްގައި ރައީސް ޝީ ޖިންޕިން އުސޫލު މުގުރާލައްވާ ތިންވަނަ ޓަރމެއްގައި ހުންނެވޭ ގޮތަށް ގާނޫނުތަކަށް ބަދަލު ގެންނާނެއެވެ. މިއާއެކު ގައުމުގެ އެތެރެ ކެކި ގަނެފާނެކަމަށްޓަކައި އެތެރޭގައި މަގްބޫލުކަން ދެމެހެއްޓެވުމަށް ޓައިވާނުގެ މައްޗަށް ބާރުގެ ބޭނުން ކުރައްވާނެ ކަމަށް ދަނީ ބެލެމުންނެވެ. އެދަނޑިވަޅާ ދިމާކޮށް ޕެލޯސީ، ނުވަތަ އެމެރިކާގެ އެފަދަ އިސް ވެރިއަކު ޓައިވާނަށް ވަޑައިގަތުން ޗައިނާއަށް ހަޖަމެއް ނުކުރެވޭނެ އެވެ.

އެނަލިސްޓުން ދެކޭ ގޮތުގައި ޕެލޯސީގެ ދަތުރުފުޅާއި ގުޅިގެން ޗައިނާއިން ސީދާ އެކަމަނާއާ ދެކޮޅަށް ފިޔަވަޅެއް އަޅާފާނެ ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ޓައިވާން ކަނޑުއޮޅި ސަރަހައްދުގައި "އޮޅިގެން" އެކްސިޑެންޓަތަކާއި އެހެންވެސް ކަންތައްތަކެއް ކުރިޔަށް ގެންގޮސްފާނެ ކަމަށް އެމެރިކާގެ އޮފިޝަލުން ދަނީ ބުނަމުންނެވެ. މިހާރުވެސް ޗައިނާއިން ވަނީ އެސަރަހައްދުގައި މިލިޓަރީ ހަރަކާތްތައް އިތުރުކޮށްފައެވެ. ނަމަވެސް ޓައިވާންގެ ޑިފެންސް މިނިސްޓްރީއިން ބުނި ގޮތުގައި އަމިއްލަ ގައުމު ދިފާއުކުރެވޭނެ ކަމުގެ ކެރިކުޅަދާނަކަމާއި އިތުބާރު އެބައޮތެވެ. އަދި އެމެރިކާގެ ފުރިހަމަ ތާއީދުވެސް ލިބޭނެ ތާއެވެ.

ޓައިވާންނެންސީ ޕެލޯސީނޭންސީ ޕެލޯސީގެ ޓައިވާން ދަތުރުފުޅު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
20 މެއި 2024

ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ

20 މެއި 2024
ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ
06 އެޕްރީލު 2024

ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ

06 އެޕްރީލު 2024
ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ
05 އެޕްރީލު 2024

ބިންހެލުމުގައި ގެއްލުން ލިބުނު ޓައިވާނަށް ޖަޕާނުން އެއް މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި

05 އެޕްރީލު 2024
ބިންހެލުމުގައި ގެއްލުން ލިބުނު ޓައިވާނަށް ޖަޕާނުން އެއް މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި
04 އެޕްރީލު 2024

ޓައިވާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9 އަށް އަރައިފި

04 އެޕްރީލު 2024
ޓައިވާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9 އަށް އަރައިފި
03 އެޕްރީލު 2024

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

03 އެޕްރީލު 2024
ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
29 އޯގަސްޓު 2023

"ފައިމަގުގައި ޓައިވާން ވަށާ ހިނގަނީ އާއްމުން ހޭލައްވާ އިންޒާރުގެ މެސެޖު ދިނުމަށް"

29 އޯގަސްޓު 2023
"ފައިމަގުގައި ޓައިވާން ވަށާ ހިނގަނީ އާއްމުން ހޭލައްވާ އިންޒާރުގެ މެސެޖު ދިނުމަށް"
13 އޯގަސްޓު 2023

ޓައިވާންގެ ނައިބު ރައީސް އެމެރިކާ އަށް

13 އޯގަސްޓު 2023
ޓައިވާންގެ ނައިބު ރައީސް އެމެރިކާ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް