Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓައިވާނަށް އައި ބިންހެލުން

ޓައިވާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9 އަށް އަރައިފި

މިއީ 1999 ވަނަ އަހަރަށްފަހު ޓައިވާނުގެ މެދުތެރޭގެ ސަރަހައްދަކަށް އައި އެންމެ ބާރުގަދަ ބިންހެލުން

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 4 އެޕްރީލު 2024 | ބުރާސްފަތި 07:16
ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް އަރިއަޅާލައިފައި

ޓައިވާނަށް އައި ބިންހެލުމުގައި އިމާރާތެއް އަރިއަޅާލައިފައި

ޓައިވާންގެ އިރުމަތީ އައްސޭރިފަށަށް ބުދަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 9 އަށް އަރާފައިވާއިރު، ޒަހަމްވި މީހުންގެ އަދަދު 1،050 އަށް ވުރެ މައްޗަށް އަރައިފިއެވެ.  

ޓައިވާނުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 30 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ނުލިބެއެވެ. އަދި އެމީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.

އެންމެ ބޮޑަށް ގެއްލުން ލިބުނު ހުއާލިއަން ކައުންޓީ އާއި އެހެނިހެން ސަރަހައްދުތަކުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށާއި ނަމަވެސް މަގުމަތީގެ އިންފްރާސްޓްރަކްޗާއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެކަމަށް ހުރަސް އެޅިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

އިރުމަތީ ކައުންޓީގައި 100 އެއްހާ މީހުން ތާށިވެފައި ތިބިއިރު، ބިންހެލުމުގެ ސަބަބުން ބޮޑެތި މަގުތަކުގައި ހުރި ބައެއް ޓަނަލްތަކާއި ބްރިޖުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ގައުމުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އޭގެ ތެރޭގައި ހިލަ ކުއަރީއެއްގައި މަސައްކަތް ކުރާ 60 އެއްހާ މުވައްޒަފުންނާއި ފަރުބަދަމަތީ ސަރަހައްދެއްގައި ބިމުއަޑީގައި ހުންނަ ޓަރޯކޯ ނޭޝަނަލް ޕާކުގެ ޓޫރިސްޓުން ވެސް ހިމެނެއެވެ.

ޓައިވާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ބުދަ ދުވަހު ޓައިވާނަށް އައި ބިންހެލުމާ ގުޅިގެން މިހާތަނަށް 300 އަށް ވުރެ ގިނަ އާފްޓާ ޝޮކް އައިސްފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ބިންހެލުމުގެ ބާރުމިނުގައި ހުރީ 7.2 ކަމަށެވެ. ނަމަވެސް ޖަޕާނުގެ މީޓިއޮރޮލޮޖިކަލް އެޖެންސީން ބުނެފައި ވަނީ ބިންހެލުމުގެ ބާރުމިނުގައި 7.7 ހުރި ކަމަށެވެ.

މިއީ 1999 ވަނަ އަހަރަށްފަހު ޓައިވާނުގެ މެދުތެރޭގެ ސަރަހައްދަކަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ހުއާލިއަން ކައުންޓީގައި ބިންގަނޑު ކަނޑައިގެން ގޮސް، ހުއާލިއަން ސިޓީގެ ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ.

ޓައިވާންބިން ހެލުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު