Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓައިވާނަށް އައި ބިންހެލުން

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބުދަދުވަހުގެ ބިންހެލުން ފެށިފައިވަނީ ޓައިވާންގެ ހުއާލިއަންސިޓީން، 11 މޭލު އަޑިން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 3 އެޕްރީލު 2024 | ބުދަ 08:22
ޓައިވާނަށް އައި ބިންހެލުމުގައި އަރިއަޅާލާފައިވާ އިމާރާތެއް

ޓައިވާނަށް އައި ބިންހެލުމުގައި އަރިއަޅާލާފައިވާ އިމާރާތެއް

ޓައިވާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

ބުދަދުވަހު ހެނދުނު އެ ޤައުމުގެ ގަޑިން 8 ޖަހާއެހާއިރު 7.4ގެ ބާރު މިނުގައި އައި މި ބިންހެލުމަކީ ފާއިތުވި ފަންސަވީހަކަށް އަހަރު ތެރޭގައި އެ ޤައުމަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު މެންދުރެއްހާއިރު ހަތެއްގައި ހުރިނަމަވެސް މިއަދަދު މައްޗަށް ދާނެކަމަށް ބެލެވޭ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ބިންހެލުމުގެ ސަބަބުން މަދުވެގެން ހަތް އިމާރާތް އަރިއަޅާލާފައިވާ އިރު އަދިވެސް އެތައްބަޔަކު އިމާރާތްތަކުން ނުނިކުމެވި ބަންދުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެކި ހާދިސާތަކުގައި 700 އަށް ވުރެ ވިނަ މީހުންނަށް އަނިޔާތައް ލިބިފައިވާކަމަށް އެ ޤައުމުގެ ފަޔަރ ޑިޕާޓްމަންޓުން ބުނެފައި ވެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާރވޭ އިން ބުނި ގޮތުގައި ބުދަދުވަހުގެ ބިންހެލުން ފެށިފައިވަނީ ޓައިވާންގެ ހުއާލިއަންސިޓީން، 11 މޭލު އަޑިން ނެވެ.  އަދި މި ބިންހެލުމާއެކު 100ވަރަކަށް އާފްޓަރ ޝޮކް އައިސްފައިވާއިރު ގުޑުންތައް ވެރިރަށް ޓައިޕޭއާ ހަމައަށް ވެސް ފޯރާ، ޓައިޕޭގެ އިމާރާތްތައް ވެސް ވަރަށް ބޮޑަށް ގުޑާފައިވެއެވެ.

ޓައިވާންގެ ބިންހެލުމާ އެކު އަވަށްޓެރި ޖަޕާން އަދި ޗައިނާ ވެސް ވަނީ ތައްޔާރީ ހާލަތަށް އައިސްފައެވެ. ޖަޕާންގައި ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް ފަހުން ވަނީ އިންޒާރު ވީއްލާފައެވެ. އަދި ޖަޕާންގެ ނަހާ އެއާޕޯޓަށް ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.

ބިންހެލުމަށްފަހު އެކްސްގައި ކުރެއްވި ފުރަތަމަ ޕޯސްޓުގައި ޓައިވާންގެ ރައީސްވަނީ ޖަޕާންގެ ބޮޑުވަޒީރު އަދި ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހިތްވަރު ދިނުމުގެ މެސެޖުތަކަށް ޝުކުރު އަދާކުރައްވާފައެވެ. ޖަޕާންގެ ބޮޑުވަޒީރު ކިޝީޑާ ވަނީ ޓައިވާނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދިނުމަށް ޖަޕާން އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ.

2011 ވަނަ އަހަރު 9.0ގެ ބާރުމިނުގައި ޖަޕާނަށް އައި ބާރުގަދަ ބިންހެލުމަށް ފަހު އެ ޤައުމަށް އެންމެ ބޮޑަށް އެހީތެރިވެފައިވަނީ ޓައިވާނުންނެވެ.

ޖަޕާންގެ އިތުރުން އެހެން ބައެއް ޤައުމުތަކުން ވެސް ވަނީ ޓައިވާނަށް އެހީވާން ތައްޔާރުކަން އަންގާފައެވެ.  

ޓައިވާންބިން ހެލުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު