Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓައިވާނަށް އައި ބާރުގަދަ ބިންހެލުން

ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ

މީހުން ހޯދުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދާތާ މިހާރުވަނީ 72 ގަޑިއިރުވާން ކައިރިވެފައި

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު, ރާއްޖެ އެމްވީ | 6 އެޕްރީލު 2024 | ހޮނިހިރު 13:03
ޓައިވާނަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރަނީ

ޓައިވާނަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރަނީ

ޓައިވާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ޓައިވާންގެ މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި 7.2 މެގްނިޓިއުޑްގެ ބާރުމިނުމުގައި އައި މި ބިންހެލުމުގެ ސަބަބުން މަރުވިމީހުންގެ އަދަދު ކުރިން އިއުލާންކޮށްފައިވަނީ 10 ކަމަށެވެ. ހުކުރު ދުވަހު ފެނުނު ދެ މީހުންގެ ހަށިގަނޑު، މަރުވި މީހުންގެ ރަސްމީ އަދަދުގެ ތެރޭގައި ކުރިންނުހިމަނާ ކަމަށް އޮފިޝަލުން ބުނެއެވެ. އެހެންކަމުން ފަހުން ފެނުނު ދެ ހަށިގަނޑާއެކު މި ހާދިސާގައި މަރުވި މީހުންގެ އަދަދުވަނީ 12 އަށް އަރާފައެވެ.

މި ކާރިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ އިމާރާތް ތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް މަގުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ހުއާލިއަން ކައުންޓީގެ ފަރުބަދަމަތީ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން އަދިވެސް 10 މީހަކު ނުފެނިވާއިރު، ސިއްހީ މައްސަލަތައް ހުރި މީހުން ހިމެނޭ ގޮތަށް 82 މީހަކު ހެލިކޮޕްޓަރުގައި ވައިގެ މަގުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.

ޓައިވާނުގެ ރެސްކިއު އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ވައިގެ މަގުން ފޮނުވާލި މީހުންގެ ތެރޭގައި ގިނައީ ޓައިވާނުގެ މީހުން ކަމަށްވާއިރު، އެ މީހުންގެ ތެރޭގައި ޖަޕާން، އެމެރިކާ، ހޮންކޮންގް، މެލޭޝިއާ އަދި ސިންގަޕޫރުގެ ރައްޔިތުން ވެސް ހިމެނެއެވެ.

ޖަޕާނުގެ ދެ އަންހެނަކު، އުމުރުން 60 އަހަރުގެ މަންމައަކާއި 40 އަހަރުގެ އަންހެން ދަރިފުޅު ސަލާމަތްކުރީ ކައުންޓީގެ ޓަރޯކޯ ނޭޝަނަލް ޕާކުގެ ފަރުބަދަމަތީ ހޮޓަލަކުން ކަމަށް އެ މީހުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

އެއްވެސް އަނިޔާއެއް ލިބިފައި ނުވާ މި ދެ މީހުން ނަކީ ނިއުޒީލެންޑްގައި ދިރިއުޅޭ ގެއިން ޓައިވާނަށް ދަތުރުކުރަމުން ދިޔަ ދެ މީހުންނެވެ.

ތާރޯކޯގެ ހޮޓަލުގައި ތާށިވެފައި ތިބި އެތައް ސަތޭކަ މީހުންނަށާއި ބޯޑިން ސްކޫލެއްގެ ދަރިވަރުންނާއި ޓީޗަރުންނަށް ކާބޯތަކެއްޗާއި ފެނުގެ އިތުރުން ދިރިހުރުމަށް ބޭނުންވާ އެހެނިހެން ތަކެތި ހެލިކޮޕްޓަރުގައި ފޯރުކޮށްދިނުމުގައި ކަމާބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ޖަޕާނުގެ ޚާރިޖީ ވަޒީރު ޔޮކޯ ކަމިކަވާ ޓޯކިޔޯގައި ހުކުރު ދުވަހު ވިދާޅުވީ ޖަޕާން-ޓައިވާން އެކްސްޗޭންޖް އެސޯސިއޭޝަން މެދުވެރިކޮށް ކާރިސާތަކުން އަރައިގަތުމަށާއި ރިކަވަރީ މަސައްކަތްތަކަށް ޓައިވާނަށް އެއް މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށެވެ.

ހުއާލިއަން ސިޓީގައި ބިންހެލުމުގެ ސަބަބުން ނުރައްކާތެރި ގޮތަކަށް ވެއްޓިފައިވާ މީހުން ދިރިއުޅޭ އިމާރާތެއް ތަޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

ޓައިވާންބިން ހެލުން

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

އިންޑޮނޭޝިއާގެ ސުމަތުރާ ގައި 6.6 ބާރު މިނުގެ ބިން ހެލުމެއް ހިނގައިފި

27 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު