Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓައިވާން - އެމެރިކާ

ޓައިވާންގެ ނައިބު ރައީސް އެމެރިކާ އަށް

މިއީ ޗައިނާ އިން ޓައިވާންގެ ބައެއް ސަރަހައްދުތަކަށް ވެރިވެގަންނަ ކަމަށް ބުނެ ވަކާލާތުކުރާ ކުރުމަށް ވާގިިވެރިވުން ކަމުގައި އެ ޤައުމުން ދެކޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 13 އޯގަސްޓު 2023 | އާދީއްތަ 00:56
ޓައިވާންގެ ނައިބު ރައީސް އެމެރިކާ އަށް

ޓައިވާންގެ ނައިބު ރައީސް އެމެރިކާ އަށް

ޓައިވާންގެ ނައިބު ރައީސް ވިލިއަމް ލައި އެމެރިކާ އަށް ވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު އެމެރިކާ އަށް ވަޑައިގަންނަވާފައި ވަނީ ހޮނިހިރު ދުވަހުއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ދަތުރުފުޅަކީ ވަރަށް މުހިންމު އަދި އެހާމެ ނާޒުކު މައްސަލަތަކުގެ ވާހަކަތައް ދެކެވިގެންދާނެ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުކުރައްވަމުން މިދަނީ ޗައިނާ އިން ޓައިވާންގެ ނައިބު ރައީސް އެމެރިކާ އަށް ވަޑައިގަތުން ކުށްވެރިކޮށްފައި ވަނިކޮށެވެ. ޓައިވާން އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ގައުމުގެ ވަށައިގެން އޮތް ސަރަހައްދުގައި ޗައިނާގެ އަސްކަރީ ހަރަކާތްތައް އިތުރުކޮށްފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. ލައި އަކީ ކުރިއަށް އޮތް ޖެނުއަރީ މަހު ބާއްވާ ޓައިވާންގެ ރިޔާސީ އިންތިޚާބުގައި އެ ގައުމުގެ ވެރިކަމަށް ވަޑައިގަންނަވަން ވާދަކުރައްވާ ކެންޑިޑޭޓެެކެވެ. ޓައިވާންގެ ނައިބު ރައީސް އެމެރިކާ އަށް ވަޑައިގަތީ ޕެރެގުއޭ އަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގަތް އިރު ޓްރާންސިޓް ދަތުރެއްގޮތަށެވެ.

މިއީ "ރޫޓީން" ދަތުރުތަކެއް ކަމަށާއި އެ ކަމާއި މެދު ޗައިނާ އިން ފިޔަވަޅު އަޅަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ޓައިވާން އާއި އެމެރިކާ އިން ވަނީ ބުނެފައެވެ. އެހެންނަމަވެސް ޗައިނާ އިން ވަނީ މިކަމާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. އަދި ޗައިނާ އިން ވަނީ މިއީ ޗައިނާ އިން ޓައިވާންގެ ބައެއް ސަރަހައްދުތަކަށް ވެރިވެގަންނަ ކަމަށް ބުނެ ވަކާލާތުކުރާ ކުރުމަށް ވާގިިވެރިވުން ކަމުގައި އެ ޤައުމުން ދެކެއެވެ.

މި ދަތުރުފުޅުގެ އިތުރު ތަފްސީލްތަކެއް ޓައިވާން އާއި އެމެރިކާ އިން ހިއްސާ ކޮށްފައެއް ނުވެއެވެ.

ޓައިވާން

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
23 ސެޕްޓެމްބަރު 2024

ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟

23 ސެޕްޓެމްބަރު 2024
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
20 މެއި 2024

ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ

20 މެއި 2024
ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ
06 އެޕްރީލު 2024

ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ

06 އެޕްރީލު 2024
ޓައިވާން ބިންހެލުމުގައި މަރުވި އިތުރު ދެ މީހެއްގެ ހަށިގަނޑު ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު