Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއްޖިންސުން ގުޅުން ހިންގި މައްސަލަ

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މީހުން ހައްޔަރުކުރަންފަށައިފި

ކާނަލް ނަޝީދުވެސް ވަނީ ހައްޔަރުކޮށްފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 28 ޖުލައި 2022 | ބުރާސްފަތި 11:04
އެއްޖިންސުން ގުޅުން ހިންގި ވީޑީއޯގައި ފެންނަ ކޮޓަރިި

އެއްޖިންސުން ގުޅުން ހިންގި ވީޑީއޯގައި ފެންނަ ކޮޓަރިި

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރަން ފަށައިފިއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މި މައްސަލައިގައި ހިމެނޭ މީހުން ހައްޔަރުކުރުމަށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުން އަމުރުވެސް ހޯދާފައެވެ. މި މައްސަލައިގައި ސަރުކާރުގައި ހިމެނޭ ފަރާތްތަކާއި، އާންމުންނާއި، ސިޔާސީ ބައެއް ފަރާތްތައް ހިމެނެއެވެ. މި މައްސަލައާ ގުޅިގެން، މިކަމުގައި އިސްކޮށް ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގީރް ވަނީ ހައްޔަރުކޮށްފައެވެ.

Advertisement - newsAdvertisement

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރ މުހައްމަދު ނަޝީދު (ކާނަލް)ވެސް ވަނީ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ.

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ލީކުވުމާއި ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލަތަކެއްގެ ދަށުން، ނާޒިމް ސައްތާރުއާއި، މުހައްމަދު ނަޝީދު (ކާނަލް)ގެ އިތުރުން، ބަންގްލަދޭޝްގެ އަލަމްގީރް ފުރުން މަނާކޮށްފައިވާކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެެ.

ކޯޓު އަމުރެއްގެ ދަށުން އެމީހުންގެ ޕާސްޕޯޓު ހިފަހައްޓައި ފުރުން މަނާކޮށްފައިވާއިރު، އެމީހުންގެ މައްޗަށް ތަހުގީގު ހިންގަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ. އެކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ހިމެނޭ މީހުންގެ މައްސަލަތައް ތަހުގީގުކުރަމުންދާކަމަށެވެ. ހަމައެއާއެކު، ފުލުހުންނަށް ހުށައެޅިފައިވާ ބްލެކްމެއިލިންގގެ މައްސަލައެއްވެސް ތަހުގީގު ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުން މީގެ ކުރިން ހައްޔަރުކޮށްފައި ނުވަނީ ބައެއް ފަރާތްތަކުން އެޑިޓްކޮށްގެން ފޮޓޯތައް ދައުރުކުރަމުން ގޮސްފައިވާތީ، އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު