Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޣައްޒާއަށް ދިމާވެފައިވާ ގިރުމުގެ މައްސަލަ

ގިރުމުގެ މައްސަލާގައި ޣައްޒާވެސް ނުތަނަވަސްކަމެއްގައި!

ޣައްޒާގެ ގޮނޑުދޮށަށް ބިންދަމުންދާ ރާޅުތައް މިހާރު ރަށުތެރެއަށް ފޯރާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 ޖުލައި 2022 | ބުރާސްފަތި 13:09
ގޮނޑުދޮށް ސަރަހައްދުގައި އަޅާފައި ހުރި ރެފިއުޖީ ކޭމްޕުތަކުގެ އާބާދީ އެކަނިވެސް 90000ށް އަރާ

ގޮނޑުދޮށް ސަރަހައްދުގައި އަޅާފައި ހުރި ރެފިއުޖީ ކޭމްޕުތަކުގެ އާބާދީ އެކަނިވެސް 90000ށް އަރާ

ޔަހޫދީ އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ޣައްޒާއަކީ، މުޅި ބައިނަލްއަގުވާމީ މުޖުތަމައުވެސް އިއްތިފާގުވާގޮތުގައި ދުނިޔޭގައި އޮތް އެންމެ ބޮޑު، ހާމަކަންބޮޑު ޖަލެވެ. ޣައްޒާ ވަނީ، ހުރިހާ ފަރާތަކުން ބައްދާލެވިފައެއެވެ. 2 މިލިއަނެއްހާ މީހުންގެ އާބާދީއެއް ތޮއްޖެހިގެން ދިރިއުޅެމުންދާ ޣައްޒާގެ ރައްޔިތުންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވެން އޮތް ހަމައެކަނި ތަނަކީ ގޮނޑުދޮށް ސަރަހައްދެވެ. ނަމަވެސް، މިއަދު އެ ގޮނޑުދޮށްވެސް ގިރުމުގެ ބިރުވަނީ އިންތިހާއަށް ބޮޑުވެފައެވެ. ކަން މިހެން އޮތް އިރު، ޣައްޒާއަށް ކުރިމަތިލާން ޖެހިފައި ވާ ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން، ކޮންކްރީޓް ނުވަތަ ބޮޑު ހިލަ ބޭނުންކުރުމަށް ޣައްޒާގެ ކަމާބެހޭ އިދާރާތަކުން ވަނީ ގޮވާލާފައެވެ. 

ޣައްޒާގެ ގޮނޑޮދޮށަށް ބިންދަމުންދާ ރާޅުތައް މިއަދު ރަށުތެރެއަށް ފޯރައެވެ. އެންމެ ގޮނޑުދޮށާ ގާތަށް ހުރި އިމާރާތްތަކާއި ކެފޭތަކުގެ ފައުންޑޭޝަނާ ހިސާބަށްވެސް ފޯރައެވެ. މި އިމާރާތްތަކުގެ ބިންގަލާ ހިސާބަށް ގެއްލުން ވަމުންދާއިރު، ބޮޑު ހިލަ ޖަހައިގެން ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިދާނެކަމަށް، ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރެއެވެ. 

ކަން މިހެން އޮތްނަމަވެސް، ބޮޑު ހިލައިގެ ތޮއްޓަކީ، ފިނި މޫސުމުގެ އިތުރު ތޫފާނެއްގައި މާ ބޮޑު ހިމާޔަތަކާއި ރައްކާތެރިކަމެއް ދޭނެ ދިފާއެއްކަމާމެދު، ޣައްޒާގެ ގޮނޑުދޮށް ސަރަހައްދުގެ ރަށްވެހިންނާއި ތަޖުރިބާކާރުންވެސް ސުވާލު އުފައްދައެވެ. މާސިންގާ ބިޔަ ރާޅުގައި އެންމެ ބޭރަށް އޮތް މަގަށް ބޮޑެތި ގެއްލުންތަކެއް ލިބި، ގެތަކަށް ނުރައްކާ ވެދާނެ ކަމުގެ ބިރުވެސް ވަނީ ބޮޑުވެފައެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތުން ހިންގާ، މިނިސްޓްރީ އޮފް ޕަބްލިކް ވޯކްސް އެންޑް ހައުސިންގްގެ އޮފިޝަލެއް ކަމަށްވާ ނާސިރު ސާބިތު ވިދާޅުވީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ޣައްޒާއަށްވެސް ކުރަމުން ދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުވެސް 6 މީޓަރު އުސްމިނުގައި ޣައްޒާއަށް ރާޅު އަރާފައިވާއިރު، މަގުގެ އެއް ފަރާތުން ގިރަން ފަށާފައި ވާކަމަށް އޭނާ ވިދާޅުވިއެވެ. 

ސާބިތު ވިދާޅުވީ ޣައްޒާގައި ނާޒުކު ސަރަހައްދުތަކެއް އޮންނަ ކަމަށާއި، އެއީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސީދާ އަސަރު ކުރާ ސަރަހައްދުތަކެއް ކަމަށެވެ. އަދި އާންމުން ވަޒަންވެރިވެގެން ދިރިއުޅެމުންދާ ބައެއް ސަރަހައްދުތައް ޣަރަގުވެދާނެކަމުގެ ބިރު އެބައޮތްކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. 

ސާބިތު އިތުރަށް ވިދާޅުވީ، ދިގު މުއްދަތަކަށް ދެމި ހުންނަ ފަދައިން އޮލަނބަށް ހުންނަ ރާޅު-މަތަތަކުގެ އެހީގައި އައްސޭރިފަށުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ގާތްގަނޑަކަށް 150 މިލިއަނެއްހާ ޑޮލަރު ޚަރަދުވާނެކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބައިނަލްއަގުވާމީ ޑޯނަރުންގެ އެހީއަށްވެސް ޣައްޒާގެ އޮފިޝަލު ވަނީ އެދިވަޑައިގެންފައެވެ. 

375 އަކަކިލޯމީޓަރު ހުންނަ ޣައްޒާއަކީ، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ބޮޑަށް ތޮއްޖެހިފައިވާ އެއް ސަރަހައްދެވެ. 2.3 މިލިއަނަށްވުރެ ގިނަ މީހުންގެ ތެރެއިން ބޮޑު އިންސައްތައެއް ދިރިއުޅެމުން ދަނީ ކަނޑަށް ވާ ގޮތަށް ހުންނަ ރެފިއުޖީ ކޭމްޕުތަކުގައެވެ. 

ގޮނޑުދޮށް ސަރަހައްދުގައި އަޅާފައިހުރި ރެފިއުޖީ ކޭމްޕުތަކުގެ އާބާދީ އެކަނިވެސް 90000ށް އަރައެވެ. އެ ސަރަހައްދުގައި އޮތް ވެލީގެ ގޮނޑުދޮށް މުޅިން ގިރައިގެން ދިޔައީ އެ ރެފިއުޖީންގެ ލޯ ކުރިމަތީގައެވެ. ފަސްގަނޑުގެ ދިފާއުގައި އާންމު ރައްޔިތުން އަތުގައި ހުރި ހުރިހާ އެއްޗެއްގެ ބޭނުން ދަނީ ހިފަމުންނެވެ. ހަލާކުވެގެން އުކާލާ ފުރިޖްތަކާއި، ޓަޔަރާއި ގާބުރިބުރިވެސް ގޮނޑުދޮށަށް އަޅަމުން ދަނީ އޮތް ފަސްކޮޅުވެސް ހިފެހެއްޓޭތޯއެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް އަދި ނުފެނެއެވެ.

މެއި 2021ގައި އިޒްރޭލުން ދިން އުދުވާނީ ހަމަލާތަކުގައި ސުންނާފަތިވި އިމާރާތްތަކުގެ ގާ ކުނޑިތައްވެސް މިހާރު ބޭނުންކުރަމުންދަނީ ޣައްޒާއަށް ކުރިމަތިލާންޖެހިފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ.

ޣައްޒާގެ އެއްގަމު ބޯޑަރު ސަރަހައްދަކީ އިޒްރޭލާއި މިސްރުން ހަރުކަށި ފިޔަވަޅުތަކަކާއެކު ކޮންޓްރޯލްކުރަމުންދާ ސަރަހައްދަކަށްވާއިރު، ގޮނޑުދޮށް ސަރަހައްދަކީ ޣައްޒާގެ ރަށްވެހިންނަށް މިނިވަންކަމުގެ ޚަޒާނާއެކެވެ.

ޣައްޒާއަށް ދިމާވެފައިވާ ގިރުމުގެ މައްސަލަޣައްޒާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

ޣައްޒާ ހަނގުރާމައިގައި ޝަހީދުވެފައިވާ މީހުންގެ އަދަދު 70،000 އިން މައްޗަށް

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު