Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންވެލްތު ގޭމްސް

މި ސަރުކާރުގައި ކުޅިވަރުގެ ދާއިރާއިން ރާއްޖެ ހޯދާ ކާމިޔާބީތަަކަށް ކޮމަންވެލްތުގެ ތައުރީފު

ރާއްޖެއިން ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އެކުލަވާލާފައިވާ ގޮތާއި އަދި ކުޅިވަރުގައި އޮންނަ ޖިންސުގެ ތަފާތުކުރުން ނައްތާލާފައިވާތީ ކޮމަންވެލްތުން މަރުޙަބާ ކިޔާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖުލައި 2022 | ބުރާސްފަތި 09:58
ކޮމަންވެލްތުގެ ސްޕޯޓްސް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން

ކޮމަންވެލްތުގެ ސްޕޯޓްސް މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން

ކުޅިވަރުގެ ދާއިރާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒައާމަތުގައި ދިވެހިރާއްޖެއިން ހޯދަމުންދާ ކާމިޔާބީތަކަށް ކޮމަންވެލްތުން ތައުރީފުކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ 10 ވަނަ ކޮމަންވެލްތު ސްޕޯޓްސް މިނިސްޓަރުންގެ ބައްދަލުވުމުގައެވެ. އިނގިރޭސިިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު މަޚްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙުގެ ވެރިަކަމުގައި ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެ ހޯދަމުންދާ ކާމިޔާބީތަކަށް ކޮމަންވެލްތުގެ ސްޕޯޓްސް މިނިސްޓަރުންނާއި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނަރަލް ޕެޓްރީސިއާ ތައުރީފުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ސްޕެޝަލް އޮލިމްޕިކް މޯލްޑިވްސް އާއި މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީ އެކުލަވާލާފައިވާ ގޮތާއި އަދި ކުޅިވަރުގައި އޮންނަ ޖިންސުގެ ތަފާތު ކުރުން ނައްތާލާފައިވާތީ ކޮމަންވެލްތުން މަރުޙަބާ ކިޔާފައިވާ ކަމަށެވެ.

މިއަހަރު ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގައި ދިވެހިރާއްޖެއިން ވާދަކުރާނެއެވެ. މިއީ މެދު ކެނޑުމަކަށްފަހު ދިވެހިރާއްޖެއިން ކޮމަންވެލްތު ގޭމްްސްގައި ބައިވެރިވާ އަހަރެކެވެ. އެންމެ ފަހުން ރާއްޖެއިން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވީ 2014 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ފަހުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން 2016 ވަނަ އަހަރު ނިންމުމާއެކު، ރާއްޖެއަށް ފުރުސަތު ގެއްލުނެވެ. އެގޮތަށް ނިންމުމުގެ ސަބަބުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖެއަށް ބައިވެރިއެއް ނުވެވުނެވެ. އަލުން އަނބުރާ ކޮމަންވެލްތާ ގުޅުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން މަޖިލީހަށް ހުށަހަޅައި، އެކަން ފާސްކުރިއެވެ. އެއާއެކު ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބުނުކަން ހާމަކުރީ 2020 ވަނަ އަހަރުއެވެ.

ރައީސް ޞާލިޙުގެ ސަރުކާރުގައި ކުޅިވަރުގެ ދާއިރާގައި ހޯދާ ކާމިޔާބީތަކަށް މީގެ ކުރިން ވެސް ބޭރު ޤައުމުތަކުގެ ތައުރީފު ވަނީ ލިބިފައެވެ. ދާދި ފަހުން ރާއްޖޭގައި ބޭއްވި އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް ބާއްވާފައިވަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި، ބޮޑީ ބިލްޑިން ވޯލްޑް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އޭޝިއާގެ ބޮޑީ ބިލްޑިން ފެޑެރޭޝަން (އޭބީބީއެފް) ގެ ރައީސް ދާތުކް ޕޯލް ޗުއާ ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން މިއަހަރުގެ ތެރޭގައި ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއް ބާއްވާނެއެވެ.

ކޮމަންވެލްތު ސެކްރެޓޭރިއެޓްކޮމަންވެލްތު ގޭމްސްއަހުމަދު މަޚްލޫފް

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

ސްޕޯޓްސް މިނިސްޓްރީ އަށް 12 ވަނަ ޑެޕިއުޓީ މިނިސްޓަރު އައްޔަނު ކުރައްވައިފި

18 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

މުހިންމު މަޝްވަރާތަކެއް ކުރިއަށްދާ ކޮމަންވެލްތު ގޭމްސް ފެޑަރޭޝަންގެ ރީޖަނަލް ބައްދަލުވުން ރާއްޖޭގައި

23 ސެޕްޓެމްބަރު 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު