Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންވެލްތު

ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލައްވައިފި

16 މާރިޗު 2023 | ބުރާސްފަތި 05:09

ހެޔޮ ވެރިކަމާއި ޤާނޫނީ ވެރިކަމާއި ހަމަޖެހުމާއި އިޤްތިޞާދު އާރާސްތުކުރުމާއި ދަރަނީގެ ބުރަދަން ލުއިކުރުން ފަދަ ދާއިރާތަކުން އެއްބާރުލުން ދެއްވުމަށް ގޮވާލެއްވި

މަޚްތޫމް
މަޚްތޫމް | 16 މާރިޗު 2023 | ބުރާސްފަތި 05:09
ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުން

ކޮމަންވެލްތު ގައުމުތަކުގެ ފޮރިން މިނިސްޓަރުން | ކޮމަންވެލްތު

ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއް ޤައުމު އަނެއް ޤައުމާ ގުޅިގެން އެއްބާރުލުން ދިނުމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ގޮވާލައްވާފައިވަނީ އިއްޔެ ނިމުނު ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ތަޤުރީރުކުރައްވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު ޝާހިދުގެ ތަޤުރީރުގައި ވަނީ ހެޔޮ ވެރިކަމާއި ޤާނޫނީ ވެރިކަމާއި ހަމަޖެހުމާއި އިޤްތިޞާދު އާރާސްތުކުރުމާއި ދަރަނީގެ ބުރަދަން ލުއިކުރުން ފަދަ ދާއިރާތަކުން ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އެއް ޤައުމުން އަނެއް ޤައުމަށް މިހާރަށް ވުރެ އިތުރަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި "މަލްޓިޑިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" (އެމް.ވީ.އައި) ކަނޑައަޅައި ނިންމުން އަވަސް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އެމް.ވީ.އައި. ވީހާވެސް އަވަހަށް ބޭނުންކުރަން ފެށުމަށް ކޮމަންވެލްތުން ބާރު އެޅުމަށް ގޮވާލައްވާފައެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތު ލިވިން ލޭންޑްސް މެކަނިޒަމް އާއި ކޮމަންވެލްތު ބްލޫ ޗާޓަރާއި ކޮމަންވެލްތު ކްލައިމެޓް ފައިނޭންސް ހަބް ފަދަ ކޮމަންވެލްތުގެ ތަފާތު މެކަނިޒަމްތައް މެދުވެރިކޮށް އެޖަމިއްޔާގެ މެންބަރު ޤައުމުތަކަށް ދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 28ށް މިސްރާބު ޖަހާއިރު، ނިމިދިޔަ ކޮޕް 27 ގައި ޤާއިމުކުރެވުނު "ލޮސް އެންޑް ޑެމޭޖް ފަންޑު" މަސައްކަތްކުރާނެ އިންތިޒާމުތައް ވީހާވެސް އަވަހަށް ޤާއިމުކުރުމަށް ވެސް މިނިސްޓަރު ޝާހިދު ގޮވާލެއްވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ ތަޤުރީރު ފައްޓަވަމުން އެމަނިކުފާނު ވަނީ ރާނީ އެލިޒަބަތު ދެވަނަ އާއި ގެމްބިއާގެ ނައިބު ރައީސް ބަޑާރާ އަލިއު ޖޫފް އާއި ގާނާގެ ޚާރިޖީ ވަޒީރު މައިކަލް މޫސާ އަޑާމޯ އަވަހާރަވުމާ ގުޅިގެން ތަޢުޒިޔާ އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާނގައި ކޮމަންވެލްތު އިތުރަށް ވަރުގަދަކޮށް ހަރުދަނާ ކުރުމަށް ރަސްގެފާނު ޗާލްސް ތިންވަނަ ގެންގުޅުއްވާ ދުރުވިސްނުންފުޅަށް އިތުބާރުކުރައްވާކަން ވެސް މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ލަންޑަނުގައި ހުންނަ މާލްބަރޯ ހައުސްގައި ބޭއްވުނު 22ވަނަ ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކޮމަންވެލްތުގެ އެކި ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ. މިބައްދަލުވުމުގައި އެބޭފުޅުން ވަނީ ތިން މައުޟޫއަކަށް ވާހަކަ ދައްކަވައި މަޝްވަރާކުރައްވާފައެވެ. އެއީ، "ބިލްޑިން ރެޒިލިއަންސް ފޯ ޕީސްފުލް، ޖަސްޓް އެންޑް ސްޓޭބަލް ސޮސައިޓީސް"؛ "ފައިނޭންސިން ފޯ ކްލައިމެޓް ރެޒިލިއަންޓް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" އަދި "ލެވެރޭޖިން އިންޓްރާ-ކޮމަންވެލްތް ޓްރޭޑް އެންޑް ޑިޖިޓަލް ކަނެކްޓިވިޓީ"، މި ތިން މައުޟޫއެވެ.

ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ޝާހިދު ވަނީ ކޮމަންވެލްތުގެ ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުންނާ ބައްދަލުކުރައްވައިފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ފޮރިން ސެކްރެޓަރީ، އަޙުމަދު ލަތީފު އާއި ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަޙަނާޒް ފައިޒަލް އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޖޮއިންޓް ސެކްރެޓަރީ، މަރިޔަމް މިދުފާ ނަޢީމް އާއި އިނގިރޭސިވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލަރ، މޫސާ ޔަމީން ޝާހިދު އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޑިރެކްޓަރު، އަޙުމަދު ސަލްމާން ޒަކީ އެވެ.

ކޮމަންވެލްތުކޮމަންވެލްތު ސެކްރެޓޭރިއެޓްފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

29 އެޕްރީލު 2026

"އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ނޫހުގެ ތަކެތި ގެންދިޔުން، ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ ކުއްވެރި ކުރައްވައިފި

29 އެޕްރީލު 2026
 "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ އެ ނޫހުގެ ތަކެތި ގެންދިޔުން، ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ ކުއްވެރި ކުރައްވައިފި
01 ފެބުރުއަރީ 2026

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅިގެން ކޮމަންވެލްތުން ކުރަމުން ދިޔަ ޕްރެޝަރ ކުޑަ ކުރުމަށް އެޕްސްޓީން ޑރ. ވަހީދަށް އެހީތެރިވެދިން

01 ފެބުރުއަރީ 2026
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅިގެން ކޮމަންވެލްތުން ކުރަމުން ދިޔަ ޕްރެޝަރ ކުޑަ ކުރުމަށް އެޕްސްޓީން ޑރ. ވަހީދަށް އެހީތެރިވެދިން
22 ސެޕްޓެމްބަރު 2025

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

22 ސެޕްޓެމްބަރު 2025
މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި
19 ސެޕްޓެމްބަރު 2025

މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި

19 ސެޕްޓެމްބަރު 2025
މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި
03 ސެޕްޓެމްބަރު 2025

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
11 ނޮވެމްބަރު 2023

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

11 ނޮވެމްބަރު 2023
ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި
14 ސެޕްޓެމްބަރު 2023

ކޮމަންވެލްތުގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

14 ސެޕްޓެމްބަރު 2023
ކޮމަންވެލްތުގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖޫން 2023

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

23 ޖޫން 2023
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
04 ޖޫން 2023

"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

04 ޖޫން 2023
"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް