Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އައު ސީޒަނަށް އެތުލެޓިކޯއިން ތައްޔާރުވުން

އެތުލެޓިކޯއަށް މޮޅެއް، ރޮނާލްޑޯ ގެނައުމާ ދެކޮޅުކަން ސަޕޯޓަރުން ހާމަކޮށްފި

ސަޕޯޓަރުން ތިބީ "ސީއާރު7 ނޮޓް ވެލްކަމް" ޖަހާފައިވާ ބެނާތަކެއް ހިފައިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖުލައި 2022 | ބުރާސްފަތި 02:18
އެތުލެޓިކޯއިން ކުޅުނު މެޗުގެ ތެރެއިން

އެތުލެޓިކޯއިން ކުޅުނު މެޗުގެ ތެރެއިން

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނުމަންސިއާއާ ދެކޮޅަށް ކުޅުނު މެޗުން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެއެވެ.

އެތުލެޓިކޯއިން މެޗު ކާމިޔާބުކުރީ 4-0 ންނެވެ. އެ މެޗުގައި އެތުލެޓިކޯގެ ސަޕޯޓަރުން ވަނީ އެ ޓީމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމާ ދެކޮޅުކަން ހާމަކޮށްފައެވެ. ސަޕޯޓަރުން ތިބީ "ސީއާރު7 ނޮޓް ވެލްކަމް" ޖަހާފައިވާ ބެނާތަކެއް ހިފައިގެންނެވެ. މިއީ އެތުލެޓިކޯއިން ރޮނާލްޑޯ ހޯދުމަށް މަސައްކަތް ކުރާ ކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ދަނޑިވަޅެއްގައި އެ ޓީމުގެ ސަޕޯޓަރުން ކުރި ކަމެކެވެ. މީޑިއާތަކުގެ ވާހަކައާ ގުޅިގެން އެ ޓީމުގެ ރައީސް އެންރީކޭ ސެރޭޒޯ ބުނެފައިވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެތުލެޓިކޯއިން ރޮނާލްޑޯ ގެންނަން ނޫޅޭ ކަމަށެވެ.

މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އެތުލެޓިކޯއަށް ލީޑު ނަގައިދިނީ ތޯމަސް ލެމާއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯއިން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެއީ 32 ވަނަ މިނެޓުގައި އެންހެލް ކޮރެއާ ޖަހައިދިން ލަނޑާއި، 45 ވަނަ މިނެޓުގައި ޖެފްރީ ކޮންޑޮގްބިއާ ޖަހައިދިން ލަނޑެވެ. އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު އެ ޓީމުން ޖެހީ ދެވަނަ ހާފުގައެވެ. މަތެއުސް ކުންހާ މި ލަނޑު ޖެހީ 52 ވަނަ މިނެޓުގައެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެތުލެޓިކޯއިން އަދި ދެ މެޗު ކުޅޭނެއެވެ. އެއީ މި މަހުގެ 30 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗާއި، އޮގަސްޓު ހަތް ވަނަ ދުވަހު ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެތުލެޓިކޯ މެޑްރިޑްކްރިސްޓިއާނޯ ރޮނާލްޑޯ

ކޮމެންޓް

އިތުރަށް ކިޔާލަން

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބު ވީ ނަމަވެސް، ފަހު ވަގުތު ޕޯޗުގަލް މޮޅުވެއްޖެ

12 އޮކްޓޯބަރު 2025
ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

ފުޓުބޯޅަ ކުޅުމުގައި އިތުރު އަހަރު ތަކެއް ހޭދަ ކުރަން ރޮނާލްޑޯ ބޭނުންވޭ

08 އޮކްޓޯބަރު 2025
އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

އަލްވަރޭޒްގެ ދެ ލަނޑާ އެކު އެތުލެޓިކޯ އިން ރެއާލް ލަދު ގަންނަވާލައިފި

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު