Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްޖިދުލް ބިއްރި

މަސްޖިދުލް ބިއްރިގެ ހާލަތު ދަށްވެ ނަމާދަށް އަރާ މީހުންގެ އެތައް ޝަކުވާއެއް

މިސްކިތުގެ ފާހާނާތަކުގެ ދޮރުތައް ހަލާކުވުމާއި، ސީލިންގެ ބައެއް ތަންތަން ހަލާކުވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ޖުލައި 2022 | ބުދަ 07:56
މަސްޖިދުލް ބިއްރި

މަސްޖިދުލް ބިއްރި

ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލުން ބެލުމުގައި ދަށުގައި ހުރި މަސްޖިދުލް ބިއްރިގެ ހާލަތު ދަށްވެ އެތަނަށް ނަމާދުކުރަންދާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ މިސްކިތަށް ނަމާދަށް ދާ ފާރަތްތަކުން ރާއްޖެއެމްވީއަށް ބައެއް ފޮޓޯތައް ފޮނުވާފައިވާ އިރު، މިސްކިތުގެ ފާހާނާތަކުގެ ދޮރުތައް ހަލާކުވުމާއި، ސީލިންގެ ބައެއް ތަންތަން ހަލާކުވުމުގެ އިތުރުން ވާރޭ ވެހި ސީލިންއަށް ގެއްލުންވެފައި އެބަހުއްޓެވެ. އަދި މިސްކިތް މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން މިސްކިތަށްދާ ފަރާތްތަކަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހޭ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ވުޟޫކުރާ ބައިގައި ހުރި އިސްކުރުތައް ހަލާކުވެފައި ހުރުމާއި ބައެއް ދޮރުތަކުގެ ތަޅު ނެތުމުން ލަކުނޑިލާފައި ބަދެފައި ހުރުން ފަދަ ކަންކަމުގެ ޝަކުވާ އާންމުން ވަނި ކޮށްފައެވެ.

މަސްޖިދުލް ބިއްރިއަކީ މިވަގުތު ވިލިމާލޭގައި ހުރި އެންމެ ބޮޑު މިސްކިތެވެ. އަދި ލާމަރުކަޒީ ގާނުނުގެ ދަށުން މާލެ ސަރަހައްދުގެ މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާ އޮތީ ސިޓީ ކައުންސިލަށެވެ. ސިޓީ ކައުންސިލުން މިދިޔަ ރޯދަ މަހުގައި މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މަސްޖިދުލް ބިއްރިގެ މަރާމާތުކޮށްފައި ނުވެއެވެ.

މިކަމާއި ގުޅޭގޮތުން ސިޓީ ކައުންސިލުން އަދި ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

މީގެ ކުރިން ވެސް މާލޭގެ މިސްކިތްތަކުގެ ހާލަތު ދަށްވެގެން ނަމާދުކުރާ މީހުންގެ އެތައް ޝަކުވާއެއް އައިސްފައިވެއެވެ. އެގޮތުން ރޯދަ މަހު މިސްކިތްތަކަށް ރޯދަ ވީއްލަން ގެންދެވޭ ތަކެތި އަޅާފައި ހުންނަ ކޮތަޅާއި، ދަޅާއި ފުޅި ފަދަ ތަކެތި މިސްކިތުގެ ގޯތި ތެރޭގައި ހުރުމާއި، ކުނި ނުނަގާ ގިނަ ދުވަސްވެފައި ހުރުމުގެ ސަބަބުން ސިޓީ ކައުންސިލަށް އެއިރު ވެސް ފާޑުކިއުންތައް އަމާޒުވިއެވެ. އަދި އާންމުންގެ ފާޑުކިއުންތަކާއި ގުޅިގެން ފަހުން އެ ތަންތަން ސާފުކުރިއެވެ.

މަސްޖިދުލް ބިއްރިމާލޭ ސިޓީ ކައުންސިލްޑރ. މުހައްމަދު މުއިއްޒުމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު