Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލެވަންޑޯސްކީ ބާސެލޯނާއަށް ބަދަލުވުން

"ބާސެލޯނާއަށް ބަދަލުވި ފަހުން 8-2 ގެ ވާހަކައެއް ނުދައްކަން!"

އެއީ މާޒީ، އެންމެ ރަނގަޅު ގޮތަކީ ފަހަތަށް ނުބަލައި ކުރިއަށް ދިޔުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖުލައި 2022 | ބުދަ 02:40
ބާސެލޯނާގެ ޕްރެސްއެއްގެ ތެރެއިން ލެވަންޑޯސްކީ

ބާސެލޯނާގެ ޕްރެސްއެއްގެ ތެރެއިން ލެވަންޑޯސްކީ

ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވި ފަހުން 8-2 ގެ ވާހަކަ ނުދައްކާ ކަމަށް ޕޮލޭންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.

ލެވަންޑޯސްކީ މިގޮތަށް ވާހަކަ ދައްކާފައިވަނީ ބާސެލޯނާއަށް ބަދަލުވިފަހުން އޭނާގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައެވެ. އެ ޕްރެސްގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާއަށް ބަދަލުވެ، ކުރިއަށް ދާން ބޭނުންވާ ގޮތުގެ ބައިވަރު ވާހަކަ ވެސް ދައްކާފައެވެ.

މީގެ ކުރިން 2020 ވަނަ އަހަރު ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި ބާސެލޯނާއިން ވަނީ ބަޔާން މިއުނިކާ ބައްދަލުކޮށްފައެވެ. ޕޯޗުގަލްގެ ލިސްބަންގައި ކުޅުނު އެ މެޗު ބަޔާނުން ކާމިޔާބުކުރީ 8-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެއީ 1946 ވަނަ އަހަރުގެ ފަހުން ބައިކޮޅަށް 8 ލަނޑު ވަދެގެން ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. އޭރު ލެވަންޑޯސްކީ އަކީ ބަޔާންގެ ކުޅުންތެރިޔެކެވެ. އެ މެޗުގައި އޭނާ ވަނީ ލަނޑު ވެސް ޖަހާފައެވެ.

އެކަމާ ގުޅޭ ގޮތުން ލެވަންޑޯސްކީއާ ސުވާލުކުރުމުން އޭނާ ބުނީ، އެކަމާ ގުޅޭ ގޮތުން އޭނާ އާއި ބާސެލޯނާގެ ކުޅުންތެރިންނާ ދެމެދު އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެއީ މާޒީ ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ފަހަތަށް ނުބަލައި ކުރިއަށް ދިޔުން ކަމަށެވެ. އަދި އެމީހުންގެ (ބާސެލޯނާގެ) ވިސްނުމަކީ ވެސް އެއީ ކަމަށް ލެވަންޑޯސްކީ ބުންޏެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ބާސެލޯނާއަށް ކުޅޭ ކުޅުންތެރިޔަކު ނަމަ، އަބަދުވެސް ވިސްނާނީ ތަށި ކާމިޔާބުކުރަން ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ ހަރުފަތަކަށް ފަހު ހަރުފަތަކުން ކަމަށް އޭނާ ފާހަގަކުރިއެވެ. ލެވަންޑޯސްކީ ބުނީ ބާސެލޯނާގައި އޮތް ހިތްވަރަށް ބަލާއިރު، ކުރިއަށް އޮތް ސީޒަންގައި ރަނގަޅު ފައިޓެއް ދީ، ކުރީ ސީޒަނަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.

ބާސެލޯނާއަށް ބަދަލުވި ފަހުން މިހާތަނަށް އެ ޓީމާއެކު ލެވަންޑޯސްކީ ކުޅުނީ ދެ މެޗެވެ. އެއީ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗާއި، ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު