Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މިނިވަން 57

ޤައުމެއްގެ މިނިވަންކަމާއި ސަލާމަތަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފުށް: ރައީސް

މިނިވަންކަން ޒިންމާދާރުކަމާއެކު ބަލައިގަނެ، މެނޭޖް ކުރުމަކީ ޤައުމު ބިނާ ކުރުމަށްޓަކައި ކޮންމެހެންވެސް މުހިއްމު ކަމެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 ޖުލައި 2022 | އަންގާރަ 03:34
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުން

ޤައުމެއްގެ މިނިވަންކަމާއި، ސަލާމަތަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފުށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސްގެ ދެކަނބަލުން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަރވިއުގައެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ރައީސް ސާލިޙު ވިދާޅުވީ، ހެނދުނު 06:00 ގައި މިނިވަން ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެއަށްފަހު މިނިވަން ދުވަހުގެ ތަހުނިޔާ އެކި ފަރާތްތަކަށް ފޮނުއްވަމުން ގެންދަވާ ކަމަށް ރައީސް ވިދާޅުވިއެވެ.  

ރައީސް ވިދާޅުވީ، އެންމެ ކުރިން ފެށިގެންވެސް މިނިވަން ދުވަހަކީ ކޮންމެ އަހަރަކުވެސް ވަރަށް ފޯރިއާއެކު ފާހަގަކުރާ ދުވަހެއް ކަމަށެވެ. އެގޮތުން މިއީ އެންމެ އުފާވެރި އެއް ދުވަސްކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ޤައުމެއްގެ މިނިވަންކަމާއި، ސަލާމަތަކީ އެއް ފައިސާ ފޮއްޗެއްގެ ދެ ފުށް ކަމަށެވެ. ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ބޭނުންވާނަމަ އެ ޤައުމެއްގެ މިނިވަންކަން ދަމަހައްޓަން ޖެހޭ ކަމަށާއި، މިނިވަންކަން ދަމަހައްޓަން ބޭނުންވާނަމަ ސަރުކާރުތަކުންވެސް އެ ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ހިޔާލުތަފާތުވާ ކަންކަން ހުރި ނަމަވެސް، ޤައުމު އިސްކޮށް، ޤައުމުގެ މިނިވަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ފަރސްޓްލޭޑީ ފަޒްނާ އަހުމަދު ވިދާޅުވީ، މިނިވަންކަން މިހާރު އޮތީ "މެނޭޖް" ކުރަން ޖެހިފައި ކަމަށެވެ. އެގޮތުން މިނިވަންކަން ލިބިގެންގޮސް، އެހެން މީހުންނާއި ވާހަކަ ނުދެއްކޭ ހިސާބަށް ދިއުމުން އެއީ މިނިވަންކަން ކަމަކަށް ނުބެލެވޭކަމަށް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، މިނިވަންކަން ޒިންމާދާރުކަމާއެކު ބަލައިގަނެ، މެނޭޖް ކުރުމަކީ ޤައުމު ބިނާ ކުރުމަށްޓަކައި ކޮންމެހެންވެސް މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖޭގައި ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ މިނިވަން ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަމުންދަނީ 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާއި ގުޅިގެންނެވެ.

މިނިވަން 57ރައީސް ސާލިހު ފަށާއިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

މި ސަރުކާރުން ބިރުން އުޅެނީ ވެރިކަން ވެއްޓިދާނެތީއެއް ނޫން، ރައްޔިތުންގެ ތާއީދު ނެތް ކަން އެނގޭތީ: ފައްޔާޒު

03 އޮކްޓޯބަރު 2025
25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

25 އަހަރު މަޖިލީހުގައި، އަމިއްލަ އެއްވެސް ދަތުރެއްގައި އެއަރޕޯޓުގެ ވީއައިޕީ ބޭނުމެއް ނުކުރަން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

އެންސްޕާއިން މިލިއަނުން ފައިސާ ނަގައިގެން ހެދި ޓީވީއެއްގައި ކޮރަޕްޝަންގެ ވާހަކަ ދެއްކުން އެހައި ރަނގަޅެއް ނޫން: ރައީސް އިބޫ

02 އޮކްޓޯބަރު 2025
''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

''ލޫޓުވައިފި'' ނަމުގައި މުޒާހަރާ ކުރަން ނިންމެވި ސަބަބު ރައީސް އިބޫ ވިދާޅުވެއްދެއްވައިފި

02 އޮކްޓޯބަރު 2025
''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

''ލޫޓުވައިފި، ލޫޓުވައިފި'' އެއްވުމުގެ މަގުސަދު މިހާރު ވެސް ދަނީ ހާސިލްވަމުން: ކުރީގެ ރައީސް ސާލިހު

02 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު