Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިވަން ދުވަސް

މިނިވަންކަން މިގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ އެންމެންގެ ވާޖިބެއް - މާރިޔާ

ވުޖޫދުގައި ނެތް ތަފާތުތަކެއް ތަޢާރަފްކުރުމުގެ ހިތި ނަތީޖާއަކީ، އެކަކު އަނެކަކު ފަރަޤުކޮށް، ދަރަޖަކޮށް އަދި ގިންތިކުރަމުންދިޔުމުގެ ވިހަ ޘަޤާފަތެއް އުފެދިގެންދިޔުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 25 ޖުލައި 2022 | ހޯމަ 18:17
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

މިނިވަންކަން މިގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެވެ.

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިހެން ވިދާޅުވީ މިނިވަންދުވަހުގެ ޚާއްސަ ސަޕްލިމަންޓަށް އެކަމަނާ ދެއްވި ޚިތާބުގައެވެ. މިނިސްޓަރ ވިދާޅުވީ މިނިވަންކަމަކީ، އަމިއްލަ ފަސްގަނޑުގައި، އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން، އަނެކާގެ ޙައްޤަށް އަރައިނުގަނެ، އަމާންކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅުމުގެ އުފާ ކަމަށެވެ. އަޅުގަނޑުމެންނަކީ ބުއްދިއާއި ޙިކްމަތު ޢަމަލީ އިސްކޮށް، އަމިއްލަ ފަސްގަނޑުގައި މިނިވަންކަމާއެކީ ދިރިއުޅެމުން އަންނަ ބައެއް ކަމަށެވެ. މި މިނިވަންކަން މިގޮތުގައި އަންނަން އޮތް ޖީލުތަކަށް ވާސިލްކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ވާޖިބެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

ދުނިޔޭގެ ތާރީޚަށް ބަލާއިރު، ޒަމާނުއްސުރެ، އެއް ތަށިން ކައިގެން، އެއް ބަހަކުން ވާހަކަދައްކައިގެން، އެއް ޘަޤާފަތެއް ޙިއްސާކޮށްގެން އުޅޭ ބައެއްގެ ތެރެއިން ދުޝްމަނުން އުފެދި، ކުލަޔާއި، ނަޞްލާއި، އަޤީދާއާއި ފިކުރަށް ބިނާކޮށް، ވުޖޫދުގައި ނެތް ތަފާތުތަކެއް ތަޢާރަފްކުރުމުގެ ހިތި ނަތީޖާއަކީ، އެކަކު އަނެކަކު ފަރަޤުކޮށް، ދަރަޖަކޮށް އަދި ގިންތިކުރަމުންދިޔުމުގެ ވިހަ ޘަޤާފަތެއް އުފެދިގެންދިޔުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންގެ މިނިވަންކަމަށް 57 އަހަރުފުރުން ފާހަގަކުރާއިރު، 4 ލައްކައެއްހާ މީހުން ދިރިއުޅޭ މިޖަޒީރާ ޤައުމުގައި އޮތް ހިތްފަސޭހަ މާޙައުލު ދަމަހައްޓަން ކެނޑިނޭޅި މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދިވެހި ޤައުމީ ދިފާޢީ ބާރާއި، މޯލްޑިވްސް އިމިގްރޭޝަންއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްއާއި، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ހީވާގި މުވައްޒަފުން، ރެއާއި ދުވާލު، ކުރަމުންގެންދާ މަސައްކަތަކީ މިއީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއީ އަޅުގަނޑުމެން އެންމެންގެ މަންޒިލް މަޤްޞޫދު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިވަން 57މިނިވަން ދުވަސްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީމިނިސްޓްރީ އޮފް ޑިފެންސް

އިތުރަށް ކިޔާލަން

25 ޖޫން 2025

މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި

25 ޖޫން 2025
މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ވެސް ބަންދުކޮށްފި
25 ޖުލައި 2024

މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ

25 ޖުލައި 2024
މިނިވަން ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތުގެ މަތިން ގައުމިއްޔަތު މިނިސްޓްރީ ހަނދާން ނެތިއްޖެ
11 މެއި 2024

ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ

11 މެއި 2024
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ
29 ޑިސެމްބަރު 2023

ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ސަފާއަށް އާންމުން ފާޑުކިއުމުން މަގާމު ދިންކަމަށް ކުރި ޕޯސްޓް ޑިލީޓްކޮށްފި

29 ޑިސެމްބަރު 2023
ޑިފެންސްގެ ޕޮލިޓިކަލް ޑިރެކްޓަރަކަށް އައްޔަންކުރި ސަފާއަށް އާންމުން ފާޑުކިއުމުން މަގާމު ދިންކަމަށް ކުރި ޕޯސްޓް ޑިލީޓްކޮށްފި
02 ޑިސެމްބަރު 2023

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން، ވަގުތީގޮތުން ޑިފެންސް މިނިސްޓަރާ ހަވާލުކުރައްވައިފި

02 ޑިސެމްބަރު 2023
މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ހިންގެވުން، ވަގުތީގޮތުން ޑިފެންސް މިނިސްޓަރާ ހަވާލުކުރައްވައިފި
30 އޯގަސްޓު 2023

އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ

30 އޯގަސްޓު 2023
އިދިކޮޅު ފަރާތްތަކުން، އިންތިޚާބު އޮޅުވާލާނެ ކަމަށް ތުހުމަތުކުރަނީ ބަލިވާނެކަން ޔަގީންވާތީ: މާރިޔާ
29 އޯގަސްޓު 2023

ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ

29 އޯގަސްޓު 2023
ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ
11 އޯގަސްޓު 2023

އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި

11 އޯގަސްޓު 2023
އިދިކޮޅު ލީޑަރޝިޕުން ހިތްވަރު ލިބިގެން ވިލިނގިލީގައި ޕީޕީއެމްގެ ސަޕޯޓަރުން ކުރި ކަންކަން ރައީސްގެ ކެމްޕޭން އޮފީހުން ކުށްވެރިކޮށްފި
11 އޯގަސްޓު 2023

މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން ދަނީ އެމްޑީޕީއާ ގުޅެމުން: މާރިޔާ

11 އޯގަސްޓު 2023
މިހާރު ވެސް ޕީޕީއެމްގެ ގިނަ މީހުން ދަނީ އެމްޑީޕީއާ ގުޅެމުން: މާރިޔާ
10 އޯގަސްޓު 2023

ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ

10 އޯގަސްޓު 2023
ޑިމޮކްރެޓްސް އުފެދުމާއި ގުޅިގެން އެމްޑީޕީގެ މެމްބަރުން ކެނޑޭ ކަމަކަށް ފާހަގައެއް ނުކުރެވޭ، ޑިމޮކްރެޓްސް އާއި އެކުވެސް މަސައްކަތް ކުރެވޭނެ : މާރިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު