Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނިވަން ދުވަސް

ރައީސް ގޮވާލެއްވީ ފަރުދީ ޒިންމާ އަދާ ކުރެއްވުމަށް

ޤައުމީ ލޯބި އިސް ކުރެވޭނީ ވެސް، ފަރުދީ ގޮތުން އެމީހަކު މަސައްކަތް ކޮށްގެންކަން ޤަބޫލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 27 ޖުލައި 2025 | އާދީއްތަ 08:21
މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާގެ އިތުރުން، ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް އަދި ކުރީގެ ރައީސް ވަޙީދު

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާގެ އިތުރުން، ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް އަދި ކުރީގެ ރައީސް ވަޙީދު

ދިވެހި ރާއްޖޭގެ މިނިވަންކަން ރައްކާތެރި ކުރުމާއި، އަންނަ އޮތް ޖީލަށް އެ މިނިވަންކަން ރައްކާތެރިކަމާ އެކު ފޯރުކޮށްދިނުމަށް ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މުޢިއްޒު މިފަދައިން ގޮވާލެއްވީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަަސް ފާހަގަ ކުރުމަށް، ޒުވާނުންގެ މަރުކަޒުގައި ހޮނިހިރު ދުވަހުގެ ހެނދުނު އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މިނިވަން ކަމަކީ ވަރަށް ގިނަ ބައެއްގެ މިންނެތް، އިޚުލާސްތެރި އަދި ބުރަ މަސައްކަތުން ހިމާޔަތް ކުރެވިގެން މިއަދާ ހަމަ އަށް ދިވެހި ރައްޔިތުންނަށް ލިބިފައިވާ އެއްޗެއް ކަމަށެވެ. ރައީސް ވިދާޅުވީ އެ ބޭބޭފުޅުން ކުރެއްވި ޤައުމީ މަސައްކަތް އަމާނާތްތެރިކަމާ އެކީ އަންނަ އޮތް ޖީލުތައް ފޯރުކޮށްދިނުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ.

ރައީސް ވިދާޅުވީ އެކަން ކުރާނީ ވަކި އެވެނި މީހެކޭ، ނުވަތަ މިވެނި މީހެކޭ އެއްވެސް މީހަކަށް ނުބުނެވޭނެ ކަމަށެވެ. އެގޮތުން ކޮންމެ މީހަކު ވެސް އެމީހަކު އަމިއްލަ އަށް ކުރަން ޖެހޭ ކަމެއް އޮތް ކަމަށް ދެކިގެން، އަދި އެމީހެއްގެ ޒިންމާ ފުރިހަމަ އަށް އޮތް ކަމަށް ދެކިގެން އެ މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ޤައުމީ ލޯބި އިސް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ޤައުމީ ލޯބި އިސް ކުރެވޭނީ ވެސް، ފަރުދީ ގޮތުން އެމީހަކު މަސައްކަތް ކޮށްގެންކަން ޤަބޫލު ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން މިނިވަން ދުވަހު މައިގަނޑު ގޮތެއްގައި ކުރަން ބޭނުންވާ އިލްތިމާސް އަކީ އެއީ ކަމަށް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކަ އަކީ އަޅުގަނޑުމެން އެންމެންގެ ވެސް ފަރުދީ ޒިންމާއެކޭ މި ދެންނެވި ހުރިހާ ބޭފުޅުން ކުރެއްވި ޤައުމީ ބުރަ މަސައްކަތް، އަމާނާތްތެރިކަމާ އެކީގައި އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ. އެކަން ކުރާނީ ވަކި އެވެނި މީހެކޭ، މިވެނި މީހެކޭ އަޅުގަނޑުމެން އެކަކަށް ވެސް ނުދެންނެވޭނެ. ތިމަންނަ ކުރަން ޖެހޭ ކަމެއް މީގައި އެބަ އޮތޭ. ތިމަންނަގެ ޒިންމާ ފުރިހަމަ އަށް އެބަ އޮތޭ. މި ޤައުމުގެ މިނިވަންކަން ރައްކާތެރި ކުރުމުގަޔާއި، އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ތިމަންނަ މަސައްކަތް ކޮށްފިއްޔާ އެކަންޏޭ އެކަން ވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު ވެސް އެއްވެސް ޝައްކެއް ނެތި މިއަދު ޔަގީންކަމާ އެކު ޤަބޫލު ކުރަން ޖެހޭ ހަގީގަތަކީ. އެ ނޫން އެއްވެސް ގޮތަކަށް އަޅުގަނޑުމެން ޤައުމުގެ މިނިވަންކަން ހިމާޔާތްކޮށް، ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުނުކޮށްދެވޭނެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ރައްޔިތުން ސަރުކާރުތައް އިންތިޚާބު ކުރާ ކަމަށާއި، އެކި ދުވަސްވަރި އެކި ސަރުކާރުތަކުން އަދި އެކި ވެރިން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެހެން ނަމަވެސް، ފަރުދީ ޒިންމާ އަދާ ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ ދިވެހިން އިސް ކުރުން ކަމަށެވެ. ދިވެހިންގެ ކަންކަމުގައި އެހެން މީހުންގެ އެހީތެރިކަން ހޯދި ނަމަވެސް، މައިގަނޑު މަސައްކަތް ކުރާނީ ދިވެހިން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދިވެހި ރާއްޖޭގެ އިމުގެ ތެރޭގައި ކުރަން ޖެހޭ ކަންކަން ދިވެހިންގެ އަތުން ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އިތުރަށް ރައީސް ވިދާޅުވީ ދިވެހިންނަށް ފައިދާވާ ކަންކަމުގައި އެހެން ހުރިހާ ޤައުމުތަކާ އެކު ވެސް ރަޙުމަތްތެރި ގާތް ގުޅުން ބާއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން، އެކަން ވެސް ކުރިއަށް ގެންދެވޭނީ ކޮންމެ މީހަކު ވެސް އެމީހެއްގެ ޒިންމާ އަދާކޮށްގެން ކަމަށް ރައީސް މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު