Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖެސިކް މާޒިޔާ ދޫކޮށްލުން

ލީގު ނުނިމެނީސް ޖެސިކް މާޒިޔާގެ ކޯޗުކަން ދޫކޮށްލައިފި

މާޒިޔާ ދޫކޮށްލުމަށްފަހު ޖެސިކާއި ގޯރާން ބަދަލުވީ ސައުދީގެ އެއްވަނަ ޑިވިޝަން އަލް ޝޯލާ އެފްސީއަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2022 | ހޯމަ 07:05
މަޔޮޑްރަގް ޖެސިކް

މަޔޮޑްރަގް ޖެސިކް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗުކަމުގެ މަގާމުގައި ހުރި މަޔޮޑްރަގް ޖެސިކް ޓީމު ދޫކޮށްލައިފިއެވެ.

ޖެސިކް މާޒިޔާ ދޫކޮށްލިރު، ލީގުގައި ބާކީ ދެ މެޗު އެބަ އޮތެވެ. ނަމަވެސް މާޒިޔާއިން ވަނީ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ހޯދާފައެވެ. މާޒިިޔާ ދޫކޮށްލަން ޖެސިކް ނިންމިއިރު، އޭނާއާއެކު މަސައްކަތް ކުރި ފިޓްނަސް ކޯޗު ގޯރާން ގުޒިޖާން ވެސް ވަނީ ޓީމު ދޫކޮށްލާފައެވެ. މާޒިޔާ ދޫކޮށްލުމަށްފަހު ޖެސިކާއި ގޯރާން ބަދަލުވީ ސައުދީގެ އެއް ވަނަ ޑިވިޝަން އަލް ޝޯލާ އެފްސީއަށެވެ.

މިދިޔަ ފެބްރުވަރީ މަހުގެ ތެރޭގައި މާޒިޔާގެ ކޯޗުކަމާ ޖެސިކް ހަވާލުވިފަހުން އެ ޓީމު ކުޅެފައިވަނީ 19 މެޗެވެ. އޭގެ ތެރެއިން މާޒިޔާ ވަނީ 18 މެޗުން މޮޅުވެފައެވެ. އެންމެ މެޗަކުން ބަލިވީއިރު، އެއީ ކުލަބް އީގަލްސް އަތުންވީ ބައްޔެވެ. ލީގުގައި މާޒިޔާއިން ވަނީ ޖުމުލަ 76 ގޯލު ޖަހާފައެވެ. އެ ޓީމުގެ ކޮޅަށް ވެދަފައިވަނީ ފަސް ގޯލެވެ.

ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ ވަނީ އޭއެފްސީ ކަޕްގައި ވެސް ވާދަކޮށްފައެވެ. އޭއެފްސީ ކަޕްގައި ކުޅުނު ތިން މެޗުގެ ތެރެއިން މާޒިޔާ ވަނީ އެއް މެޗުން މޮޅުވެފައެވެ. އަނެއް ދެ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ.

މާޒިޔާއިން އާންމުކުރި ބަޔާނެއްގައި ވަނީ ޖެސިކާއި ގޯރާން އަށް ޝުކުރު އަަދާކޮށްފައެވެ. އެ ޓީމުން ބުނެފައިވަނީ ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށެވެ. މީގެ އިތުރުން މާޒިޔާއިން ހާމަކޮށްފައިވާ ގޮތުގައި ޖެސިކާއި ގޯރަން މިހާރު ވަނީ ރާއްޖެ ދޫކޮށް ގޮސްފައެވެ.

ޖެސިކަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާއަށް ކޯޗުކޮށްދިން ބިދޭސީ ތިންވަނަ ކޯޗެވެ. މީގެ ކުރިން މާޒިޔާއަށް ފުރަަތަމަ ޑިވިޝަނުގައި ދެ ފަހަރެއްގެ މަތިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އިރުޝާދުދިނެވެ. ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް ވެސް ވަނީ މާޒިޔާއަށް އިރުޝާދު ދީފައެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންމަޔޮޑްރަގް ޖެސިކް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު