Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް ބާސެލޯނާ ތައްޔާރުވުން

ވާދަވެރި ރެއާލް މެޑްރިޑަށްވުރެ ބާސެލޯނާ މޮޅު: ޒަވީ

25 ޖުލައި 2022 | ހޯމަ 06:49

ޒަވީ ބުނީ އެންމެ މުހިންމީ މޮޅުވުން ކަމަށާއި، ރެއާލް ބަލިކުރުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ލޯބިކުރާ ކަމެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 25 ޖުލައި 2022 | ހޯމަ 06:49
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ވާދަވެރި ރެއާލް މެޑްރިޑަށްވުރެ ބާސެލޯނާ މޮޅު ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ޒަވީ މިހެން ބުނީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާއިން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރުމަށްފަހުއެވެ. އެ މެޗުން ބާސެލޯނާ މޮޅުވީ 1-0 ންނެވެ.

ޕްރީ ސީޒަން ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ، އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިގެން ކަމަށެވެ. ޒަވީ ބުނީ އެންމެ މުހިންމީ މޮޅުވުން ކަމަށާއި، ރެއާލް ބަލިކުރުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ލޯބިކުރާ ކަމެއް ކަމަށެވެ. މީގެ އިތުރުން ޒަވީ ބުނީ މެޗުގެ ފުރަތަމަ ހާފު ވަރަށް ރަނގަޅަށް ދިޔަ ނަމަވެސް، ދެ ވަނަ ހާފު ފެނުނީ ފުރަތަމަ ހާފާ އަޅާބަލާއިރު ދައްކޮށް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ޓީމުގެ ކުޅުންތެރިންގެ ފިޒިކަލް ފެންނަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ރަނގަޅު ބާސާއެއް ފެނުނުކަން ފާހަގަކޮށް ޒަވީ ބުނީ ރަނގަޅު ކުރަން ޖެހޭ ކަންކަން އަދިވެސް އެބަ ހުރި ކަމަށެވެ.

ރެއާލާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ޖެހޭކަން ފާހަގަކޮށް ޒަވީ ބުނީ، ރެއާލަށްވުރެ ބާސާ މޮޅުކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މުޅި ބާސާއަށް އެއީ މުހިންމު މޮޅެއް ކަމަށާއި، ރަނގަޅު އުންމީދެއް އައު ކުރެވިއްޖެ ކަމަށެވެ.

ޓްރާންސްފާ މާކެޓުގައި ބާސެލޯނާއިން ވަނީ ވަރުގަދަ ކުޅުންތެރިން ތަކެއް ވެސް ހޯދާފައެވެ. އޭގެ ތެރޭގައި ޕޮލޭންޑުގެ ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ހިމެނެވެ. ބާސެލޯނާއަށް ބަދަލުވެ ލެވަންޑޯސްކޯ ބާސެލޯނާއަށް ކުޅުނު ފުރަތަމަ މެޗަކީ ރެއާލާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު އޭނާ ފަށާފައިވަނީ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެންނެވެ. ލެވަންޑޯސްކިއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ޒަވީ ބުނީ، އޭނާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ކަމަށެވެ. ޒަވީ ފާހަގަކުރި ގޮތުގައި ލެވަންޑޯސްކީ ވަނީ އޭނާގެ ކެރިއަރުގައި އެތައް ގޯލެއް ޖަހާފައިކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެކަން ތަކުރާރުވާނެ ކަމަށެވެ.

މީގެ އިތުރުން ޒަވީ ބުނީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ލެވަންޑޯސްކީ ޓީމަށް ފަރިތަވެެއްޖެ ކަމަށެވެ. އަދި އޭނާ ބާސެލޯނާއަށް ގުޅުމަކީ ޓީމުގެ ކުޅުންތެރިންނާ އޮފިޝަލުންގެ އިތުރުން ކޯޗުގެ ހައިސިއްޔަތުން އޭނާއަށް ވެސް އުފާވެރިކަން ލިބުނު ކަމެއް ކަމަށެވެ.

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ބާސެލޯނާއިން ދެން ކުޅޭނީ އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށެވެ.

ބާސެލޯނާޒަވީރެއާލް މެޑްރިޑް

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް