Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހެރީ ކޭން

ކޭންއާ ގުޅޭގޮތުން ނާގަލްސްމަން ވާހަކަދެއްކުމުން ކޮންޓޭ ހިތްހަމަނުޖެހިއްޖެ

24 ޖުލައި 2022 | އާދީއްތަ 07:00

ކޮންޓޭގެ ނަޒަރުގައި ނާގަލްސްމަންގެ އަމަލަކީ އިހުތިރާމް ކުޑަ އަމަލެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 ޖުލައި 2022 | އާދީއްތަ 07:00
ކޮންޓޭ އަދި ކޭން

ކޮންޓޭ އަދި ކޭން

ޓޮޓެންހަމްގެ އިންގްލޭންޑް ފޯވާޑް ހެރީ ކޭންއާ ގުޅޭ ގޮތުން ބަޔާން މިއުނިކްގެ ކޯޗު ހޫލިއަން ނާގަލްސްމަން ވާހަކަ ދެއްކުމުން ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހިތްހަަމަނުޖެހުން ފާޅުކޮށްފިއެވެ.

ކޭންއާ ގުޅޭ ގޮތުން ނާގަލްސްމަން ބުނީ އޭނާއަކީ އަގުބޮޑު ކުޅުންތެރިއެއް ކަމަށެވެ. ކޭންއަކީ ބޯޅައިގައި ވަރުގަދަ ކުޅުންތެރިއެއް ކަމަށާއި، ހަށިގަނޑު ވަރުގަދަ ކުޅުންތެރިއެއްކަން ފާހަގަކޮށް ނާގަލްސްމަން ބުނީ ކޭންގެ އަގަކީ އުނދަގޫ އަގެއް ކަމަށެވެ. އިތުރަށް ނާގަލްސްމަން ބުނީ ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ޖެހޭނީ ބަލަން ކަމަށެވެ. ކޭންއާ ގުޅޭ ގޮތުން ނާގަލްސްމަން މިފަދަ ގޮތަކަށް ވާހަކަދައްކާފައިވާއިރު، އޭނާ ހޯދަން ބަޔާން މިއުނިކުން މަސައްކަތް ކުރާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެކުވެރިކަމުގެ މެޗެއްގައި ރޭންޖަރސް ބަލިކުރި މެޗަށްފަހު އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ކޮންޓޭ ބުނީ، އޭނާ ވެސް އެހެން ޓީމެއްގައި ހުންނަ ކުޅުންތެރިޔަކާ ގުޅޭ ގޮތުން ވާހަކަ ނުދައްކާ ކަމަށެވެ. އެހެންކަމުން ނާގަލްސްމަން ކޭންއާ ގުޅޭ ގޮތުން ވާހަކަ ދެއްކި ސަބަބެއް ނޭނގޭ ކަން ފާހަގަކުރަމުން ކޮންޓޭ ބުނީ، އޭނާގެ ނަޒަރުގައި ނާގަލްސްމަންގެ އަމަލަކީ އިހުތިރާމް ކުޑަ އަމަލެއް ކަމަށެވެ. ކޭންއަކީ ޓޮޓެންހަމަށް މުހިންމު ކުޅުންތެރިޔެއްކަން ފާހަގަކޮށް، ކޮންޓޭ ބުނީ ޓޮޓެންހަމުން ކޭން ދޫކުރަން ބޭނުންނުވާ ކަމަށެވެ.

ޓޮޓެންހަމްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކޭން ވަނީ، އެ ޓީމުން ރޭންޖަރަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ދެ ލަނޑު ޖަހައި ޓީމު މޮޅު ކޮށްދީފައެވެ.

ޓޮޓްނަމް ހޮޓްސްޕަރހެރީ ކޭންއެންޓޯނިއޯ ކޮންޓޭ

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
07 ޖޫން 2025

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި
20 މާރިޗު 2025

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި
17 ފެބުރުއަރީ 2025

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ
03 ފެބުރުއަރީ 2025

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް
23 ޑިސެމްބަރު 2024

ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް

23 ޑިސެމްބަރު 2024
ޓޮޓެންހަމް ބަލިކޮށް، ލިވަޕޫލް އެއް ވަނައިގައި ކުރިއަށް
10 ޑިސެމްބަރު 2024

ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ

10 ޑިސެމްބަރު 2024
ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް