Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެލްސީ

ޓޮޓެންހަމް އަތުން ލިބުނީ ފުރިހަމަ މޮޅެއް: މަރެސްކާ

ޚާއްސަކޮށް އަބަދު ވެސް ކުރިއަށް ޖެހިގެން އޮންނަ މެޗަށް ފޯކަސް ކުރަން އެދޭ ކަމަށާއި، މާޒީ އަށް ބަަލައިގެން ކުރިއަށް ދިޔުމެއް ނޯންނާނެ ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2024 | އަންގާރަ 04:15
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ ފުރިހަމަ މޮޅެއް ކަމަށް، ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މޮޅުވެ، ޗެލްސީން ވަނީ އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފަ އެވެ. އެ މެޗުގައި ޓޮޓެންހަމުން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ޗެލްސީން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން މަރެސްކާ ބުނީ ޓޮޓެންހަމްގެ ދަނޑުގައި އެއްވެސް އުނދަގުލެއް ނެތި މޮޅުވާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް ކަމަށެވެ. އެ މެޗުން ޗެލްސީ އަށް އެންމެ ފުރިހަމަ ކާމިޔާބެއް ލިބުނީ އެ ހުރިހާ ކަމެއްގެ ތެރެއިން ކަމަށާއި، ޓޮޓެންހަމާ ދެކޮޅަށް ކުޅެން ޖެހުނީ އުނދަގޫ މެޗެއް ކަމަަށް ވެސް އޭނާ ބުންޏެވެ.

މަރެސްކާ ބުނީ ޗެލްސީގެ ކުޅުންތެރިންނަށް އޭނާ ދޭން ބޭނުންވާ މެސެޖަކީ، އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަށް ދިޔުން ކަމަށެވެ. ޚާއްސަކޮށް އަބަދު ވެސް ކުރިއަށް ޖެހިގެން އޮންނަ މެޗަށް ފޯކަސް ކުރަން އެދޭ ކަމަށާއި، މާޒީ އަށް ބަަލައިގެން ކުރިއަށް ދިޔުމެއް ނޯންނާނެ ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ. ޚާއްސަކޮށް އެންމެ ފުރިހަމަ ގޮތުގައި ތިބެ މެޗުތަކާ ކުރިމަތިލާން އެންމެ ބޭނުންވާ ކަމަށް މަރެސްކާ ބުންޏެވެ.

މީގެ އިތުރުން މަރެސްކާ ބުނީ މެޗުގައި ޗެލްސީގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި، ކުޅުންތެރިން ކުރި މަސައްކަތް ބަަލައި ގަންނަ ކަމަށެވެ. ޚާއްސަކޮށް އެ މެޗުގައި ދެ ލަނޑު ޖެހި ކޯލް ޕާމާގެ ވާހަކަ މަރެސްކާ ވަނީ ފާހަގަ ކޮށްފަ އެވެ. އޭނާ ބުނީ ޕްރިމިއާ ލީގަކީ ވަރަށް ހުނަރުވެރި އަދި މޮޅެތި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ލީގެއް ކަމަށާއި، އެ ކުޅުންތެރިންގެ ތެރޭގައި ޕާމާ ހިމެނޭނެ ކަމަށެވެ.

ޓޮޓެންހަމް އަތުން ހޯދި މޮޅާ އެކު ޗެލްސީން ވަނީ ލީގު ތާވަލްގެ ދެ ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. މިހާތަނަށް ކުޅެފައިވާ 15 މެޗުން އެ ޓީމަށް ލިބެނީ 31 ޕޮއިންޓެވެ. ނުވަ މެޗުން ޗެލްސީ މޮޅުވެފައިވާއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ. އަދި ދެ މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

ޗެލްސީޓޮޓްނަމް ހޮޓްސްޕަރއެންޒޯ މަރެސްކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު