Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރިމިއަރ ލީގު

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025 | ހޯމަ 05:13

ޓޮޓެންހަމް އަތުން ވީ ބައްޔަކީ މި ސީޒަންގެ ލީގުގައި ޔުނައިޓެޑުގެ 12 ވަނަ ބައްޔެވެ. މިހާތަނަށް ކުޅެފައިވާ 25 މެޗުން 29 ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ 15 ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ފެބުރުއަރީ 2025 | ހޯމަ 05:13
މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ޓޮޓެންހަމްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެ އެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ޓޮޓެންހަމުން ލަނޑު ޖެހީ ވެސް ފުރަތަމަ ހާފުގަ އެވެ.

މެޗު ފަށައިގެން ކުރީ ކޮޅު ޔުނައިޓެޑުގެ ރަސްމުސް ހޮލުންޑް ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ލިބުނު ބޯޅަ އަނެއްކާ ވެސް ހޮލުންޑް ފޮނުވާލިއިރު، ޓޮޓެންހަމްގެ ކީޕަރުގެ އަތުގައި ޖެހިފައި ރީބައުންސަށް އައި ވަގުތު، ޑިއޭގޯ ޑަލޮޓް ފޮނުވާލި ނަމަވެސް، ޓޮޓެންހަމްގެ ކުޅުންތެރިޔަކު ވަނީ އެ ބޯޅަ ބްލޮކު ކޮށްފަ އެވެ.

އޭގެ ފަހުން މެޗުގެ 13 ވަނަ މިނެޓުގައި ޓޮޓެންހަމަށް ލީޑު ނަގައިދިނީ ޖޭމްސް މެޑިސަން އެވެ. އެއީ ޔުނައިޓެޑުގެ އޭރިޔާ ތެރެއިން ލޫކަސް ބާގްވެލް ފޮނުވާލި ބޯޅަ ޔުނައިޓެޑުގެ ކީޕަރުގެ އަތުގައި ޖެހި ރީބައުންސަށް އައި ވަގުތު، އެ ބޯޅަ ގޯލަށް ވައްދާލައިގެން މެޑިސަން ޖެހި ލަނޑެކެވެ.

އޭގެ ފަހުން ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދޭން އަލެހާންދްރޯ ގާނާޗޯ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ޑަލޮޓް އަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ވެސް ޓޮޓެންހަމްގެ ކީޕަރު ވަނީ ސަލާމަތްކޮށްފަ އެވެ.

ޓޮޓެންހަމް އަތުން ވީ ބައްޔަކީ މި ސީޒަންގެ ލީގުގައި ޔުނައިޓެޑުގެ 12 ވަނަ ބައްޔެވެ. މިހާތަނަށް ކުޅެފައިވާ 25 މެޗުން 29 ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ 15 ވަނައިގަ އެވެ. ޔުނައިޓެޑު އަތުން މޮޅުވި ޓޮޓެންހަމް އޮތީ 30 ޕޮއިންޓާ އެކު 12 ވަނައިގަ އެވެ.

ޕްރިމިއަރ ލީގުޓޮޓްނަމް ހޮޓްސްޕަރމެންޗެސްޓަރ ޔުނައިޓެޑް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް