Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގައި ކޮވިޑް ވެކްސިން ޖެހުން

ކޮވިޑާއި ދެކޮޅަށް ޝީ ވެކްސިން ޖައްސަވައިފި

ޝީ ވެކްސިން ޖައްސަވާފައިވަނީ އެގައުމުގައި މިހާރު ކުރިއަށްގެންދާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކެމްޕޭނަށް މީހުން އަހުލުވެރިކޮށް ވެކްސިން ޖެހުމަށް ހިތްވަރުދިނުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ޖުލައި 2022 | އާދީއްތަ 00:12
ޗައިނާގެ ރައީސް ޝީ ޖިންޕިން

ޗައިނާގެ ރައީސް ޝީ ޖިންޕިން

ޗައިނާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީ އާންމުން ވެކްސިން ޖެހުމަށް ހިތްވަރު ދިނުމުގެ ގޮތުން އެގައުމުގެ ރައީސް ޝީ ޖިންޕިން ކޮވިޑް ވެކްސިން ޖައްސަވައިފިއެވެ.

ޗައިނާގެ އިދާރާތަކާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ ޝީ ވެކްސިން ޖައްސަވާފައިވަނީ އެގައުމުގައި މިހާރު ކުރިއަށްގެންދާ ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމުގެ ކެމްޕޭނަށް މީހުން އަހުލުވެރިކޮށް ވެކްސިން ޖެހުމަށް ހިތްވަރުދިނުމަށްޓަކައި ކަމަށެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަންގެ ޑެޕިއުޓީ ހެޑް ޒެންގ ޔިޒިން ވިދާޅުވީ ރައީސް ޝީ އަދި ސަރުކާރުގެ އިސްވެރިން ވެކްސިން ޖެއްސުވުމަކީ ޗައިނާއިން އުފައްދާފައިވާ ވެކްސިންގެ އިތުބާރު އޮތްކަން ދައްކުވައިދޭނެ ހެތްކެއް ކަމަށެވެ. އަދި އާންމުގޮތެއްގައި ގައުމުގެ އިސްވެރިންގެ ސިއްހީ މިފަދަ މައުލޫމާތު ޗައިނާއިން އާންމު ނުކުރާނެއެވެ.

ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައިވަނީ ގައުމު އަލުން ހުޅުވާލުމަށްޓަކައި ވެކްސިންގެ ރޯލްއައުޓްގެ ސްޕީޑް ދަށް ކަމަށެވެ. ކޮވިޑްގެ ކޭސްތައް އެގައުމުގައި އިތުރުވެފައިވާއިރު، ޒީރޯ ކޮވިޑްގެ ސިޔާސަތުގެ ދަށުން ޓެސްޓުކުރުމުގެ ބޮޑު ހަރަކާތެއްގެ އިތުރުން ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މީގެ ތެރޭގައި އައިސޮލޭޓްވުމާއި ލޮކްޑައުން ކުރުމުގެ ފިޔަވަޅުތައް ހިމެނެއެވެ.

މިހާތަނަށް އައި އިރު ޗައިނާއިން 2.1 މިލިއަން ކޮވިޑް ކޭސް ފެނިފައިވެއެވެ. އަދި މިހާތަނަށް އައި އިރު އެޤައުމުގެ 14 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޗައިނާގެ ރައީސް ޝީ ޖީންޕިންގްޗައިނާކޮވިޑް-19

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު