Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒިކް ޗެމްޕިއަންޝިޕ

ބޮޑީބިލްޑިންގ ގައި ރަން މެޑަލް ހޯދި އަޒްނީން އަށް ވިލިނގިލިން ހޫނު މަރުޙަބާއެއް

އަޒްނީންގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ވިލިނގިލީ ކައުންސިލުން ވަނީ އޭނާއަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖުލައި 2022 | ހޮނިހިރު 19:37
އަޒްނީނަށް ވިލިނގިލިން މަރުޙަބާ ކިޔުމުގެ ތެރެއިން

އަޒްނީނަށް ވިލިނގިލިން މަރުޙަބާ ކިޔުމުގެ ތެރެއިން

ދާދި ފަހުން ނިމުނު އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރަން މެޑަލް ހޯދި އަޒްނީން ރަޝާދު އަށް އޭނާގެ އަމިއްލަ ރަށް ގއ.ވިލިނގިލިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

ކ.މާފުށީގައި ކުރިއަށް ދިޔަ މުބާރާތުގައި ވާދަކޮށް އަޒްނީން ވަނީ ސްޕޯޓްސް ފިޒީކް 170 ސީއެމް ކެޓަގަރީން ރަން މެޑަލް ހޯދާފައެވެ. އަޒްނީން ރަން މެޑަލް ހޯދީ ފައިނަލްގައި ޕާކިސްތާނާއި އިންޑިއާގެ އެތުލީޓުންގެ މައްޗަށް ކުރި ހޯދުމަށްފަހުއެވެ. މިއީ ރާއްޖޭގައި ބޭއްވި މި މުބާރާތުގައި ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑަލްއެވެ. އެއާއެކު އަޒްނީން ވެގެން ގޮސްފައިވަނީ ދިވެހިރާއްޖޭގައި ބޭއްވި އޭޝިއާ ބައްރުގެ މުބާރާތެއްގައި ވާދަކޮށް ރަން މެޑަލް ހޯދި ފުރަތަމަ އެތުލީޓަށެވެ.

ރަން މެޑަލް ހޯދުމަށްފަހު އަޒްނީން ވިލިނގިއްޔަށް ދިޔައީ ހޮނިހިރު ދުވަހުގެ ހަވީރުއެވެ. އެރަށު ކައުންސިލްއާއި، އެރަށުގެ މޭރީ ސްޕޯޓްސް ކްލަބުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ ނިކުމެ އަޒްނީނަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަޒްނީންގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ވިލިނގިލީ ކައުންސިލުން ވަނީ އޭނާއަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ދީފައެވެ.

ރާއްޖޭގައި ބޭއްވި ބޮޑީ ބިލްޑިން މުބާރާތުގައި ދިވެހި އެތުލީޓުން ވަނީ ޖުމުލަ ހަ މެޑަލް ހޯދާފައެވެ. އެއީ ތިން ރަން މެޑަލްއާއި، އެއް ރިހި މެޑަލްގެ އިތުރުން ދެ ބްރޯންޒް މެޑަލްއެވެ. އަޒްނީންގެ އިތުރުން ރަން މެޑަލް ހޯދީ  ބޮޑީ ބިލްޑިން 55 ކެޓަގަރީގައި ވާދަކުރި މުޙައްމަދު މޫސާ (މޯޑު) އާއި އެތުލެޓިކް ފިޒީކް 175 ސީއެމް ކެޓަގަރީގައި ވާދަކުރި ހުސައިން ހިމްޔާނެވެ.

މީގެ އިތުރުން އެެތުލެޓިން ފިޒީކް 160 ސީއެމް ކެޓަގަރީގައި ވާދަކޮށް ރާއްޖޭގެ ފަތުހުﷲ މުޙައްމަދު ރިހި މެޑަލް ހޯދިއިރު، އެ ކެޓަގަރީގެ ބްރޯންޒް ހޯދީ ރާއްޖޭގެ މުޙައްމަދު ޒިދާންއެވެ. ރާއްޖެއަށް ދެން ބްރޯންޒް މެޑަލް ހޯދައިދިނީ، އޯވާ 180 ސީއެމް ކެޓަގަރީގައި ވާދަކޮށް މުޙައްމަދު އިމްރާހުއެވެ.

އަޒްނީން ރަޝާދު މޯލްޑިވްސް ބޮޑީ ބޯޑީން އެސޯސިއޭޝަންގއ. ވިލިނގިލިއޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025
130 ކިލޯ ޑްރަގު އެތެރެކުރި މައްސަލާގައި ޝަހީބު އުމުރަށް ޖަލަށް

130 ކިލޯ ޑްރަގު އެތެރެކުރި މައްސަލާގައި ޝަހީބު އުމުރަށް ޖަލަށް

20 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު