Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިލިނގިލި އިހުތިޖާޖް

ވިލިނގިލި ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ، ދެ މައިންގެ ފުރާނަ ގެއްލުމާއި ގުޅިގެން ރައްޔިތުންގެ ބޮޑު އިހްތިޖާޖެއް

އިހުތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:30 ގައި ހޮސްޕިޓަލް ކުރިމަތިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 8 ފެބުރުއަރީ 2025 | ހޮނިހިރު 11:34
ވިލިގިލި ހޮސްޕިޓަލް

ވިލިގިލި ހޮސްޕިޓަލް

ގއ. ވިލިނގިލި ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު ދަށްވެ މަންމައަކާއި ކުޑަ ދަރިފުޅުގެ ފުރާނަ ގެއްލުމާއި ގުޅިގެން އެ ރަށުގައި ބޮޑު އިހުތިޖާޖެއް ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެއެވެ.

ވިލިނގިލީ ހޮސްޕިޓަލުން ރަނގަޅު ފަރުވާއެއް ނުދެވި، ދުވަސް ނުފުރައި ވިހެއި ހާލު ބޮޑު މާބަނޑު އަންހެނަކާއި ދަރިފުޅު އެކިއެކުގައި ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެންނައުމަށް މަސައްކަތް ކުރަމުން ދަނިކޮށް ކުއްޑޫ އެއާޕޯޓުގައެވެ.

Advertisement - newsAdvertisement

އެ ދެމައިން ނިޔާވި ހިތާމަވެރި ހާދިސާގައި ބައެއް އިހުމާލު އޮތް ކަމަށް ނިޔާވި ޝިއުނާގެ އާއިލާއިން އަންނަނީ ތުހުމަތުކުރަމުންނެވެ. އެގޮތުން، ވިލިނގިލީ ހޮސްޕިޓަލާއި އެއަރ އެމްބިއުލޭންސުގެ އިހުމާލު އެކަމުގައި އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި މި މައްސަލަ ހެލްތު މިނިސްޓްރީން ބަލަން ފަށައިފާފައިވާ ކަމަށް އެ މިނިސްޓްރީންވަނީ މައުލޫމާތު ދީފައެވެ.

ވިލިނގިލީ ހޮސްޕިޓަލުގެ ސިއްޚީ ޚިދުމަތުގެ ފެންވަރު ދައްކަމުގެ ވާހަކަ އެހިސާބުގެ ރައްޔިތުން އަބަދުވެސް ދައްކަމުން އަންނައިރު، އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ރަނގަޅު ސިއްޚީ ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުތަކުން މަސައްކަތް ނުކުރާކަމަށް ވެސް ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ހިއްސާކުރި ބައެއް ފަރާތްތަކުން ބުނީ އެ ރަށުގެ ހޮސްޕިޓަލް ގެ ފެންވަރަކީ އާންމު ބަލިތަކަށް ޕެންޑޯލް ގުޅައެއް ލިބޭ އާދައިގެ ސިއްޚީ މަރުކަޒެއްގެ ފެންވަރެވެ. ސަރުކާރުތަކުން އެއްވެސް ވަރަކަށް އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ނުދާކަމަށް ވެސް އެފާރާތްތަކުން ބުނެއެވެ.

ވިލިނގިލީގެ ހޮސްޕިޓަލުން ރަނގަޅު ސިއްޚީ ޚިދުމަތްތަކެއް ދެވެން ނެތުމުން އެކަމާއި ގުޅިގެން ރައްޔިތުންގެ އޮތް ކަންބޮޑުވުންތަކުގެ އަޑު ކަމާއިބެހޭ ފަަރާތްތަކަށް އިއްވުމަށް ސުލްހަވެރި އިހްތިޖާޖެއް ކުރުމަށްދަނީ ތައްޔާރުވަމުންނެވެ.

ނަމަވެސް މި އިހްތިޖާޖުގައި ބައިވެރި ނުވުމަށް ބުނެ، ފެނަކަ މުވައްޒަފުންނަށް އިންޒާރު ދީފައިވާ ކަމުގެ މައުލޫމާތު "ރާއްޖެ އެމްވީ" އަށް ވަނީ ލިބިފައެވެ. އެގޮތުން މި އިހްތިޖާޖުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެކަމަށް އެޗްއާރުންވަނީ އަންގާފައެވެ. މި އިހުތިޖާޖުގައި ބައިވެރި ނުވުމަށް އިންޒާރުދީ ވިލިނގިލި ފެނަކަ ވަޓްސްއެޕް ގުރޫޕަށް އެޑްމިން އެންޑް އެޗްއާރުން ފޮނުވާފައިވާ މެސެޖެއްގެ ސްކްރީންޝޮޓެއްވެސް ރާއްޖެ އެމްވީއަށް ވަނީ ލިބިފައެވެ.

މި އިހްތިޖާޖު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:30 ގައި ގއ ވިލިނގިލި ހޮސްޕިޓަލް ކުރިމަތީގައި އޮންނަ ހުސް ބިމުގައެވެ. އަދި އިހުތިޖާޖުގެ ބައިވެރިން ކަޅު ކުލައިގެ ހެދުންލުމަށްވެސް ނިންމާފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

ވިލިނގިލިގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

18 އޮކްޓޯބަރު 2017
ވިލިނގިލިގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ފުލުހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
04 އޮކްޓޯބަރު 2017

ރަށްރަށަށް ފޯރުކޮށްދޭ ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގު ހެޔޮ ކުރެވޭނެ ގޮތެއް ނެތް!

04 އޮކްޓޯބަރު 2017
ރަށްރަށަށް ފޯރުކޮށްދޭ ފެނާއި ކަރަންޓްގެ ޚިދުމަތުގެ އަގު ހެޔޮ ކުރެވޭނެ ގޮތެއް ނެތް!
20 އޯގަސްޓު 2017

ގއ ވިލިނގިލިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

20 އޯގަސްޓު 2017
ގއ ވިލިނގިލިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
28 ޖުލައި 2017

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހައްޔަރުކޮށްފި

28 ޖުލައި 2017
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހައްޔަރުކޮށްފި
27 ޖުލައި 2017

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހޯދުމަށް ފުލުހުން އިއުލާންކޮށްފި

27 ޖުލައި 2017
ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ހޯދުމަށް ފުލުހުން އިއުލާންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު