Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭކޭއައިއެލްއެފް ޔޫތު ޗެމްޕިއަންޝިޕް

ފަހަތުން އަރައި ހިރިލަންދޫއިން ތިމަރަފުށި ބަލިކޮށްފި

ހިރިލަންދޫން މެޗު ކާމިޔާބުކުރީ 4-3 ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ޖުލައި 2022 | ހޮނިހިރު 15:00
މިއަދުގެ މެޗުގެ ތެރެއިން

މިއަދުގެ މެޗުގެ ތެރެއިން

އޭކޭއައިއެލްއެފް ޔޫތު ޗެމްޕިއަންޝިޕައި ފަހަތުން އަރައި ތިމަރަށު ބަލިކޮށް ހިރަލަންދޫން ސީދާ ފައިނަލްގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ތިމަރަފުށިން ވަނީ ވިލުފުށި ބަލިކޮށްފައެވެ. އެހެންކަމުން މިއަދުގެ މެޗުގައި ހިރިލަންދޫ ބަލިކޮށްގެން، ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު ތިމަރަފުއްޓަށް އޮތެވެ. ނަމަވެސް މެޗުގައި ހިރިލަންދޫން ވަނީ 4-3 ން ތިމަރަފުށި ބަލިކޮށްފައެވެ.

މެޗު ފަށައިގެން ކުރީކޮޅު ހިރިލަންދޫން ވަނީ ދެ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ހިރިލަންދޫއަށް ލީޑު ނަގައިދިނީ ޒައިދާން އީސާއެވެ. އޭގެ ހަތަރު މިނެޓު ފަހުން ހިރިލަންދޫއަށް ނަތީޖާ ފުޅާކޮށްދިނީ އަޙުމަދު ޝާމިންއެވެ. ލީޑުގައި އޮވެ ހިރިލަންދޫން ކުޅެމުން ދިޔަ ނަމަވެސް، ތިމަރަފުށިން ވަނީ ފަހަތުން އަރައި އެއްވަރުކޮށް، ލީޑު ވެސް ހޯދާފައެވެ. އެއީ މެޗުގެ 16 ވަނަ މިނެޓުގައި އަޝްފާގު އަޙުމަދު ޖެހި ލަނޑާއި، 39 ވަނަ މިނެޓުގައި އަޙުމަދު އަފްލާޒް ޖެހި ލަނޑުގެ އިތުރުން 73 ވަނަ މިނެޓުގައި އަޙުމަދު ޙައިލަމް ޖެހި ލަނޑުންނެވެ.

ތިމަރަފުށިން ލީޑު ނަގާފައި ވަނިކޮށް، ހިރިލަންދޫން ވަނީ ފަހު ވަގުތު ދެ ގޯލު ޖަހާފައެވެ. މެޗުގެ 86 ވަނަ މިނެޓުގައި ޢަބްދުﷲ އިޝާން ހިރިލަންދޫއަށް ނަތީޖާ ހަމަހަމަކޮށްދިންއިރު، ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ތިން މިނެޓުގެ ތެރޭގައި މުޙައްމަދު ޝަމްހާން ވަނީ ހިރިލަންދޫ މޮޅުވި ލަނޑު ޖަހައިދީފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހިރިލަންދޫގެ އިޝާންއެވެ.

ތިން ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލުގެ ފުރަތަަމަ ޖާގަ ލިބޭނީ އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމަށެވެ. ދެ ވަނަ ޖާގަ ހޯދުމަށް، ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ސެމީ ފައިނަލެެއް ކުޅެން ޖެހެއެވެ. މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި ހޯމަ ދުވަހު ވިލުފުށި ބަލިކޮށްގެން ސީދާ ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު ހިރިލަންދޫއަށް އެބަ އޮތެވެ.

މި މުބާރާތަކީ ރައިސިން ސްޓަރސް ފޯ ވިލުފުށި ރެކްރިއޭޝަން (އާރުއެސްވީއާރު)ގެ ފަރާތުން އިންތިޒާމުކޮށްގެން ތ.އަތޮޅަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތެކެވެ. މިއީ އާރުއެސްވީއާރުގެ ފަރާތުން 2021 ވަނަ އަހަރު ބާއްވަން ފެށި މުބާރާތެވެ. އެއަހަރު މުބާރާތް ކާމިޔާބުކުރީ ހިިރިލަންދޫ އިންނެވެ.

އޭކޭއައިއެލްއެފް ޔޫތު ޗެމްޕިއަންޝިޕް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިމަރަފުށި ބަލިކޮށް ހިރިލަންދޫން ތަށި ދިފާއުކޮށްފި

ތިމަރަފުށި ބަލިކޮށް ހިރިލަންދޫން ތަށި ދިފާއުކޮށްފި

30 ޖުލައި 2022
ބޮޑު ތަފާތަކުން ވިލުފުށި ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ތިމަރަފުއްޓަށް

ބޮޑު ތަފާތަކުން ވިލުފުށި ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ތިމަރަފުއްޓަށް

28 ޖުލައި 2022
ވިލުފުށި ބަލިކޮށް ހިރިލަންދޫ ފައިނަލަށް

ވިލުފުށި ބަލިކޮށް ހިރިލަންދޫ ފައިނަލަށް

26 ޖުލައި 2022
އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

11 އެޕްރީލު 2017
ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

ކްރިސްޓަލް ޕެލަސްއިން ފަހަތުންއަރާ ޗެލްސީ ބަލިކޮށްފި

02 އެޕްރީލު 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު