Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭކޭއައިއެލްއެފް ޔޫތު ޗެމްޕިއަންޝިޕް

ބޮޑު ތަފާތަކުން ވިލުފުށި ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ތިމަރަފުއްޓަށް

28 ޖުލައި 2022 | ބުރާސްފަތި 02:56

ވިލުފުށީގެ މައްޗަށް ތިމަރަފުށިން ކުރި ހޯދީ 6-0 ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ޖުލައި 2022 | ބުރާސްފަތި 02:56
ސެމީ މެޗުގެ ތެރެއިން

ސެމީ މެޗުގެ ތެރެއިން

އޭކޭއައިއެލްއެފް ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ވިލުފުށީގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯދައި ފައިނަލްގެ ފަހު ޖާގަ ތިމަރަފުށިން ހޯދައިފިއެވެ.

ކުޅުނު ދެ މެޗުން މޮޅުވެ ސީދާ ފައިނަލްގެ ޖާގަ ލިބުނީ އެންމެ ފަހުގެ ޗެމްޕިއަން ހިރިލަންދޫއަށެވެ. ދެ ވަނަ ލިބުނު ތިމަރަފުއްޓާއި، ތިން ވަނަ ލިބުނު ވިލުފުށި ކުޅުނު ސެމީ މެޗު ތިމަރަފުށިން ކާމިޔާބުކުރީ 6-0 ންނެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ތިމަރަފުށީގެ ފުރަތަމަ ލަނޑު ޖެހީ އަޙުނަފް އަޙުމަދެވެ. އޭގެ ދެ މިނެޓު ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި ތިމަރަފުއްޓަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން 13 ވަނަ މިނެޓުގައި ތިމަރަފުއްޓަށް ލީޑު އިތުރަށް ފުޅާވީ، ވިލުފުށީގެ އާދަމް މާނިއު ބައިކޮޅަށް ޖެހި ލަނޑަކުންނެވެ. އޭގެ ދެ މިނެޓު ފަހުން އަޙުމަދު ހައިލަމް ވަނީ ތިމަރަފުށީގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި އަޙުނަފް ވަނީ ތިމަރަފުށީގެ ފަސް ވަނަ ލަނޑު ޖަހައި، އޭނާގެ ހެޓްރިކް ހަމަކޮށްފައެވެ. ތިމަރަފުށީގެ ހަ ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައެވެ. އެއީ 67 ވަނަ މިނެޓުގައި އަނޫސް އަޙުމަދު ޖެހި ލަނޑެކެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ތިމަރަފުށީގެ ތިން ލަނޑު ޖެހި އަޙުނަފް އެވެ. މުބާރާތުގެ ފައިނަލްގައި ހުކުރު ދުވަހުގެ ހަވީރު ތިމަރަފުށި ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ހިރިލަންދޫއާ ދެކޮޅަށެވެ.

މި މުބާރާތަކީ ރައިސިން ސްޓަރސް ފޯރ ވިލުފުށި ރެކްރިއޭޝަން (އާރުއެސްވީއާރު)ގެ ފަރާތުން އިންތިޒާމުކޮށްގެން، ތ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތެކެވެ. މިއީ އާރުއެސްވީއާރުގެ ފަރާތުން 2021 ވަނަ އަހަރު ބާއްވަންފެށި މުބާރާތެވެ. އެއަހަރު މުބާރާތް ކާމިޔާބުކުރީ ހިިރިލަންދޫއިންނެވެ.

އޭކޭއައިއެލްއެފް ޔޫތު ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

30 ޖުލައި 2022

ތިމަރަފުށި ބަލިކޮށް ހިރިލަންދޫން ތަށި ދިފާއުކޮށްފި

30 ޖުލައި 2022
ތިމަރަފުށި ބަލިކޮށް ހިރިލަންދޫން ތަށި ދިފާއުކޮށްފި
26 ޖުލައި 2022

ވިލުފުށި ބަލިކޮށް ހިރިލަންދޫ ފައިނަލަށް

26 ޖުލައި 2022
ވިލުފުށި ބަލިކޮށް ހިރިލަންދޫ ފައިނަލަށް
23 ޖުލައި 2022

ފަހަތުން އަރައި ހިރިލަންދޫއިން ތިމަރަފުށި ބަލިކޮށްފި

23 ޖުލައި 2022
ފަހަތުން އަރައި ހިރިލަންދޫއިން ތިމަރަފުށި ބަލިކޮށްފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް