Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭކޭއައިއެލްއެފް ޔޫތު ޗެމްޕިއަންޝިޕް

ތިމަރަފުށި ބަލިކޮށް ހިރިލަންދޫން ތަށި ދިފާއުކޮށްފި

30 ޖުލައި 2022 | ހޮނިހިރު 02:22

ފައިނަލްގައި ތިމަަފުށީގެެ މައްޗަށް ހިރިލަންދޫން ކުރި ހޯދީ 4-3 ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2022 | ހޮނިހިރު 02:22
ޗެމްޕިއަންކަން ހޯދި ހިރިލަންދޫ ޓީމު

ޗެމްޕިއަންކަން ހޯދި ހިރިލަންދޫ ޓީމު

އޭކޭއައިއެލްއެފް ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި ތިމަރަފުށި ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ހިރިލަންދޫން ތަށި ދިފާއުކޮށްފިއެވެ.

މި މުބާރާތުގައި މީގެ ކުރިން މި ދެ ޓީމު ވާދަކުރިއިރު، އެ މެޗު ވެސް ކާމިޔާބުކުރީ ހިރިލަންދޫއެވެ. ފައިނަލްގައި ތިމަަފުށީގެެ މައްޗަށް ހިރިލަންދޫން ކުރި ހޯދީ 4-3 ންނެވެ.

ފައިނަލް މެޗުގައި ފުރަތަމަ ލީޑު ލިބުނީ ތިމަރަފުއްޓަށެވެ. އެއީ މެޗުގެ 10 ވަނަ މިނެޓުގައި ހިރިލަންދޫގެ މުޙައްމަދު ޝިޔާންގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން ހިރިލަންދޫއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިސްމާއިލް އަޒުހާންއެވެ. ހިރިލަންދޫގެ ލީޑު އެ ޓީމަށް ފުޅާކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި މުޙައްމަދު ނިޝާހުއެވެ. އޭގެ މިނެޓެއް ފަހުން އަލީ ތާހިރު ވަނީ ލަނޑެއް ޖަހައި ތިމަރަފުއްޓަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ހިރިލަންދޫ އިން ވަނީ އަނެއްކާ ވެސް ލީޑު ނަގާފައެވެ. އެއީ 32 ވަނަ މިނެޓުގައި އަޒުހާން ޖަހައިދިން ލަނޑެކެވެ. ދެ ވަނަ ހާފު ފަށައިގެން ލީޑު ގައި އޮވެ ކުޅެމުން ގޮސް، ހިރިލަންދޫގެ ހަތަރު ވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޖަހައިދިނީ ޒައިދާން އީސާއެވެ. މެޗު ނިމެން އެއް މިނެޓަށް ވެފައި ވަނިކޮށް، ތިމަރަފުށީގެ ތިން ވަނަ ލަނޑު ޖެހީ އަލީ އިލްމާންއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެމްޕިއަން ހިރިލަންދޫގެ ޒައިދާންއެވެ.

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޗެމްޕިއަން ހިރިލަންދޫގެ މުޙައްމަދު އަޒްމީންއެެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ އެ ޓީމުގެ މުޙައްމަދު އަޒްލީމްއެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ހިރިލަންދޫގެ މުޙައްމަދު ނިޝާހުއެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެ ޓީމުގެ ޢަބްދުﷲ އިޝާންއެވެ.

މި މުބާރާތަކީ ރައިސިން ސްޓަރސް ފޯރ ވިލުފުށި ރެކްރިއޭޝަން (އާރުއެސްވީއާރު)ގެ ފަރާތުން އިންތިޒާމުކޮށްގެން، ތ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ. އާރުއެސްވީއާރުގެ ފަރާތުން 2021 ވަނަ އަހަރު ބާއްވަންފެށި މި މުބާރާތަކީ 23 އަހަރުން ދަށުގެ އުމުރުފުރާއަށް ބާއްވާ މުބާރާތެކެވެ. އެއަހަރު މުބާރާތް ކާމިޔާބުކުރީ ވެސް ހިިރިލަންދޫއިންނެވެ.

އޭކޭއައިއެލްއެފް ޔޫތު ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

28 ޖުލައި 2022

ބޮޑު ތަފާތަކުން ވިލުފުށި ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ތިމަރަފުއްޓަށް

28 ޖުލައި 2022
ބޮޑު ތަފާތަކުން ވިލުފުށި ބަލިކޮށް ފައިނަލްގެ ފަހު ޖާގަ ތިމަރަފުއްޓަށް
26 ޖުލައި 2022

ވިލުފުށި ބަލިކޮށް ހިރިލަންދޫ ފައިނަލަށް

26 ޖުލައި 2022
ވިލުފުށި ބަލިކޮށް ހިރިލަންދޫ ފައިނަލަށް
23 ޖުލައި 2022

ފަހަތުން އަރައި ހިރިލަންދޫއިން ތިމަރަފުށި ބަލިކޮށްފި

23 ޖުލައި 2022
ފަހަތުން އަރައި ހިރިލަންދޫއިން ތިމަރަފުށި ބަލިކޮށްފި
30 ޖެނުއަރީ 2017

އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި

30 ޖެނުއަރީ 2017
އޮސްޓްރޭލިއަން އޯޕަން: ނަޑާލް ބަލިކޮށް 18 ވަނަ ގްރޭންޑް ސްލޭމް ފެޑެރާ އުފުލާލައިފި
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް