Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮލިމްޕަސް ތަރައްގީކުރުން

ސެޕްޓެމްްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތްކުރަނީ

22 ޖުލައި 2022 | ހުކުރު 02:07

އޮލިމްޕަސް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މާޗް 8 ވަނަ ދުވަހު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 22 ޖުލައި 2022 | ހުކުރު 02:07
އޮލިމްޕަސް

އޮލިމްޕަސް

އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތް ނިންމައި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެތަން ހުޅުވުމަށް މަސައްކަތްކުރަމުންދާކަމަށް ނެޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އިން ބުނެފިއެވެ.

އޮލިމްޕަސް އިމާރާތުގެ އާބާތުރަ ފިލުވައި، ވަސީލަތްތައް ތަރައްގީކުރުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާރޗް 8 ވަނަ ދުވަހުއެވެ. އެންސީއޭއިން ވަނީ މި މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފައެވެ.

Advertisement - newsAdvertisement

އެންސީއޭއިން ބުނީ އޮލިމްޕަސް އިމާރާތުގެ ބޭރުފަރުތަކާއި، ހުޅަނގު ފަރާތު ކޮރިޑޯގެ ފާރުތައް މަރާމާތުކޮށް ކުލަލުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި އޮލިމްޕަހުގެ ހުޅަނގު ފަރާތުގައި ކުރިން ބޭނުންކުރި އޭޓީއެމް ހުރިބައި އޮލިމްޕަހުގެ ކެންޓީނެއްގެ ގޮތުގައި ބޭނުންކުރުމަށް އެތެރޭގެ ފާރުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަރައްގީކުރަމުންދާކަމަށް އެންސީއޭއިން ބުނެފައިވެއެވެ.

އެންސީއޭއިން ބުނީ އޮލިމްޕަސް ހޯލްގެ ސަވައިލަންސް ކޮންޓްރޯލްއާއި، މެނޭޖްމެންޓް ރޫމްގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. ޕްރޮޖެކްޓަރާއި، ހޯލްގެ ސަރައުންޑް ސައުންޑް އިންސްޓޯލް ކުރުމަށް ސިންގަލްސޯސް ބިޑެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ބަޔަކު ހޯދައި އޭޕްރިލް 18 ވަނަ ދުވަހު އެފަރާތުން ހުށަހެޅި ޕްރޮޕޯސަލާއި ގުޅިގެން ގާނޫނާއި ގަވާއިދުގެ ތެރެއިން ބިޑް ކޮމިޓީން ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެންސީއޭއިން ބުނެފައިވެއެވެ.

މީގެއިތުރުން ރިހާސަލް ރޫމްތަކާއި، ކަރަންޓު ވައިރިންގެ މަސައްކަތް ކުރެވެމުންދާކަމަށް އެންސީއޭއިން ބުނެފައިވެއެވެ. ރީހާސަލް ރޫމްތަކާއި ހޯލުގެ އެކޯސްޓިކް މެޓީރިއަލް ހޯދުމަށް ބަޔަކާ ހަވާލުކޮށް އެފަރާތައް މަސައްކަތް ކުރިއަށްނުގެންދެވުމުން އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް އެންސީއޭއިން ވަނީ ބުނެފައެވެ. އަދި މިހާރު މި މަސައްކަތް އެސްޓީއޯއާ ހަވާލުކޮށްގެން ކުރިއަށްގެންދާކަމަށް ބުނެފައިވެއެވެ.

ފިލްމި ސްކްރީން ކުރުމަށް ބޭނުންވާ ސްކްރީން ހޯދުމަށް 3 ފަހަރަށް އިއުލާނު ކުރުމުންވެސް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގެއްގައި ހުށަހަޅާތީ، ސިންގަލް ސޯސްކޮށް ސްކްރީން ހޯދުމަށް ބަޔަކަށް ހުށަހަޅައި، އެ ފަރާތުގެ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އެންސީއޭއިން ބުނެފައިވެއެވެ.

އަދި އޮލިމްޕަހުގައި ހިންގާ އެކި ހަރަކާތްތައް އިޝްތިހާރުކުރުމަށް އޮލިމްޕަހުގެ މައި ގޭޓް މަތީގައި ލެޑް ޕެނަލްއެއް ބެހެއްޓުމަށް އިއުލާނުކޮށް، އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވާކަމަށް އެންސީއޭއިން ބުނެއެވެ. ލެޑް ޕެނަލް ރާއްޖެ ގެނެސްފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ކަސްޓަމްސްއިން ކްލިއަރ ކުރުމުގެ މަސައްކަތް ކަމަށް އެންސީއޭއިން ބުނެފައިވެއެވެ.

އަދި އެސްޓީއޯއާ ގުޅިގެން އޮލިމްޕަސް ސްޓޭޖަށް ބޭނުންވާ ސައުންޑާއި، ލައިޓް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ސްޓޭޖް ސައުންޑާއި ލައިޓްސްގެ ކޮންޓްރޯލް ގާއިމްކުރުމަށް ތައްޔާރުކުރާ ޕްލެޓްފޯމްގެ މަސައްކަތް މިމަސް ތެރޭގައި ފެށޭނެ ކަމަށް އެންސީއޭއިން ބުނެފައިވެއެވެ.

އެންސީއޭއިން ބުނީ އޮލިމްޕަހުގެ މަސައްކަތްތައް އެކި ފަރާތްތަކާ ހަވާލުކޮށްގެން ބައެއް ފަރާތްތަކުގެ މަސައްކަތް ލަސްވެފައިވަނީ ކޮވިޑް-19އާއި، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ބޭރުން ގެންނަންޖެހޭ ތަކެތި ނުގެނެވި ލަސްވަމުންދާތީ ކަމަށެވެ. އެހެންނަމަވެސް އުންމީދަކީ އޮލިމްޕަސް މަރާމާތުކޮށް ތަރައްގީކުރުމުގެ މަސައްކަތް ނިމި، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ޒަމާނީ ވަސީލަތްތަކާއެކު އޮލިމްޕަހުގެ ޚިދުމަތް ދޭން ފެށުން ކަމުގައި އެންސީއޭއިން ބުނެފައިވެއެވެ.

އޮލިމްޕަސް ހޯލް އަޕްގްރޭޑިން ޕްރޮޖެކްޓަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން ހިންގަމުންދާ މަޝްރޫއެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
01 ފެބުރުއަރީ 2017

ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް

01 ފެބުރުއަރީ 2017
ޓްރާންސްޕޯޓްގެ ޗެއާމަނަކަށް މަހުދީ، ނާފިޒް އިކޮނޮމިކްގެ ނައިބަކަށް
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް