Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ޗެމްޕިއަންޝިޕް

ހާސިލްކުރެވުނީ އެތައް ދުވަހެއްގެ އުންމީދު، ކާމިޔާބުކުރެވުނީ ބުރަ މަސައްކަތުން

21 ޖުލައި 2022 | ބުރާސްފަތި 17:56

އަޒްނީން ވަނީ ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީން ރަން މެޑަލް ހޯދާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ޖުލައި 2022 | ބުރާސްފަތި 17:56
އަޒްނީން ރަޝާދު

އަޒްނީން ރަޝާދު

އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒިކް ޗެމްޕިއަންޝިޕްގައި ރަން މެޑަލެއް ހޯދުމަކީ އެތައް ދުވަހެއްގެ އުންމީދެއް ކަމަށާއި، އެކަން ކާމިޔާބުކުރެވުނީ ބުރަ މަސައްކަތުން ކަމަށް އަޒްނީން ރަޝާދު ބުނެފިއެވެ.

ކ. މާފުށީގައި ބޭއްވި މުބާރާތުން އަޒްނީން ވަނީ ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީން ރަން މެޑަލް ހޯދާފައެވެ. މިއީ މި މުބާރާތުގައި ރާއްޖެއިން މިއަހަރު ހޯދި ފުރަތަމަ ރަން މެޑަލެވެ. މި މުބާރާތުގައި ހޯދި ދެ ވަނަ ރަން މެޑަލެވެ.

އަޒްނީން ބުނީ އަމިއްލަ ފަސްގަނޑުގައި އޮތް ބައިނަލްއަގުވާމީ ބޮޑު މުބާރާތަކުން ރަން މެޑަލެއް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ. އެކަމަށްޓަކައި ޝުކުރުކުރާކަން ފާހަގަކުރަމުން އޭނާ ބުނީ، އެ ކާމިޔާބަކީ ވަރަށް ގިނަ ދުވަހުގެ އުންމީދު ކަމަށެވެ. އަޒްނީން ބުނީ، 2019 ވަނަ އަހަރު އޮތް މުބާރާތުގައި އޭނާއަށް ލިބުނީ ހަތަރުވަނަ ކަމަށެވެ. އެފަހަރުގެ މުބާރާތަށްފަހު، ދެން އޭނާ އައީ މިއަހަރުގެ މުބާރާތުން ރަން މެޑަލް ހޯދުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރަމުންނެވެ. އަޒްނީން ފާހަގަކުރިގޮތުގައި އޭނާއަށް ލިބުނު ކާމިޔާބަކީ ފާއިތުވި ހަތަރު ވަރަކަށް އަހަރުގެ ތެރޭގައި އޭނާ ކުރި މަސައްކަތުގެ ފޮނި ނަތީޖާއެވެ. އެކަމާ އޭނާ އުފާވާކަމަށް އަޒްނީން ބުންޏެވެ.

އޭނާ ބުނީ މިއަހަރުގެ މުބާރާތަށް ތައްޔާރުވަމުން އައީ ވަރަށް ބުރަކޮށް ކަމަށެވެ. އެގޮތުން ޔޫތު މިނިސްޓްރީއާއި ބޮޑީ ބިލްޑިންގ އެސޯސިއޭޝަންގެ އެހީތެރިކަމާއެކު ދުނިޔޭގެ ފެންވަރުގެ ކޯޗެއްގެ އިރުޝާދު ލިބުނުކަން ފާހަގަކުރިއެވެ. މުބާރާތަށް ވަރުގަދަ ޓީމެއް ނެރެން ބޭނުންވާނަމަ، ވަރުގަދަ ކޯޗެއްގެ އިރުޝާދު މުހިންމުކަން ފާހަގަކުރަމުން އޭނާ ބުނީ، ހަމަޖެހުނު ކޯޗާއެކު ޓްރެއިނިންގއާއި ޑައިޓްތައް އުނދަގޫވާނެކަން އެނގުނުކަމަށެވެ. އަދި މުބާރާތަށް ތައްޔާރުވުމުގެ ޓްރެއިނިންގއާއި ޑައިޓްތައް އެހެން އަހަރުތަކަށްވުރެ މިފަހަރު އުނދަގޫވިކަމަށެވެ.

މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކުގެ އެތުލީޓުންނާ ބެހޭގޮތުން އަޒްނީން ބުނީ، އެހެން ގައުމުތަކުގެ އެތުލީޓުންނަށްވުރެ ދިވެހި އެތުލީޓުން މިހާރު ދަށްނުވާނެކަމަށެވެ. ބޮޑީ ބިލްޑިންގ އަދި ފިޒިކްސްއަށް ބެލިނަމަވެސް، އިންޑިއާއާއި ޕާކިސްތާނު ފަދަ ގައުމުތަކާމެދު މިހާރު ބިރު ގަންނަން ނުޖެހޭކަމަށް އޭނާ ބުންޏެވެ.

އަޒްނީން ބުނީ ކުރިއަށް އޮތީ ވޯރލްޑް ޗެމްޕިއަންޝިޕްކަމަށާއި، އެ މުބާރާތުގައި މީގެ ދެގުނަ މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އަދި އެ މުބާރާތަށް އޭނާއާއި މުޅި ދިވެހި ޓީމު ތައްޔާރުވާނީ މިހާރަށްވުރެ ވަރުގަދަކޮށް، ޑިސިޕްލިން ރަނގަޅުކޮށްކަމަށެވެ. މީގެ އިތުރުން ވޯރލްޑް ޗެމްޕިއަންޝިޕަށް ނިކުންނާނީ މި ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރުމުގެ އުންމީދުގައި ކަމަށާއި، އިރާދަކުރެއްވިއްޔާ އެކަން ކާމިޔާބުކުރެވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން

25 މާރިޗު 2017

އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި

25 މާރިޗު 2017
އޭވީސީ ސެންޓްރަލް ޒޯން: ކިރިގިސްތާން ބަލިކޮށް ތުރުކަމިނިސްތާން ފައިނަލްގެ އުންމީދު އާކޮށްފި
18 މާރިޗު 2017

ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި

18 މާރިޗު 2017
ޕްރިމިއާ ލީގު: ވެސްޓްބްރޮމް އިން އާސެނަލްގެ އުންމީދުތައް ފުނޑުފުނޑުކޮށްލައިފި
08 މާރިޗު 2017

އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް

08 މާރިޗު 2017
އަޝްފާގުގެ އިންޖަރީއަކީ ކަންބޮޑުވުމެއް، އިމްރާން އެނބުރި އަންނާނެ ކަމަށް އުންމީދުކުރަން: ސްޓެވާޓް
25 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި

25 ފެބުރުއަރީ 2017
 އޭއެފްސީ ކަޕް: ގްރޫޕް ސްޓޭޖުން ޖާގަ ހޯދުމުގެ އުންމީދުގައި ވެލެންސިއާ ކަލްކަތާއަށް ފުރައިފި
22 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

22 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ސިޓީ އަދި އެޓްލެޓިކޯ މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
16 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި

16 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ރެއާލް އަދި ބަޔާން މޮޅުވެ ކުއާޓާގެ އުންމީދު އާކޮށްފި
15 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި

15 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގު: ބޮޑު ތަފާތަކުން ބާސާ ބަލިކޮށް ޕީއެސްޖީ ކުއާޓާގެ އުންމީދު ބޮޑުކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް