Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޓީއެލް ބަހުގެ ޚިދުމަތް

އާރްޓީއެލް ބަހުގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް ތައްޔާރުވެއްޖެ

ފުރަތަމަ ޝިޕްމަންޓްގައި 36 ބަސް ވަނީ ރާއްޖެގެނެވިފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ޖުލައި 2022 | ބުދަ 11:22
އާރްޓީއެލްގެ ދަށުން ޚިދުމަތްދިނުމަށް ގެނައި ކުދި ބަސްތައް

އާރްޓީއެލްގެ ދަށުން ޚިދުމަތްދިނުމަށް ގެނައި ކުދި ބަސްތައް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް މާލެއާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

އެގޮތުން 16 ޖުލައި 2022 ވަނަ ދުވަހު ފުރަތަމަ ޝިޕްމަންޓްގައި 36 ބަސް ވަނީ ރާއްޖެގެނެވިފައެވެ. އަދި އިތުރު 5 ބަސް މި މަހު ފަހުކޮޅު ގެނައުމަށް ވަނީ ހަމަޖެހިފައެވެ. ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ފޮނަދޫ އަދި އިސްދޫ. ކަލައިދޫގައެވެ.

ބަހުގެ ޚިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި ސަރުކާރުން ފަށާފައިވާ މަޝްރޫއު "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ޚިދުމަތެކެވެ. "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ޚިދުމަތާއި އާރޓީއެލް ބަހުގެ ޚިދުމަތެވެ.

މިގޮތުން، އ އާއި ހދ އަތޮޅަށް އާރްޓީއެލް ފެރީގެ ޚިދުމަތް ދޭން ވަނީ ފެށިފައެވެ. އަދި ށ އަތޮޅަށް ފެރީ ޚިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އަލަށް ގެނެވުނު ބަސްތަކުގައި 18-20 މީހުންގެ ޖާގަ ހުންނާނެއެވެ. ބަހުގެ ޚިދުމަތް ދޭން ފެށުމާއެކު، 1 ޖުލައި 2021 ވަނަ ދުވަހު އެމްޓީސީސީން ހަވާލުވެފައިވާ، އަތޮޅުތެރޭގެ ބަހުގެ ޚިދުމަތް ފެށޭނެއެވެ.

އަދި މާލެ ސިޓީ ތެރޭގައި ދުއްވާ ބަހުގެ ޚިދުމަތް ފެށޭނެއެވެ. އެމްޓީސީސީގެ މަގުސަދަކީ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބަހުގެ ޚިދުމަތް ރައްޔިތުންނަށް ދޭންފެށުމެވެ.

މާލޭގައި 2 ރޫޓެއްގައި 12 ބަހުގެ ޚިދުމަތްދޭއިރު، އައްޑޫ ސިޓީ (ފޭދޫ، ހިތަދޫ)ގައި 4 ރޫޓެއްގައި 8 ބަހުގެ ޚިދުމަތް ދޭނެއެވެ. އަދި އައްޑޫ ސިޓީ ހުޅުމީދޫގައި 4 ރޫޓެއްގައި 4 ބަހަކުން ޚިދުމަތް ދޭއިރު، ފުވައްމުލައް ސިޓީގައި 3 ރޫޓެއްގައި 5 ބަހުގެ ޚިދުމަތް ދޭނެއެވެ. ލ އަތޮޅުގެ މެއިން ލޭންޑް (ގަން، ފޮނަދޫ)އަށް 4 ރޫޓެއްގައި 5 ބަހުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާއިރު، ލ. އިސްދޫ ކަލައިދޫގައި 1 ރޫޓެއްގައި 2 ބަހުން ޚިދުމަތްދޭނެއެވެ.

އެމްޓީސީސީން ބުނީ އާރްޓީއެލް ބަހުގެ ޚިދުމަތާގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބޭނެކަމަށެވެ. އަދި އިތުރު މަައުލޫމާތު ހޯދަން ބޭނުންވާނަމަ ހޮޓްލައިން 1650ށް ގުޅުމަށް އެދިފައިވެއެވެ. ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުންކަމަށް އެ ކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
21 ފެބުރުއަރީ 2017

މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި

21 ފެބުރުއަރީ 2017
 މާލޭގެ ސްކޫލުތަކުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކޮށްފި
15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
10 ފެބުރުއަރީ 2017

ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް

10 ފެބުރުއަރީ 2017
ރައީސް ޔާމީންގެ ބަހުގެ ހޫނު ހަމަލާތަކެއް ރައީސް ނަޝީދަށް
04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު