Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމާރބަރގް ވައިރަސް

މާރބަރގް ވައިރަހަކީ ކޮބާ؟ އަދި އެބަލިން ސަލާމަތްވާނީ ކިހިނެއް؟

19 ޖުލައި 2022 | އަންގާރަ 18:11

މާރބަރގް ވައިރަސް ޖެހިގެން އެފްރިކާއިން ވަނީ މީހުން މަރުވާންފަށާފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 19 ޖުލައި 2022 | އަންގާރަ 18:11
މާރބަރގް ބަލި ޖައްސާ ވައިރަސް

މާރބަރގް ބަލި ޖައްސާ ވައިރަސް

މާބަރގް ވައިރަސް ބަލި ޖެހިގެން އެފްރިކާގެ ގައުމެއްކަމަށްވާ ގާނާގައި 2 މީހުން މަރުވެ 98 މީހުން ކަރަންޓީނުކުރެވިފައިވާކަން އެގައުމުންޔަގީން ކޮށްދީފައި ވާއިރު، އެއްފަހަރާ ގިނަބަޔަކަށް ބަލިޖެހި ހާލަތު ގޯސްވެގެން ހިނގައިދާނެކަމުގެ ކަންބޮޑުވުން މިވަނީ އުފެދިފައެވެ.

މިބައްޔަކީ 2014 އަދި 2015 ވަނަ އަހަރު އެފްރިކާގެ ލައިބީރިޔާ، ސިއެރާ ލިއޯން އަދި ގިނީން ފެނުނު އެބޯލާ ބައްޔާ ދާދި އެއްގޮތް ބައްޔެކެވެ. ބަލިޖެހުމުން ފުރަތަމަ ފެންނަ އަލާމާތްތަކަކީ ގަދަޔަށް ހުން އައިސް، ގައިގައި ރިއްސައި، ބޭރަށް ހިންގައި ހޮޑުލެވުމެވެ. ބަލީގައި ސީރިއަސްވަނީ ހަށިގަޑުން ލޭ ހިކޭގޮތްވެ، އަދި ފެން މަދުކޮށްލާތީއެވެ. އެބޯލާ ބަލީގައި އޭރު އެފްރިކާއިން 11،000ށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޑަބްލިއުއެޗްއޯއިން ބުނެފައިވާގޮތުގައި، މާރބަރގް ވައިރަސް ފުރަތަމަ ފެނިފައިވަނީ 1967ގައެވެ. ބަލީގެ ވައިރަސް އައިކަމަށް ފުރަތަމަ ބެލެވުނީ ޔުގެންޑާއިން އިމްޕޯޓްކުރެވުނު ރާމާމަކުނުގެ ވައްތަރަކުންނެވެ. ނަމަވެސް ފަހުން ވައުފަދަ އެހެން ބައެއް ޖަނަވާރުތަކާވެސް ގުޅުންހުރިކަން ވަނީ ހާމަވެފައެވެ.

އިންސާނުން ތެރޭގައި މިބަލި ފެތުރޭކަމަށް ފުރަތަމަ ހާމަވެފައިވަނީ ހޮހޮޅަ ޒާތުގެ ތަންތަނުގައި އުޅެމުން އައި މީހުންގެ ތެރޭގައެވެ. ގާނާއިން ބަލި ފެނިފައިވަނީ އަލަށެވެ. ނަމަވެސް އެފްރިކާގެ އެހެން ބައެއް ގައުމުތަކުން މާރބަރގް ވައިރަސް ވަނީ މީގެ ކުރިން ފެނިފައެވެ. މީގެ ތެރޭގައި ކޮންގޯ، ކެންޔާ، ދެކުނު އެފްރިކާ، ޔުގަންޑާ ޒިމްބާބްވޭ އަދި އެންގޯލާ ހިމެނެއެވެ. 2005 ވަނަ އަހަރު އެންގޯލާއިން ބަލި ފެނުނުއިރު 300ށްވުރެ ގިނަ މީހުން އެބަލީގައި މަރުވެފައިވެއެވެ.

ޔޫރަޕާއި އެމެރިކާއިން މިބަލި ފެންނަލެއް ވަރަށް މަދެވެ.  

މިބަލި ޖެހުމުން ފުރަތަމަ އަންނަނީ ގަދަ ހުމެކެވެ. އެއަށްފަހު ބޮލުގައާއި ގައިގައި ރިއްސަންފަށައެވެ. ތިން ދުވަސް ފަހުން ބޭރަށްހިންގަންފަށައެވެ. ބަޑުގައި ރިއްސައެވެ. މޭނުބައިކޮށް ހޮޑުލެވެއެވެ. ޑަބްލިއުއެޗްއޯއިން ބުނެފައިވާ ގޮތުގައި މާރބަރގް ވައިރަސް ޖެހި މިހާލަތަށް ދާއިރު މީހާ ހުންނާނީ ދެލޯ ވަޅުވަދެ މޫނުމަތިން ފެންދަމާލާފައި ހުންނަހެންނެވެ. އަދި މީހާ ވަރަށް ވަރުބަލިކޮށްލާނެއެވެ. ބަލިޖެހޭ ގިނަ ބައެއްގެ އެކި ގުނަވަންތަކުން ލޭ އަންނަގޮތްވެއެވެ. އަދި މިކަމުގެ ސަބަބުން ބަލިޖެހޭތާ 8 ނުވަތަ 9 ދުވަހުގެ ތެރޭގައި ޝޮކަށްގޮސް މީހާ މަރުވެއެވެ.

އާންމުކޮށް މިބަލިޖެހޭ މީހުންގެ ތެރެއިން މަރުވާ މީހުންގެ ނިސްބަތަކީ 50 އިންސައްތައެވެ. ނަމަވެސް އެއްފަހަރަކު 88 އިންސައްތަ މީހުންވެސް މަރުވެފައިވެއެވެ.

މިސްރުން އާންމުކޮން ފެންނަ، މޭވާ ގަސްގަހަށް ޖައްސާ ފުރުޓް ބެޓް (ވާލުގެ ބާވަތެއް) މިއީ ވެސް މިބަލީގެ ވައިރަސް އުފުލާ އެއްޗެކެވެ. ވާލުގެ އިތުރުން ރާމާމަކުނުގެ ވައްތަރަކުންނާއި އޫރުންވެސް މި ބަލީގެ ވައިރަސް ފެނިފައިވެއެވެ.

އިންސާނުންގެ މެދުގައި މިބަލި އާންމުކޮން ފެތުރެނީ ހަށިގަޑުން ނުކުންނަ ތެތްކަމުގެ ޒަރީއާއިންނާއި ބަލިޖެހިފައި ހުންނަ މީހާގެ ތަންމަތިންނެވެ. ބަލިޖެހި ރަގަޅުވެފައި ހުރި މީހެއްގެ ލެއިން އަދި މަނިން ވެސް އެތައް މަހެއް ފަހުންވެސް ބަލި އަރާފާނެކަމަށްވެއެވެ.

މިބައްޔަށް އަދި ބޭހެއް ނުވަތަ ވެކްސިނެއް ހޯދިފައެއްނުވެއެވެ. ނަމަވެސް މިކަމަށް މަސައްކަތްކުރަމުން ދާކަމަށް ޑަބްލިއުއެޗްއޯއިން ބުނެއެވެ. ފަރުވާދެވޭނެ އެއްގޮތަކީ; ބޭރަށް ހިންގުމާއި ހޮޑުލެވިގެން މަދުވާ ފެން އެތެރެކޮށް، އަދި ލޭ މަދުވާނަމަ ލޭ އަޅަމުން ގެންދިއުމެވެ.

މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެފްރިކާގެ ގައުމުތަކުގައި "ބުޝް މީޓް"އޭ ކިޔާ ވައްތަރުގެ އެއްގަމު މަސް ކެއުމާއި އެފަދަ މަހުގައި އަތްލައިހެދުން ހުއްޓާލަންޖެހޭކަމަށް، ވެކްސިން އާންމުކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއްކަމަށްވާ "ގަވީ"ން ބުނެފައިވެއެވެ. އަދި އޫރުމަސް ނުކެއުމަށް ޑަބްލިއުއެޗްއޯއިން ގޮވާލާފައިވެއެވެ. ބަލިޖެހޭ ފިރިހެނުން ރަގަޅުވާތާ އެއް އަހަރުވަންދެން، ޖިމާއު ވާއިރު ކޮންޑޮމް ބޭނުންކުރުމަށް ދަނީ އަންގަމުންނެވެ. އަދި ބަލީގައި މަރުވާ މީހުން ވަޅުލުމުގައި ހަރަކާތްތެރިވާ މީހުންވެސް، މަރުވި މީހާގެ ހަށިގަޑުގައި އަތްލާންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމާއެކު މެނުވީ އަތްނުލުމަށް ދަނީ އަންގަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2024

ބައްޝާރު ކޮބާ؟ ވީ ތަނެއް ނޭނގޭ، އެންމެ ފަހުން ގުޅުނީ ހޮނިހިރު ދުވަހު: ބޮޑު ވަޒީރު

08 ޑިސެމްބަރު 2024
ބައްޝާރު ކޮބާ؟ ވީ ތަނެއް ނޭނގޭ، އެންމެ ފަހުން ގުޅުނީ ހޮނިހިރު ދުވަހު: ބޮޑު ވަޒީރު
27 އޯގަސްޓު 2024

އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟

27 އޯގަސްޓު 2024
އެއްޖިންސުން ގުޅުން ހިންގާ މީހުންގެ ތެރެއިން އާންމުކޮށް ފެންނަ އެމްޕޮކްސް އެންމެ ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކަކީ ކޮބާ؟
23 ޖެނުއަރީ 2023

އަންޑަމަން އެންޑް ނިކޮބާގެ ބައެއް ޖަޒީރާތަކަށް ގައުމީ ހީރޯއިންގެ ނަމުން ނަންދީފި

23 ޖެނުއަރީ 2023
އަންޑަމަން އެންޑް ނިކޮބާގެ ބައެއް ޖަޒީރާތަކަށް ގައުމީ ހީރޯއިންގެ ނަމުން ނަންދީފި
19 ޖުލައި 2022

ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި މާރބަރގް ބަލި ގާނާއިން ފެނިއްޖެ

19 ޖުލައި 2022
ފަސޭހައިން ގައިންގަޔަށް އަރާ ނުރައްކާތެރި މާރބަރގް ބަލި ގާނާއިން ފެނިއްޖެ
19 މެއި 2022

ހަނގުރާމައިގެ ޖަރީމާއަކީ ކޮބާ އަދި ޝަރުއީ މަރުހަލާ ކުރިއަށް ދަނީ ކިހިނެއް؟

19 މެއި 2022
ހަނގުރާމައިގެ ޖަރީމާއަކީ ކޮބާ އަދި ޝަރުއީ މަރުހަލާ ކުރިއަށް ދަނީ ކިހިނެއް؟
30 އޮކްޓޯބަރު 2021

ކޮޕް26 އަކީ ކޮބާ؟ މިފަހަރުގެ ކޮންފަރެންސް މުހިންމުވަނީ ކީއްވެ؟

30 އޮކްޓޯބަރު 2021
ކޮޕް26 އަކީ ކޮބާ؟ މިފަހަރުގެ ކޮންފަރެންސް މުހިންމުވަނީ ކީއްވެ؟
17 ޑިސެމްބަރު 2020

ކޮވިޑް-19 ވެކްސިން: ރޭހުގެ އެންމެ ކުރީގައި އުޅޭ މޮޑާނާ އާއި ފައިޒަރ ވެކްސިންގެ ތަފާތަކީ ކޮބާ؟

17 ޑިސެމްބަރު 2020
ކޮވިޑް-19 ވެކްސިން: ރޭހުގެ އެންމެ ކުރީގައި އުޅޭ މޮޑާނާ އާއި ފައިޒަރ ވެކްސިންގެ ތަފާތަކީ ކޮބާ؟
03 ނޮވެމްބަރު 2020

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނެރޭ އިލެކްޓޯރަލް ކޮލެޖަކީ ކޮބާ؟

03 ނޮވެމްބަރު 2020
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނެރޭ އިލެކްޓޯރަލް ކޮލެޖަކީ ކޮބާ؟
29 އެޕްރީލު 2018

ސައްދާމް އަވަހާރަ ކޮށްލިތާ 12 އަހަރު، އެމަނިކުފާނުގެ ހަށިކޮޅު ކޮބާ؟

29 އެޕްރީލު 2018
ސައްދާމް އަވަހާރަ ކޮށްލިތާ 12 އަހަރު، އެމަނިކުފާނުގެ ހަށިކޮޅު ކޮބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް