Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮޕް ކޮންފެރެންސްތައް

ކޮޕް26 އަކީ ކޮބާ؟ މިފަހަރުގެ ކޮންފަރެންސް މުހިންމުވަނީ ކީއްވެ؟

30 އޮކްޓޯބަރު 2021 | ހޮނިހިރު 06:49

1995 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކުވެސް އދގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އަންނަނީ ބާއްވަމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 30 އޮކްޓޯބަރު 2021 | ހޮނިހިރު 06:49
އިޓަލީގައި ކުރިޔަށްދިޔަ ހިނގާލުމެއްގެ ތެރެއިން

އިޓަލީގައި ކުރިޔަށްދިޔަ ހިނގާލުމެއްގެ ތެރެއިން

މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އެންމެ ގިނަ ބަޔަކު އެއް ވާހަކައަކަށް ދައްކަމުން އަންނަނީ ކުރިޔަށް އޮތް ކޮޕް26 ސަމިޓްގެ ވާހަކައެވެ. 1995 ވަނަ އަހަރުގެ ފަހުން ކޮންމެ އަހަރަކުވެސް އދގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އަންނަނީ ބާއްވަމުންނެވެ. ތިމާވެއްޓާ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ލެވެލްގައި މަސައްކަތްކުރަމުން އަންނަ އެތައް ބަޔަކު އެއްވެ ކުރިޔަށްގެންދާ މިކޮންފަރެންސް އަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދުނިޔޭގެ ފެންވަރުގައި ބާއްވާ މިފަދަ އެންމެ މުހިންމު އަދި އެންމެ ބޮޑު ކޮންފެރެންސްވެސްމެއެވެ.

މި ކޮންފަރެންސް ބާއްވަމުން އަންނަނީ އދގެ މެމްބަރު ހުރިހާ ގައުމަކުންވެސް ސޮއިކޮށްފައިވާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ދަށުންނެވެ. އެހެންކަމުން 197 ގައުމުން މިކޮންފެރެންސްގައި ބައިވެރިވެއެވެ. ބައެއް ގައުމުތަކުގެ އެންމެ އިސް ލީޑަރުންނެވެ. އަނެއް ބައި ގައުމުތަކުން މިނިސްޓަރު ލެވެލްގައެވެ. ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ މީހުންނާއި އެފަދަ އެންޖީއޯތަކާއި ސައިންސްވެރިންނާއި މިކަމަށް ޝައުގު ހުންނަ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ކޮންމެ އަހަރަކު އެއްވެ މިމުހިންމު ސައްލާކުރެއެވެ.

މިކޮންފެރެންސް އާއެކު އެންމެ މުހިންމު އެއް ސުވާލަކަށްވާނީ ކޮޕް އަކީ ކޮބައިތޯ ކުރެވޭ ސުވާލެވެ. ކޮޕަކީ "ކޮންފަރެންސް އޮފް ދަ ޕާޓީސް" އެވެ. މިއީ ޔޫއެންގެ ކްލައިމެޓް ޗޭންޖާއި ގުޅޭ ފްރޭމްވޯރކް ކޮންވެންޝަން ގައި ސޮއިކޮށްފައިވާ ހުރިހާ ގައުމަކުންވެސް ބައިވެރިވާ ކޮންފަރެންސްއެކެވެ. އެގޮތުން 197 ގައުމަކުން ވަނީ މިކޮންވެންޝަން ގައި ސޮއިކޮށްފައެވެ. މިކޮންވެންޝަން އެންމެ ފުރަތަމަ އުކުލަވާލީ 1992 ވަނަ އަހަރުއެވެ.

މިކޮންފެރެންސްގެ އެންމެ މުހިންމު ބޭނުމަކީ ގައުމުތަކުގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން އެއްވެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެގައުމުތަކަށް ކުރިމަތިވާ ކަންކަމާއި އެބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ. އަދި އެކަމާއި ގުޅޭގޮތުން ދިރާސާކޮށް ދެން ކުރަންވީ ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކާ ގައުމުތައް ގުޅިގެން ކުރެވޭނެކަންކަން ނިންމުމެވެ. މީގެއިތުރުން މެމްބަރު ގައުމުތަކުން ޖައްވަށް ދޫކުރާ ގްރީންހައުސް ގޭހުގެ މިންވަރު މަދުކުރުމަކީވެސް މިކޮންވެންޝަންގެ ދަށުން ކުރަންޖެހޭ ކަމެކެވެ.

މިކޮންވެންޝަންގެ ދަށުން އެންމެ ފުރަތަމަ ކޮންފެރެންސް އެއް ބާއްވާފައިވަނީ 1995 ވަނަ އަހަރު ބާރލިންގައެވެ. އޭގެފަހުން ކޮންމެ އަހަރަކުވެސް އަންނަނީ ކޮޕް ބާއްވަމުންނެވެ. ކޮޕްގެ ފަހަތަށް އަންނަ ހިސާބު އަކުރަކީ ކޮންފަރެންސް ބާއްވާ ފަހަރުގެ އަދަދެވެ. މިއަހަރު މިބާއްވަނީ 26 ވަނަ ކޮންފަރެންސް އެވެ. އެހެންކަމުން މިއަހަރު ބާއްވާ ކޮޕް ސަމިޓަށް ކިޔަނީ ކޮޕް26އެވެ.

ކޮޕް26 އެންމެ ފުރަތަމަ ބޭއްްވުމަށް ޝެޑިޔުލްކޮށްފައިވަނީ 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 9ން 19އަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މިއަހަރުގެ އޮކްޓޯބަރ މަހުގެ 31ން ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހަށް ބޭއްވުމަށް ހަމަޖެހިގެންދިޔައީއެވެ.

މިއަހަރުގެ ކޮންފަރެންސް ބާއްވަނީ ޔޫކޭގައެވެ. މިއީ ކޮޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޔޫކޭގައި މިކޮންފެރެންސް ބާއްވާ ފަހަރެވެ. ސްކޮޓްލެންޑްގެ އެންމެ ބޮޑު ސިޓީކަމުގައިވާ ގްލާސްގޯ ގައި ކޮންފެރެންސް ކުރިޔަށްދާނީ މައިގަނޑު ދެ ސަރަހައްދެއްގައެވެ. އެއީ ބްލޫ ޒޯން އާއި ގްރީން ޒޯންގައެވެ. ބްލޫ ޒޯންގައި މައިގަނޑުގޮތެއްގައި ކުރިޔަށްދާނީ ރަސްމީ ވާހަކަތަކެވެ. ގްރީން ޒޯންގައި ކުރިޔަށްދާނީ މިކަމަށް ޝައުގުވެރިކުރުވާނެ ވާހަކަތައް ދައްކާ އެފަދަ ހަރަކާތްތައް ބާއްވާ މީހުންގެ ހަރަކާތްތަކެވެ.

ދެ ހަފްތާގެ މުއްދަތަށް ކުރިޔަށްދާ މިކޮންފެރެންސްގައި ފުރަތަމަ ހަފްތާގައި ސަރުކާރުތަކުގެ އޮފިޝަލުން މަޝްވަރާކުރުމަށް ހަމަޖެހިފައިވަނީ ޓެކްނިކަލް ކަންކަމާއި ގުޅޭގޮތުންނެވެ. އެގޮތުން ކާބަން ކްރެޑިޓްސް، ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް ދޭ ފަންޑު އަދި މޫސުމީ ބަދަލުތަކަށް ގުދުރަތީ ގޮތުން ގެނެވޭނެ ބަދަލުތަކާއި ގުޅޭގޮތުން ވާހަކަތައް ކުރިޔަށް ގެންދާނެއެވެ.

ދެ ވަނަ ހަފްތާގައި ކުރިޔަށްދާނީ ޖިންސީ ހަމަހަމަކަން، ދަތުރުފަތުރު، މޫސުމީ ބަދަލުތަކަށް ސައިންސްގެ ޒަރީޢާއިން ގެނެވޭނެ ހައްލު އަދި މައްސަލަތަކަށް ގެންނާނެ ހައްލުތަކާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ.

މިފަހަރުގެ ކޮންފަރެންސްގައި ރަސްމީ ވާހަކަތަކުގައި 20،000 މީހުން ބައިވެރިވާނެއެވެ. އޭގެތެރޭގައި ގައުމުތަކުގެ ވެރިންނާއި ސައިންސްވެރިނާއި ކަމާއިގުޅޭ މާހިރުން ހިމެނެއެވެ. 120 ގައުމެއްގެ އެންމެ އިސް ލީޑަރުން މިފަހަރުގެ ސަމިޓްގައި ބައިެރިވެވަޑައިގަންނަވައެވެ. ގައުމުތަކުގެ ލީޑަރުންގެ އިތުރުން މަޝްހޫރު ބައެއް ފަރާތްތައްވެސް މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވާނެއެވެ. އެގޮތުން ޔޫކޭގައި މިކޮންފެރެންސް ބާއްވާތީ އިނގިރޭސި ޝާހީ އާއިލާގެ ބޭފުޅުން ކޮންފަރެންސްގައި ބައިވެރިވަޑައިގަންނަވާނެކަން ވަނީ ހާމަކުރައްވާފައެވެ.

ކޮޕް26 ގައި ބައިވެރިވެވަޑައިގަންނަވާ ގައުމުތަކުގެ ލީޑަރުންނަށް ބަލާއިރު ޖައްވަށް އެންމެ ގިނައިން ގޭސް ބޭރުކުރާ 4 ގައުމުގެ ތެރޭގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ދެ ގައުމެއްގެ އެންމެ އިސްލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. އެއީ ދެވަނަ އަށް އެންމެ ގިނައިން ގޭސް ބޭރުކުރާ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ތިން ވަނަ އަށް އެންމެ ގިނައިން ޖައްވަށް ގޭސް ދޫކުރާ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހިމެނެއެވެ. އެންމެ ގިނައިން ޖައްވަށް ވިހަ ގޭސް ދޫކުރާ ޗައިނާގެ ރައީސް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނީ އޮންލައިންކޮށެވެ. ހަތަރު ވަނަ އަށް އެންމެ ގިނައިން ގޭސް ދޫކުރާ ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ބައިވެރިވަޑައިނުގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ވަރޗުއަލްކޮށް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ތިމާވެއްޓާ ގުޅޭގޮތުން ވަކާލާތުކުރާ ކްލައިމެޓް އެކްޓިވިސްޓުންވެސް މިފަހަރުގެ ކޮންފަރެންސްގައި ބައިވެރިވާނެއެވެ. އެގޮތުން ގްރޭޓާ ތުންބާގް ކޮންފަރެންސްގައި ބައިވެރިވާނެކަމަށް ވަނީ އިއުލާންކޮށްފައެވެ. މީގެއިތުރުން ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހު ބާއްވާ ރެލީގައި އޭނާ ބައިވެރިވާނެއެވެ. އެރެލީ ގައި 150،000 މީހުން ބައިވެރިވާނެކަމަށް ބެލެވެއެވެ. 12 ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މިކޮންފެރެންސްގައި 10،000 ފުލުހުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާނެއެވެ.

މިފަހަރުގެ ކޮޕް26 ކޮންފަރެންސް މުހިންމުވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. އެއް ކަމެއްގެ ގޮތުން މީގެ ދުވަސްކޮޅެއްކުރިން އިންޓަރގަވަރމެންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ)ން ނެރެފައިވާ ރިޕޯޓް ފާހަގަކޮށްލެވެއެވެ. އެރިޕޯޓް ތައްޔާރުކުރި ސައިންސްވެރިން ބުނާގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވަމުން މިއަންނަ މޫސުމީ ކާރިސާތަކުން ދުނިޔެ ސަލާމަތްކުރުމަށް ވީއެންމެ އަވަހަކަށް ބޮޑެތި ފިޔަވަޅުތަކެއް ދުނިޔެއިން އަޅަންޖެހެއެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކުރުމަށް އަވަސް ބޮޑެތި ފިޔަވަޅުތަކެއް ދުނިޔެއިން ނާޅައިފިނަމަ ހީނުކުރާވަރުގެ ގެއްލުމަކާ ދުނިޔެއަށް ކުރިމަތިލާންޖެހިދާނެކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ކޮޕް26 ވެގެންދާނީ މިފަދަ ފިޔަވަޅުތަކެއް އެޅުމަށް އެންމެ ފަސޭހައިން ދުނިޔޭގެ ހުރިހާ ގައުމުތަކަކަށް އެއްބަސްވެވޭނެ ތަނަށެވެ.

އަނެއްކޮޅުން މިފަހަރުގެ ކޮންފެރެންސް އަކީ 2015 ވަނަ އަހަރު ޕެރިސްގައި ބޭއްވި ކޮޕް ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވި ޕެރިސް އެގްރިމެންޓްގެ ފަހުން ބާއްވާ އެންމެ މުހިންމު ކޮންފަރެންސްވެސްމެއެވެ. ދުނިޔެ ހޫނުވަމުންދާ ދުވެލި 2 ޑިގްރީ ސެލްސިއަސްއަށް ދަށްކުރުމަށް ބޭނުންވާ ލަނޑުދަނޑި ހާސިލުކުރުމަށް ގައުމުތަކުން އެކުލަވާލާފައިވާ ޕްލޭންތައް ހުށަހެޅުމަށް ދީފައިވާ މުއްދަތު ހަމަވާނީ ކޮޕް26އަށެވެ.

ގިނަ ގައުމުތަކުން އެކުލަވާލާފައިވާ ޕްލޭން މިހާރު ވަނީ އާންމުކޮށްފައެވެ. މިއާއެކު ދުނިޔެ ހޫނުވުން 2 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓިގެންދާނެކަމަށް އުންމީދުކުރެވުނު ނަމަވެސް ސައިންސްވެރިން ބުނަމުން އަންނަނީ އެކަމަށް އޮތީ ކުޑަ އުންމީދެއްކަމަށެވެ. ވަރަށް ބޮޑެތި ފިޔަވަޅުތަކެއް ވީއެންމެ އަވަހަށް އަޅައިގެން މެނުވީ އެކަން ނުވާނެކަމަށް ތަކުރާރުކޮށް ސައިންވެސްވެރިން އަންނަނީ ބުނަމުންނެވެ.

މިކޮންފަރެންސުން ޕެރިސް އެގްރިމެންޓްގައި ހުރި ކަންކަމުގެ ތެރެއިން މިހާތަނަށް ހާސިލުކުރެވިފައިވާ ކަންކަމާއި ދެންހުރި ކަންކަން ހާސިލުކުރުމަށް އެކަށޭނެ ޕްލޭނެއް އެކުލަވާލުމަށްވެސް މަގުފަހިވެގެންދާނެއެވެ.

އަނެއްކޮޅުން ކޮވިޑް-19ގެ ޕެންޑަމިކުން އަރައިގަނެ ގައުމުތަކުގެ އިގްތިޞާދު ކޮޅަށް ޖެހުމަށް މަސައްކަތްކުރަމުންދާ މިދަނޑިވަޅު ގައުމުތަކަށް ތިމާވެއްޓާ ރައްޓެހި ގޮތަކަށް އިގްތިޞާދު ބިނާކުރުމުގެ ސިޔާސަތު އެކުލަވާލުމަށްވެސް ކޮޕް26 ކޮންފަރެންސްގެ ތެރެއިން މަގުފަހިވެގެންދާނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 ޖޫން 2017

ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް

28 ޖޫން 2017
ރިޝްވަތު ހިފިކަމުގެ ދައުވާއަކީ އަސާސެއް ނެތް "ހިޔާލީ ވާހަކަތަކެއް": ބްރެޒިލް ރައީސް
24 ޖޫން 2017

ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

24 ޖޫން 2017
ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ
24 ޖޫން 2017

ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު

24 ޖޫން 2017
ގަތަރާއި ގަލްފުގެ ގައުމުތަކާއި މެދު އުފެދިފައިވާ މައްސަލައަކީ "އައީލީ މައްސަލައެއް": އެމެރިކާ ސަރުކާރު
02 ޖޫން 2017

ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން

02 ޖޫން 2017
ފިލިޕީންސް ކެސީނޯ ކޮމްޕްލެކްސް ހަމަލާގެ ޒިންމާ އައިއެސް ނަގާ ވާހަކަ އަކީ ދޮގެއް: ފުލުހުން
11 މެއި 2017

އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި

11 މެއި 2017
އެފްބީއައި އަކީ މިނިވަން، ތެދުވެރި އަދި ގާބިލު މުއައްސަސާއެއްގެ ގޮތުގައި ދެމިއޮތުމަށް ޖޭމްސް ކޯމޭ ގޮވާލައްވައިފި
30 އެޕްރީލު 2017

ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!

30 އެޕްރީލު 2017
ތިމަންނައަކީ އެވަރެސްޓް ފަރުބަދަ ކަމަށް ބުނި ކްލިޗްކޯ ޖެހިޖެހީނުން ދަންމާލައިފި!
14 އެޕްރީލު 2017

ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު

14 އެޕްރީލު 2017
ކެމިކަލް ހަމަލާއަކީ އުފައްދައިގެން އުޅޭ ވާހަކައެއް: އަސަދު
10 އެޕްރީލު 2017

ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން

10 އެޕްރީލު 2017
ސްވިޑަން އަށް ދިން ހަަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ޑީޕޯޓްކުރެވުމުގެ މަރުހަލާގައި ހުރި މީހެއް: ފުލުހުން
06 އެޕްރީލު 2017

ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް

06 އެޕްރީލު 2017
ސީރިޔާގައި ދިން ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ހަމަލާއެއް: ޓްރަމްޕް
15 ޖެނުއަރީ 2017

މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި

15 ޖެނުއަރީ 2017
މެދުއިރުމަތީގައި ސުލްހަ ގާއިމްކުރުމަށް ބާއްވާ ކޮންފަރެންސް ޕެރިހުގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް