Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހަނގުރާމައިގެ ޖަރީމާތައް

ހަނގުރާމައިގެ ޖަރީމާއަކީ ކޮބާ އަދި ޝަރުއީ މަރުހަލާ ކުރިއަށް ދަނީ ކިހިނެއް؟

ހަނގުރާމައިގެ ޖަރީމާއަކަށް ވަނީ، ހަނގުރާމައެއްގައި ޝާމިލުވާ ފަރާތެއް އާންމުންނަށް އެއްވެސް ހައްގެއް އަދި ހަމައެއް ނެތް ގޮތުގައި ތަކުލީފުޖައްސާ ހިސާބުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 19 މެއި 2022 | ބުރާސްފަތި 06:16
ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާއެއްގައި ގެއްލުންވެފައިވާ އިމާރާތެއްގެ ކައިރީގައި ޕްރޮސެކިއުޓަރ ޓީމުގެ މެންބަރަކު ފޯނުން ވާހަކަ ދައްކަނީ

ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާއެއްގައި ގެއްލުންވެފައިވާ އިމާރާތެއްގެ ކައިރީގައި ޕްރޮސެކިއުޓަރ ޓީމުގެ މެންބަރަކު ފޯނުން ވާހަކަ ދައްކަނީ

ހަނގުރާމައިގެ ޖަރީމާ ނުވަތަ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖިނާއީ ކުށުގެ ޖަރީމާތަކަކީ، ބައިނަލްއަގުވާމީ ގާނޫނުގައި އެކަންކަމަށް އެންމެ ހަރުކަށި އަދަބު ކަނޑައެޅިގެންވާ ކުށްތަކެވެ. އެއީ އެކަމެއް ހިންގިތާ ކިތަންމެ އަހަރެއް ފާއިތުވެ ދިޔަ ކަމުގައިވީ ނަމަވެސް، ޝަރުއީ އިމުގެ ތެރޭގައި ބަލާ، އަދަބު ތަންފީޒު ކުރެވޭ ކުށްތަކެކެވެ.

ފެބުރުއަރީ 24، 2022 ވަނަ ދުވަހު، ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕުޓިންގެ އަމުރުފުޅަށް، އެ ގައުމުގެ އަސްކަރިއްޔާއިން ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ޔޫކްރެއިނަށް އަރާ، ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން ދާ ބަހުސަކީ، ރަޝިއާއިން ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމަށް ބުނެ ކުރަމުންދާ ބަހުސެވެ.

ޔޫކްރެއިންގައި ރަޝިއާއިން ހަރަކާތްތެރިވަމުންދާ ދިއުމުގެ ތަހުގީގެއް ހިންގުމަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އާއި، އދގެ އިތުރު އިދާރާތަކުން މިހާރު ވަނީ ގޮވާލާފައެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުގެ ގެއްލުންތަކާ ކުރިމަތިލާން ޖެހުމުގެ ކުރިން، ހަނގުރާމައެއްގެ ތެރޭގައި ކުރިމަތިވާ ބިރުވެރިކަމާއި އަނިޔާތަކަކީ އެފަދަ ހަމަނުޖެހުމެއްގައި އާންމު ކަމެއް ކަމުގައި އޮތީ ހީވެފައެވެ.

ހަނގުރާމައިގެ ޖަރީމާއަކަށް ވަނީ، ހަނގުރާމައެއްގައި ޝާމިލުވާ ފަރާތެއްގެ އާންމުންނަށް، އެއްވެސް ހައްގެއް އަދި ހަމައެއް ނެތް ގޮތުގައި ތަކުލީފުޖައްސާ ހިސާބުންނެވެ. އެފަދަ ތަކުލީފުތަކުގައި އާންމު ނުވަތަ މަދަނީ ފަރުދުންގެ ފުރާނަ ގެއްލިދާ މިންވަރަށް ބަލާ، ހަނގުރާމައިގެ ޖަރީމާތައް ގިންތި ކުރެއެވެ. ގަތުލުއާންމާއި ލާއިންސާނީ ޖަރީމާތަކާ ހިލާފަށް، ހަނގުރާމައިގެ ޖަރީމާ ހިންގި ކަމަށް ބުނަނީ ހަމައެކަނި ހަތިޔާރާއެކު ހިންގާ ކުރިމަތިލުންތަކަށް ރިއާޔަތް ކޮށްގެންނެވެ.

އދ އިން ބުނާ ގޮތުގައި ހަނގުރާމައިގެ ޖަރީމާގެ ނަޒަރިއްޔާ ބިނާވެގެން އައީ 19 ވަނަ ގަރުނުގެ ފަހުކޮޅާއި 20 ވަނަ ގަރުނުގެ ކުރީކޮޅުގައެވެ. އިންސާނިއްޔަތާއި ބެހޭ ބައިނަލްއަގުވާމީ ގާނޫނު ނުވަތަ ހަތިޔާރާއެކު ހިންގާ ހަނގުރާމައާ ކުރިމަތިލުންތަކުގެ ގާނޫނު އެކުލަވާލެވިގެން ދިޔައީވެސް އެދުވަސްވަރުއެވެ.

1899 އަދި 1907 ވަނަ އަހަރުގެ ދަ ހޭގް ކޮވެންޝަންސް އަކީ ހަނގުރާމައެއްގައި ޝާމިލުވާ ފަރާތްތަކުގެ އަމަލުތައް ބަހައްޓަންވީ ހުދޫދު ކަނޑައެޅި މާއްދާތަކެކެވެ. އޭގެ ފަހުން އެފަދަ ކިތަންމެ މުއާހަދާއެއް ވަނީ އެކުލަވާލާފައެވެ. އެގޮތުން ހަނގުރާމައެއްގައި އަމަލީ ގޮތުން ބައިވެރި ނުވާ މީހުންގެ ހައްގުތައް ޖެނީވާ ކޮންވެންޝަންގައި ބަޔާންކުރިއެވެ.

ހަނގުރާމައިގެ ޖަރީމާއަކީ ކަނޑައެޅިގެން ކޮން ކަމެއްކަން އދގެ އެއްވެސް ގަރާރެއްގައި ވަކި އިބާރާތަކުން ބަޔާން ކޮށްފައި ނުވާކަން ފާހަގަކުރަން ޖެހެއެވެ. ނަމަވެސް ހަނގުރާމައިގެ ޖަރީމާ ކަނޑައަޅާ ބައެއް ކަންކަމުގެ ތެރޭގައި:

ގަތުލުއާންމުތަކާއި ހަނގުރާމައިގެ ޖަރީމާތަކުގެ އިތުރުން ލާއިންސާނީ އަނިޔާތައް ތަހުގީގު ކުރުމާއި ޝަމިލުވާ ފަރާތްތަކާ ދެކޮޅަށް ދައުވާ އުފުލުމަކީ އެ ކޯޓުގެ އިހުތިސޯސްގައި ހިމެނޭ ކަމެއް ކަމަށް އައިސީސީގެ ވެބްސައިޓްގައި ބަޔާން ކޮށްފައިވެއެވެ. މިފަދަ ކުއްތަކަކީ ދައުލަތުގެ ފެންވަރުގައިވެސް ޝަރީއަތް ކުރެވޭ ކަންކަމަށް ވީ ނަމަވެސް، ތާރީހަށް ބަލާއިރު ބައިނަލްއަގުވާމީ ކޯޓުތަކުގައިވެސް މިފަދަ މައްސަލަތައް ބަލާފައި އެބަހުއްޓެވެ.

ރޯމަން ސްޓެޓިއުޓްގެ ދަށުން، ހަނގުރާމައިގެ ޖަރީމާގެ ގޮތުގައި އައިސީސީއިން ބަލާ ކަންކަމުގެ ތެރޭގައި ސޯލްޖަރުންގެ ގޮތުގައި ކުޑަކުދިން ބައިވެރިކުރުވުން، ގައިދީން ނުވަތަ އާންމު ފަރުދުން މެރުމާއި ލާއިންސާނީ އަނިޔާ ދިނުން އަދި ހޮސްޕިޓަލު ފަދަ ތަންތަނަށް ގަސްތުގައި އަމާޒުކޮށްގެން ހަމަލާ ދިނުން ފަދަ ކަންކަން ހިމެނެއެވެ.

ބަޔަކު ޖަރީމާ ހިންގުމާއެކު އައިސީސީއިން އިބްތިދާއީ ހޯދުންތައް ހޯދައެވެ. އެގޮތުން އެކަށީގެން މިންވަރަށް ޖިނާއީ ކުށުގެ ހެކި ލިބިފައިވޭތޯ ކަށަވަރު ކުރެއެވެ. އަދި އެއީ ބުރަދަން ހުރި އެއްޗެއްތޯވެސް ކަށަވަރު ކުރެއެވެ. އެގޮތުން ހޯދާ ބެލުމުގައި، ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބަލާ ގިންތިތަކަށް ނުފެތޭނަމަ، ނުވަތަ އައިސީސީގެ އިހުތިސޯސުން ބޭރު ކަމެއް ނަމަ، އެ މައްސަލައިގެ ތަހުގީގަކަށް ނުދާނެއެވެ.

ހެކި އެއްކޮށް، ތުހުމަތު އަމާޒު ކުރެވޭ އިސް ފަރާތް ފާހަގަކުރުމަށް ފަހު، އެމީހަކު ނުވަތަ އެ ފަރާތެއް ކޯޓަށް ހާޒިރުވުމަށް އައިސީސީގެ ފަނޑިޔާރުންނަށް ދެންނެވޭނެއެވެ. މައިގަނޑު ޝަރީއަތުގެ ކުރިން ހިނގާ މި މަރުހަލާގައި ތުހުމަތު އަމާޒުވާ ފަރާތް ކޯޓަށް ހާޒިރުވެއެވެ. އަދި އެއީ އެމީހާކަން ކަށަވަރު ކޮށް، އޭނާއަށް ރައްދުވާ ދައުވާ ސާފުވޭތޯ ކަށަވަރު ކުރެއެވެ.

އެއަށްފަހު ޝަރީއަތް ފެށޭ ވަރަށް ހެކި ހުރިތޯ ކަށަވަރު ކުރެއެވެ. އެކަމަށް ހޭދަވަނީ ގާތްގަނޑަކަށް 2 މަހެއްހާ ދުވަހެވެ. ދައުވާ ރައްދުވާ ފަރާތުން ކޯޓަށް ހާޒިރު ނުވެއްޖެނަމަ ނުވަތަ ހައްޔަރު ނުކުރެވިއްޖެނަމަހީވެސް ޝަރުއީ ހުށަހެޅުންތައް ހުށަހެޅެއެވެ. ނަމަވެސް، އަޑުއެހުންތަކެއް ނުފެށޭނެއެވެ.

ޝަރީއަތް ފެށުމުން، ހުށަހަޅާފައި ވާ ހެކިތަކަށް ރިއާޔަތް ކުރައްވާ، ފަނޑިޔާރުންގެ ހުކުމް އިއްވަވާނެއެވެ. އެއަށްފަހު ބައެއް މީހުންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ 30 އަހަރުގެ ހުކުމެއް އިއްވައެވެ.

އެއަށްފަހު އިސްތިއުނާފު ކަނޑައަޅުއްވަނީ އެޕީލްސް ޗޭމްބަރުގެ 5 ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ފުރަތަމަ ހުކުމް އިއްވެވި ފަނޑިޔާރުންނާ ތަފާތު ބައެކެވެ. އެޕީލްސް ނުވަތަ އިސްތިއުނާފީ ޗޭންބަރުން، އަލުން ޝަރީއަތް ހިންގުމަށް އަމުރު ނުކުރާހާ ހިނދަކު، އެންމެ ފަހުގެ ހުކުމަށް ވާނީ އެންމެ ފުރަތަމަ އިއްވި ހުކުމެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދ ގެ ހައިކޮމިޝަނަރުގެ އޮފީހުން ހަބަރު ދޭ ގޮތުގައި ރަޝިއާއިން ޔޫކްރައިންގައި ހިންގަމުންދާ ހަރަކާތްތަކުގެ ސަބަބުން 7000 އަށް ވުރެ ގިނަ އާންމު ރައްޔިތުންގެ ފުރާނައަށް ވަނީ ގެއްލުންވެފައެވެ. އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

ޔޫކްރެއިންގެ ބޮޑެތި ސިޓީތައް ވަނީ ސުންނާފަތިވެފައެވެ. ޔޫކްރެއިންގައި މިހާރު ދިރިއުޅެމުންދާ މީހުން ދުވަސްތައް ގުނަމުން ދަނީ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައެވެ.

އައިސީސީއިން ވަނީ ރަޝިއާއިން ހިންގަމުންދާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ހަނގުރާމައިގެ ޖަރީމާތައް ދިރާސާ ކުރުމަށް 42 މެންބަރުންގެ ޓީމެއް ޔޫކްރެއިނަށް ފޮނުވާފައެވެ. އެއީ އެ ކޯޓުގެ ތާރީހުގައިވެސް އެކުލަވާލި އެފަދަ އެންމެ ބޮޑު ޓީމެވެ. ހެކި ލިބެމުން ދާ ވަރަކަށް، ހަރުދަނާ އުސޫލެއްގެ ދަށުން ޗެއިން އޮފް ކަސްޓަޑީގެ ކަންކަން ކުރިއަށް ގެންދިއުމަށް، ޔޫކްރެއިންގެ ކަމާ ބެހޭ ފަރާތްތަކުން އެ ޓީމުން މަސައްކަތް ކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެއް: އުތުރު ކޮރެއާ

އދ. ގެ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމައިގެ އަމަލެއް: އުތުރު ކޮރެއާ

24 ޑިސެމްބަރު 2017
އީރާނުން ހިންގީ ހަނގުރާމައިގެ އަމަލެއް: ސައޫދީ

އީރާނުން ހިންގީ ހަނގުރާމައިގެ އަމަލެއް: ސައޫދީ

06 ނޮވެމްބަރު 2017
އދ. އިން ޔަމަނުގެ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރަނީ

އދ. އިން ޔަމަނުގެ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރަނީ

30 ސެޕްޓެމްބަރު 2017
ޔޫއޭއީން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވޭ: ރިޕޯޓް

ޔޫއޭއީން ލީބިޔާގައި ހަނގުރާމައިގެ ކުށްތަކަށް އަރައިގެންފައިވޭ: ރިޕޯޓް

27 ސެޕްޓެމްބަރު 2017
ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި

ހަނގުރާމައިގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ކުރެވިފައިިވާ ޖަޔަސޫރިޔާގެ ދިފާއުގައި ރައީސް ސިރިސެނާ ނުކުމެވަޑައިގެންފި

04 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު