Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައްދާމް ހުސެއިން

ސައްދާމް އަވަހާރަ ކޮށްލިތާ 12 އަހަރު، އެމަނިކުފާނުގެ ހަށިކޮޅު ކޮބާ؟

29 އެޕްރީލު 2018 | އާދީއްތަ 09:10

ސައްދާމްގެ ދަންޖެއްސުމަށްފަހު ހަށިކޮޅު ގެންދެވުނީ ސައްދާމްގެ އުފަން ރަށް އަލް-އަޖްވާ އަށް

ރާއްޖެ އެމްވީ | 29 އެޕްރީލު 2018 | އާދީއްތަ 09:10
ސައްދާމް ދަންޖައްސާ އަވާހަރަ ކޮށްލި ހާދިސާގެ ތެރެއިން

ސައްދާމް ދަންޖައްސާ އަވާހަރަ ކޮށްލި ހާދިސާގެ ތެރެއިން

އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިން ދަންޖައްސާ އަވަހާރަ ކޮށްލިތާ ބާރަ އަހަރު ފުރިގެން ދިޔަ އިރު އެމަނިކުފާނުގެ ހަށިކޮޅު ވީ ތަނަކާ މެދު ސުވާލު އުފެދިއްޖެއެވެ.

2006 ވަނަ އަހަރު އެމަނިކުފާނު ދަންޖައްސާ އަވަހާރަ ކޮށްލުމަށްފަހު، ހަށިކޮޅު ގެންދެވުނީ ސައްދާމްގެ އުފަންވެ ވަޑައިގެންނެވި އަލް-އަޖްވާ އަށެވެ. އެތަނުގައި އެމަނިކުފާނުގެ ހަށިކޮޅު ފަސްދާނުލެވި މަގްބަރާއެއްވެސް ހެދިއެވެ.

ސައްދާމް ދަންޖެއްސުމާއެކު އެމަނިކުފާނުގެ ހަށިކޮޅު ބަޣްދާދުން އަލް-އަޖްވާގެ ކައިރީގައިވާ ތިކްރީތައް އެމެރިކާގެ އަސްކަރީ ހެލިކޮޕްޓަރެއްގައި ގެންދިޔައީ އޭރުގެ އެމެރިކާގެ ރައީސް ޖޯޖް ބުޝްގެ ޚާއްސަ ހުއްދަ އެއްގެ ދަށުންނެވެ.

ސައްދާމްގެ ހަށިކޮޅު ގެނައުމުން ހަށިކޮޅާ ހަވާލުވުމަށް، ސައްދާމްގެ އާއިލާގެ ސިޓީއަކާ އެކު އައިސް ހުރީ ސައްދާމް ނިސްބަތްވެ ވަޑައިގަންނަވާ ގަބީލާގެ ލީޑަރެއް ކަމަށްވާ ޝޭޚް މަނާފް އަލީ އަލް ނިދާއެވެ. އެ ސިޓީގައިވަނީ ސައްދާމްގެ ހަށިކޮޅު ލަސްނުކޮށް ވަޅުލުމަށް އާއިލާ އިން އެދޭ ކަމުގައެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އިވުނު ގޮތުގައި ޝީއީންގެ ހަމަލާއެއްގައި ސައްދާމްގެ މަގްބަރާ ހަލާކުވިއެވެ. އެތައް ބަޔަކު ގަބޫލު ކުރާ ގޮތުގައި އޭގެ ފަހުން ސައްދާމްގެ މަހާނަ ވަނީ ކޮނެފައެވެ. އަނެއް ބަޔަކު ބުނަނީ ސައްދާމްގެ ހުސެއިންގެ ދަރިކަނބަލުން ހާލާ ޕްރައިވެޓް މަތިންދާ ބޯޓެއްގައި ވަޑައިގެން އެކަމަނާގެ ބައްޕާފުޅުގެ ގަބުރު ޖޯޑްން އަށް ގެންދެވީ ކަމަށެވެ.

ނަމަވެސް "މޮނިޓަރ" ނޫހަށް އިރާގުގެ ޔުނިވަރސިޓީ ޕްރޮފެސަރަކު ދިން ބަސްދީގަތުމެއްގައި ބުނެފައިވަނީ، ހާލާ އިރާގަށް އެނބުރި ވަޑައިގަނެފައި ނުވާ ކަމަށާއި، ސައްދާމްގެ ގަބުރު އެ ގޮތައް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެހެން ކަމުން ސައްދާމްގެ ގަބުރުވީ ކޮންތަނެއްގައި ކަމާއި، ގަބުރު ގެންދިޔައީ ކާކުކަން އެއްވެސް މީހަކަށް ނޭގޭ ކަމަށެވެ.

ސައްދާމްގެ ބައްޕާފުޅުގެ މަހާނައަށް ވެސް ދިމާވީ މިފަދަ ގޮތެކެވެ. ސައްދާމްގެ ބައްފާފުޅުގެ މަގްބަރާވެސް ވަނީ ގޮއްވާލާފައެވެ.

ސައްދާމްގެ ފުރާނަ ނެތް ހަށިކޮޅަށް ވީ ގޮތް ނޭގިގެން ބައެއް މީހުން އުޅޭ އިރު އިރާގުގެ އާއްމުންގެ ތެރޭގައި ސައްދާމް އަވަހާރަ ނުވާ ކަމަށް ގަބޫލު ކުރާ މީހުންވެސް މަދެއް ނޫނެވެ. އެމީހުން ބުނަނީ ދަންޖައްސާ މަރާލެވުނީ ސައްދާމް އެއް ނޫނެވެ. ސައްދާމްގެ ސިފައިގައި ވާ އެހެން މީހެކެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ

27 ފެބުރުއަރީ 2017
މިއަހަރުގެ ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާ އަށް ރައީސް ޓްރަމްޕް ވަޑައިނުގަންނަވާނެ
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
22 ފެބުރުއަރީ 2017

އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި

22 ފެބުރުއަރީ 2017
އަޒަބައިޖާން ގެ ރައީސް އެމަނިކުފާނުގެ ނައިބު ރައީސް އަކަށް އަނބިކަނބަކުން އައްޔަން ކުރައްވައިފި
22 ފެބުރުއަރީ 2017

އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން

22 ފެބުރުއަރީ 2017
އެމްބެސެޑަރ ޗާކިން އަވަހާރަވެފައިވާ ގޮތް ދެނަގަތުމަށްޓަކައި އިތުރު ޓެސްޓުތަކެއް ހަދަން ޖެހޭ: މެޑިކަލް އެގްޒެމިނަރުން
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
13 ޖެނުއަރީ 2017

ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް

13 ޖެނުއަރީ 2017
ރެފިއުޖީން ދަތިއަޅުވާ ވައްޓާލި އަންހެން ނޫސްވެރިޔާ އަށް ތިން އަހަރުގެ ހުކުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް