Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާގެ ރިޔާސީ އިންތިޚާބު

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ނެރޭ އިލެކްޓޯރަލް ކޮލެޖަކީ ކޮބާ؟

އިލެކްޓޯރަލް ކޮލެޖްގައި ހިމެނެނީ މުޅި ޖުމްލަ 538 މެމްބަރުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2020 | އަންގާރަ 16:02
އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިފަހަރު ވާދަކުރައްވާ ދެ ކެންޑިޑޭޓުން

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި މިފަހަރު ވާދަކުރައްވާ ދެ ކެންޑިޑޭޓުން

ކޮންމެ ހަތަރަކުން އެއް އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސްކަމަށް މީހަކަށް އައްޔަނުކުރާނީ ރައްޔިތުންލާ ވޯޓުގެ އަޣްލަބިއްޔަތު ލިބޭ މީހެއް ނޫނެވެ. ރައީސް ކަމަށް އައްޔަނުކުރެވިގެންދާނީ އިލެކްޓޯރަލް ކޮލެޖް ނުވަތަ ސްޓޭޓްތަކުގައި މެދުގައި އޮންނަ ސިސްޓަމްގެ ތެރެއިންނެވެ.

އެމެރިކާގައި މިކަމުގެ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން އިންތިޚާބުތަކުގެ އެންމެ ގިނަ ވޯޓުލިބޭ މީހުން ކޮންގްރެސް އާއި، މޭޔަރުންނާއި ގަވަރުނަރުންނަށް އަދި ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ސްޓޭޓްތަކުގެ އޮފިޝަލުންނަށް އައްޔަނުކުރެވުނަސް އެންމެ މަތީވެރިޔާ ހޮވާނީ އެގޮތަކަށް ނޫނެވެ. އެކަމުގެ ބާރު ލިބިދީފައިވަނީ އިލެކްޓޯރަލް ކޮލެޖްގައި ތިބޭ މީހުންނަށެވެ. އެމެރިކާގެ ރައްޔިތުން އެމީހުން ބޭނުންވާ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބުގައި ވޯޓުދިން ކަމުގައިވިޔަސް ކެންޑިޑޭޓް ހޮވަން ވޯޓުދޭނީ އެސްޓޭޓަކުން ކަނޑައަޅާފައި ތިބޭ އިލެކްޓާސްއެވެ. މިމީހުންނަކީ އެމީހުންގެ ސިޔާސީ ޕާޓީއަށް ވަފާތެރި ބަޔެކެވެ. އެހެންކަމުން އެމީހުންގެ ވޯޓު އާންމުގޮތެއްގައި ދެނީ އެމީހުން ނިސްބަތްވާ ސިޔާސީ ޕާޓީގެ ކެންޑިޑޭޓަށެވެ. ނަމަވެސް ބައެއް ފަހަރު މިނޫން ގޮތްތަކަށްވެސް ކަންކަން ހިނގާފައި އެބަހުއްޓެވެ.

އިލެކްޓޯރަލް ކޮލެޖު އެކުލެވިގެން ވަނީ ކިހިނެއް؟

އިލެކްޓޯރަލް ކޮލެޖްގައި ހިމެނެނީ މުޅި ޖުމްލަ 538 މެމްބަރުންނެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް އިލެކްޓޯރަލް ކޮލެޖްގެ ދެ ބައިކުޅަ އެއްބައި ވޯޓު ކަށަވަރުކުރަންޖެހެއެވެ. އެއީ މަދުވެގެން 270 ވޯޓެވެ. އިލެކްޓޯރަލް ކޮލެޖްގައި 538 އިލެކްޓާސް ތިބެނީ ހައުސް އަދި ސެނެޓްގައި މެމްބަރުން ތަމްސީލުކުރާ މެމްބަރުންގެ އަދަދުގެ މައްޗަށެވެ. އެއީ ކޮންގްރެސްގައި ތިބޭ 435 މެމްބަރުންނާއި ސެނެޓްގައި ތިބޭ 100 މެމްބަރުންނެވެ. މިއަށްވާ ޖުމްލަ 535 މެމްބަރުންނަށް އިތުރު 3 މެމްބަރުން އިތުރުވަނީ ކޮލަމްބިޔާ ޑިސްޓްރިކްޓުން އަންނަ ތިން އިލެކްޓާސް އިންނެވެ.

ކޮންމެ ސްޓޭޓެއްގައި ވެސް އިލެކްޓާސްގެ ގޮތުގައި ކަނޑައަޅަނީ އެ ސްޓޭޓެއްގައި އޮންނަ ސިޔާސީ ޕާޓީތަކުން ހޮވާ ބަޔެކެވެ.

އެންމެ ގިނަ އެލެކްޓާސް ތިބެނީ ކޮން ސްޓޭޓެއްގައި؟

އެންމެ ގިނަ އިލެކްޓާސް ތިބެނީ ކެލިފޯރނިއާގައެވެ. އެއީ 55 ކެވެ. އެއަށްފަހު ޓެކްސަސްގައި 38 އިލެކްޓާސް އެވެ. ނިއުޔޯރކް އަދި ފްލޮރިޑާފައި 29 އިލެކްޓާސް ތިބޭއިރު އިލިނޮއިސް އަދި ޕެންސިލްވީނިއާގައި 20 އިލެކްޓާސް އަދި އޮހިއޯ ގައި 18 އިލެކްޓާސް ތިބެއެވެ.

އެލަސްކާ، މޮންޓާނާ، ނޯރތް ޑަކޯޓާ، ސައުތު ޑޮކާޓޯ ހިމެނޭ ގޮތަށް 8 ސްޓޭޓެއްގައި ތިބެނީ އެންމެ މަދު އިލެކްޓާސްއެވެ. އެއީ ތިނެކެވެ.

މި ތަންތަނުގެ ތެރެއިން ނަތީޖާ ނެރޭ ސަރަހައްދުތަކަކީ ބޮޑެތި ސްޓޭޓްތަކެވެ. އަދި ރިޕަބްލިކަން އާއި ޑިމޮކްރަޓިކް ވޯޓާސް ގެ އަދަދު ހަމަހަމަވާ ސަރަހައްދުތައް ވެސް މެއެވެ. ގިނަ ސްޓޭޓްތަކަކުން ކޮންމެ އަހަރެއްގައި ވެސް ވޯޓުގެ ނަތީޖާ ނިކުންނަނީ އެއްގޮތަކަށް ކަމަށްވުމުން އިންތިޚާބުގެ ނަތީޖާ ނިކުންނާނެ ގޮތް އާންމު ގޮތެއްގައި ލަފާކުރަން އެނގެއެވެ. އެއީ ނަތީޖާ ނެރުމަށް ބޭނުންވާނީ ދެން މަދު ސްޓޭޓްތަކެއް ކަމުގައިވާތީއެވެ.

މިއަހަރުގެ އިންތިޚާބަށް ބަލާއިރު ނަތީޖާ ނެރޭނެ ސްޓޭޓްތަކުގެ ގޮތުގައި 8 ސްޓޭޓެއް ފާހަގަކުރެވެއެވެ. އެއީ އެރިޒޯނާ، ފްލޮރިޑާ، ޖޯޖިއާ، މިޗިގަން، މިނެއްސޯޓާ، ނޯރތް ކެރޮލިން، ޕެންސިލްވޭނިއާ އަދި ވިސްކޮންސިންއެވެ.

ސްޓޭޓްގައި ތިބޭ އިލެކްޓާސްގެ އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަކަށް އެ ސްޓޭޓެއްގެ އިލެކްޓޯރަލް ހުރިހާ ވޯޓެއް ލިބޭނެއެވެ. އެގޮތަށް ހަމަޖެހިފައި ވަނީ މެއިން އާއި ނެބްރަސްކާ ފިޔަވައެވެ. އެ ދެ ސްޓޭޓްގައި އިލެކްޓާސްގެ ވޯޓު ބިނާވަނީ ރައްޔިތުންދޭ ޕޮޕިޔުލަރ ވޯޓަށެވެ.

އެހެންކަމުން އެތައް މިލިއަން ބަޔަކު ވޯޓުލާން ނިކުންނައިރު ހަގީގަތުގައި އެމީހުން އެ ވޯޓުލަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ނޫނެވެ. އެ މީހުންގެ ފަރާތުން ވޯޓުލާ އިލެކްޓާސް އަށެވެ.

އެމެރިކާގެ ނޭޝަނަލް އަރކައިވްސް ބުނާގޮތުން ކޮންމެ ސްޓޭޓެއްގެވެސް އިލެކްޓާސް ސިޔާސީ ޕާޓީތަކުން ކަނޑައަޅާނީ އިންތިޚާބު އޮންނަ ދުވަހުގެ އެއް ދުވަސްކުރިންނެވެ.

އިލެކްޓާސް އިން ވޯޓުލަނީ ކޮންއިރަކު؟

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ވޯޓުލުމުގެ ފަހު ދުވަހު އެނގޭނެކަމަކަށް ނުބެލެވެއެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު މެއިލް މެދުވެރިކޮށް ވޯޓުލާފައިވާތީއެވެ. ބެލެވޭ ގޮތުގައި އިންތިޚާބުގެ ނަތީޖާ ގުނަށް ގިނަ ދުވަސްތަކެއް ނަގާނެއެވެ. އެހެންނަމަވެސް ޓެކްނިކަލް ގޮތުން ބަލާނަމަ އެކަން ނިމިގެންދާނީ އިލެކްޓޯރަލް ކޮލެޖުން ޑިސެމްބަރ މަހުގެ 14 ވަނަ ދުވަހު ވޯޓުލުމުންނެވެ. އިލެކްޓާސް އިން އާންމުގޮތެއްގައި ވޯޓުލަނީ ސްޓޭޓްގެ ކެޕިޓަލް ސެނެޓް ޗެމްބަރގައެވެ. އަދި އެމީހުންގެ ވޯޓު މެނުއަލްކޮށް ގުނާނެއެވެ.

ޕޮޕިޔުލަރ ވޯޓުން ބަލިވިއަސް އިންތިޚާބު ކާމިޔާބުކުރެވިދާނެތަ؟

މިސުވާލުގެ އެންމެ އާދައިގެ ޖަވާބަކީ އާނއެކެވެ. ރައްޔިތުން ލާ ވޯޓުން މަދުން ވޯޓު ލިބޭ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބުކުރެވިދާނެއެވެ. އެންމެފަހުން 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި އާންމުންގެ ޕޮޕިޔުލަރ ވޯޓު ކާމިޔާބުކުރެއްވީ ހިލަރީ ކްލިންޓަން އެވެ. އެހެންނަމަވެސް އިލެކްޓޯރަލް ވޯޓްސް އިން 57 އިންސައްތަ ކާމިޔާބުކުރައްވައިގެން އެމެރިކާގެ ރައީސްކަމަށް ހޮވިވަޑައިގެންނެވީ ޑޮނަލްޑް ޓްރަމްޕެވެ.

އޭގެ ކުރިން 2000 ވަނަ އަހަރު ވެސް ކަންތައްވީ އެހެންނެވެ. ޕޮޕިޔުލަރ ވޯޓުން ކުރީގައި އުޅުއްވީ އަލްގޯރއެވެ. އެހެންނަމަވެސް ޖޯރޖް ޑަބްލިޔު ބުޝް އިލެކްޓޯރަލްއިން ގިނަ ވޯޓު ލިބިވަޑައިގެން އިންތިޚާބު ކާމިޔާބުކުރެއްވީއެވެ. އޭގެ ކުރިން 1888 ވަނަ އަހަރާއި 1824 ވަނަ އަހަރު އަދި 1876 ވަނަ އަހަރުވެސް އެގޮތަށް ކަންތައްވެފައި އެބަހުއްޓެވެ.

އިލެކްޓޯރަލް ވޯޓުގައި ނަތީޖާ އެއްވަރު ވެއްޖެނަމަ؟

އިލެކްޓޯރަލް ކޮލެޖްގައި ހިމެނެނީ 538 މެމްބަރުން ކަމަށްވުމުން ނަތީޖާ ނެރެނީ 270 ވޯޓު އެންމެ މަދުން ލިބިގެންނެވެ. އެހެންކަމުން ނަތީޖާ ހަމަހަމަވުމުގެ ފުރުސަތު އޮވެއެވެ. އެފަދަ ހާލަތެއްގައި ނަތީޖާ ނެރޭނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިންނެވެ. މިގޮތަށް ދިމާވެއްޖެނަމަ އިންތިޚާބު ކާމިޔާބުކުރުމަށް މަދުވެގެން 26 ވޯޓު ބޭނުންވާނެއެވެ. މި ވަގުތު ރިޕަބްލިކަންގެ 26 އަދި ޑިމޮކްޓަރަޓުންގެ 22 މެމްބަރުން ހައުސްގައި ތިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

އެމެރިކާގެ އާ ސެކިޔުރިޓީ އެޑްވައިޒަރަށް ޓީމް ބައްޓަން ކުރެއްވުމުގެ "100 ޕަސެންޓް ކޮންޓްރޯލް" އޮންނާނެ: ވައިޓް ހައުސް

22 ފެބުރުއަރީ 2017
އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

އެމެރިކާގެ އަސްކަރިއްޔާއިން ދެކުނު ޗައިނާ ކަނޑު ޕެޓްރޯލްކުރަން ފަށައިފި

19 ފެބުރުއަރީ 2017
އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

އެމެރިކާގެ އަސްލު "ސޫރަ" ދައްކާތީ އިރާނުގެ ޝުކުރު ޓްރަންޕަށް!

08 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު