Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒިންޗެންކޯގެ ކުރިމަގު

ޒިންޗެންކޯ އާސެނަލަށް ދޫކޮށްލަން ސިޓީން އެއްބަސްވެއްޖެ

އާސެނަލަށް ބަދަލުވާނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2022 | އަންގާރަ 04:07
ޒިންޗެންކޯ

ޒިންޗެންކޯ

މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު ޒިންޗެންކޯ އާސެނަލަށް ދޫކޮށްލަން އެ ޓީމުން އެއްބަސްވެއްޖެއެވެ.

މިއީ އާސެނަލުން ހޯދި ސިޓީގެ ދެ ވަނަ ކުޅުންތެރިޔާއެވެ. ދާދި ފަހުން އާސެނަލުން ވަނީ ސިޓީއަށް ކުޅެމުން އައި ފޯވާާޑް ގެބްރިއަލް ޖެސުސްގެ ސޮއި ހޯދާފައެވެ. އާސެނަލުން ޒިންޗެންކޯ ހޯދީ ކުރިއަށް އޮތް ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ތެރެއިންނެވެ. މީގެ ކުރިން ސިޓީން ވަނީ ޒިންޗެންކޯ ވިއްކާލަން ނިންމާފައިކަމަށް އޭރު މީޑިއާ ރިޕޯޓުތައް ބުންޏެވެ.

ޓްރާންސްފާގެ ޚަބަރުތައް ގެނެސްދޭ އިތުބާރު ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނި ގޮތުގައި ޒިންޗެންކޯ ޑީލްގައި ސިޓީ އާއި އާސެނަލަށް މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. ޒިންޗެންކޯ ހޯދުމަށް އާސެނަލުން 30 މިލިއަން ޕައުންޑު ސިޓީއަށް ދައްކާނެއެވެ. އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ޒިންޗެންކޯ އެ ޓީމަށް ގެންދަން ބޭނުންވާއިރު، އާސެނަލަށް ދިޔުމަކީ ޒިންޗެންކޯ ވެސް ބޭނުންވާ ގޮތެވެ.

ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޒިންޗެންކޯ އާސެނަލަށް ބަދަލުވާއިރު، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ އެ ޓީމުގައި މަޑުކުރާނެއެވެ. އާސެނަލަށް ބަދަލުވވުމުގެ ގޮތުން ހަދަން ޖެހޭ މެޑިކަލް ޓެސްޓުތައް މި ހަފްތާގެ ތެރޭގައި ހަދާނެ ކަމަށް ބެލެވޭކަމަށް ރޮމާނޯ ވަނީ ބުނެފައެވެ.

ޒިންޗެންކޯ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2015 ވަނަ އަހަރު އެފްސީ އުފާ އިންނެވެ. އެ ޓީމަށް އެއް އަހަރު ދުވަހު ކުޅެދިނުމަށްފަހު، އޭނާ ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ޒިންޗެންކޯ ވަނީ ސިޓީއަށް 128 މެޗު ކުޅެދީ، ދެ ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއިއެކު އިނގިރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަަޕް، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. ސިޓީއަށް ބަދަލުވި ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ދެ ޓީމަކަށް ކުޅެފައެވެ.

އުމުރުން 25 އަހަރުގެ ޒިންޗެންކޯ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޔުކްރެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 52 މެޗުގައި 8 ލަނޑު ޖަހާފައެވެ.

އިތުރަށް ކިޔާލަން

10 ޖޫން 2017

ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ

10 ޖޫން 2017
ކޮންޓްރެކްޓް އާކުރަން މެސީ އެއްބަސްވެއްޖެ
06 ޖޫން 2017

ޕެޕޭ ރެއާލް ދޫކޮށްލަން ނިންމައިފި

06 ޖޫން 2017
ޕެޕޭ ރެއާލް ދޫކޮށްލަން ނިންމައިފި
17 މެއި 2017

ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް

17 މެއި 2017
ސިޓީ ލީގުގެ ތިންވަނަ މަގާމަށް، އާސެނަލަށް މޮޅެއް
01 މެއި 2017

ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި

01 މެއި 2017
ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި
20 މާރިޗު 2017

ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ

20 މާރިޗު 2017
ޕްރިމިއާ ލީގު: ސިޓީން ލިވަޕޫލް ހިފެހެއްޓިއިރު، ޓޮޓެންހަމް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު